އޭ މައިނަސް ވަން ޕްލަސް ފައިވް (A-1+5)އަކީ ކާކު؟
ޖާވިދް ޝެއިޚް ނަވާބް ބޭނުންވަނީ ތަފާތު މީހެއްގެ ގޮތުގައި މީހުންނަށް އެނގޭށެވެ. އެހެންވެ، މީގެ ދެ އަހަރު ކުރިން އޭނާގެ ނަން ބަދަލުކުރީއެވެ. ކުރިން ޖާވިދްގެ ނަމުން މީހުން ދަންނަ މީހާގެ އަނބިގޮއްޔަ، މިހާރު އޭނާއަށް އޭ މައިނަސް ވަން ޕްލަސް ފައިވްގެ ނަމުން މުޚާތަބު ކުރާނަމަ އެއީކީ ޖޯކެއް ނޫނެވެ!
އޭނާގެ ނަމަށް މިހާ ބޮޑު ބަދަލެއް އައީ އޭނާ ހުޅުވި ރެސްޓޯރެންޓަކާ ގުޅިގެންނެވެ. މުމްބާއީގެ ހިސާބެއްގައި އޭނާ ހުޅުވި ރެސްޓޯރެންޓަށް ނަން ދިނީ، އޭ މައިނަސް ވަން ޕްލަސް ފައިވް ސްނެކް އެންޑް ޖޫސް ސެންޓަރގެ ނަމުންނެވެ.
މިހާރު މިސްޓަރގެ ޕްލަސް ފައިވްގެ ނަމުން މަޝްހޫރު މިމީހާގެ ނަމާ ބެހޭ ގޮތުން ވަރަށް ފަލްސަފީ ގޮތަކަށް ވާހަކަ ދައްކައެވެ. "އަހަރެމެން ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް ހުންނާނެ އެއްކޮށް ކަނޑައި ހެދޭނެކަހަލަ ކަންތައްތަކެއް. އަހަރެމެން ރޭގަނޑު ނިދާއިރު ތިބެނީމަރުވެފައި. ހޭލައިގެން އައު ދުވަހެއް ފަށާއިރު ދިރިއުޅުމަށް ކަންތައްތައް އެއްކުރެވެމުން ދަނީ."
އޭ މައިނަސް ވަން ޕްލަސް ފައިވް ސްނެކް އެންޑް ޖޫސް ސެންޓަރ ހުޅުވިއިރު މީހުން މީނާގެ ބިނާކުރަނިވި ޚިޔާލަށް ވަރަށް ތަޢްރީފްކުރިއެވެ. އަދި އިތުރަށް ކްރިއޭޓިވް މީހކަށް ވެލަންވެގެން ހިތަށް އެރީ "ރެސްޓޯރެންޓާ އެއްގޮތަށް އަމިއްލަ ނަން ބަދަލުނުކުރަންވީ ކީއްވެ" ކަމުގައެވެ.
ދެން އޭނާ ބޭނުނވީ ޕާސްޕޯޓާއި ކްރެޑިޓްކާޑާއި ހުރިހައި ރަސްމީ ލިޔުމެއްވެސް އައު ނަމަށް ބަދަލުކުރާށެވެ. މިކަމާ ގުޅިގެން ނަން ބަދަލުކުރިކަން ގެޒެޓްގައި ޝާއިއުކުރުމަށްފަހު މިހާރު ވަނީ ހުރިހައި ޑޮކިއުމެންޓެއްވެސް އައު ނަމަށް ބަދަލުކޮށްފައެވެ.
މިސިޒް ޕްލަސްފައިވް ބުނަނީ، "އެއްދުވަހު އޭނާގެ ޚިޔާލު ބަދަލުވީ ނަމަށް ބަދަލެއް ގެންނަން." ހީލާފައި ބުނެއެވެ. "މިކުއްލި ބަދަލަށް އާދަވާން އަހަރެންނަށް ފުރަތަމަ ކޮޅު އުދަގޫވި. އެކަމަކު މިހާރު އަހަރެން އޭނާއަށް ގޮވަނީ، އޭ މައިނަސް ވަން ޕްލަސް ފައިވްގެ ނަމުން"ނެވެ.
މިމީހާ ޤައުމުގެ ރައީސަކަށް ވެގެން ފުރަމާނަ ދަތުރުފުޅެއްގައި ވަޑައިގަންނަވާއިރު މެހްމާންދާރީ އަދާކުރާ ފަރާތުގެ އިތުރުން އެހެން މަސްއޫލުވެރިންގެ މޫނުމަތިން ފެންނާނީ ކޮންކަހަލަ ރިއެކްޝަނެއް ބާވައެވެ!

