އައްޑޫ ފެންބޮޑުވެފައި
04 December 2007 | Ibrahim Zaki
މިއަދު އައްޑޫއަތޮޅަށް ވަރަށް ބޯކޮށް ވާރޭވެހި ހިތަދޫ އާއި ފޭދޫގެ ބައެއް ގެތައް ފެންބޮޑުވެ، ބައެއް ގެތަކުގައި މީހުން ދިރި ނޫޅެވޭވަރަށް ވާރޭވެހުމުން ފެންބޮޑުވެގެން ދިޔަކަމަށް މުޢުތަބަރު ގޮތެއްގައި އިރު އޮބްޒާވަރަށް މަޢުލޫމާތު ލިބިއްޖެއެވެ.
ސ.ހިތަދޫން މަޢުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި ހިތަދޫގެ 40ށްވުރެ ގިނަ ގޭގެއަށް ވަނީ ފެންބޮޑުވުމުގެ އަސަރު އެކިމިންވަރަށް ކޮށްފައެވެ. އަދި އެރަށުގެ މަގުތަކުން ފެން ހިއްކުމަށްޓަކައި ޕަންޮުޖަހައިގެން ފެންގަނޑު ހިއްކުމުގެ މަސައްކަތް މިއަދު ކުރަމުން ގެންދިޔައެވެ.
ފޭދޫއާއި އެނޫންވެސް ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ އަސަރު ކޮށްފައިވާކަމަށް ވެއެވެ.
މޫސުމާބެހޭ އޮފީހުން ބުނާގޮތުގައި ރާއްޖޭގެ ބޮޑުބަޔަކަށް މިހާރު ކުރަމުން މިދާ ވިއްސާރައިގެ އަސަރު ދަނީ ކުރަމުންނެވެ.


