އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ސަރުކާރު ބަދަލުކުރަންޖެހޭ: ޙަސަން ސައިދު

Adjust font size: Decrease font Enlarge font
image

އިންތިޤާލީ ސަރުކާރަށް ތާޢީދުކުރާ އިއްތިހާދުގެ އެންމެން އެއްބައިވެ، އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ރައްޔިތުންނަށްޓަކައި މިހާރުގެ ސަރުކާރު ބަދަލުކުރަންޖެހޭ ކަމުގައި ކުރީގެ އެޓަރނީ ޖެނެރަލް އަދި އަންނަ ރިޔާސީ އިންތިޚާބުގެ އިދިކޮޅު އެއް ކެނޑިޑޭޓުކަމުގައި ބެލެވޭ ޑރ. ޙަސަންސަޢީދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، އިންތިޤާލީ ސަރުކާރަކަށް އިއްތިފާޤުވާ ޕާޓީތަކާއި ޖަމްޢިއްޔާ، ޖަމާޢަތްތައް ބައިވެރިވެގެން، މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޙަސަން ސަޢީދު ވިދާޅުވިގޮތުގައި އެފަރާތްތަށް އެއްބައިވެ އެކައްޗެއް ކިޔައިގެން އިންތިޚާބަށް ކުރިމަތި ލައިފިނަމަ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމުވެސް ކާމިޔާބު ކުރެވޭނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣްލަބިއްޔަތު ހޯދޭނެކަމަށްވެސް ވިދާޅުވިއެވެ.

"އުފެދޭ ސުވާލަކީ މިހާރުއޮތް ސަރުކާރު ބައިބައިވެގެން މަހައްދާނީތޯ ނުވަތަ އެއްބައިގެން ޤައުމު އާރާސްތުކުރާނީތޯ؟ އަޅުގަނޑު ދެކޭގޮތުގަ މިއީ ސުވާލެއްވެސްނޫން. މިއީ ޗޮއިސްއެއް ވެސްނޫން. އަޅުގަނޑުމެން އެއްބައިވަންތަ ކަމާއެކު އަންނަ އިންތިޚާބުގަ ކާމިޔާބު ކުރަންޖެހޭނެ. މިހާރު މިއޮތް ސަރުކާރު ރައްޔިތުންނަށްޓަކައި ބަދަލުކުރަން ޖެހޭނެ" ކަމަށް، ޙަސަން ސަޢީދު ވިދާޅުވިއެވެ.

ހަސަން ވިދާޅުވިގޮތުގައި، ދިވެހި ޤައުމަށް މިހާރު ދިމާވެފައިމިވާ މައްސލަތަކަކީ، ޤައުމެއް އަލުން އާރާސްތު ކުރުމަށްވުރެވެސްބޮޑެތި މައްސަލަ ތަކެކެވެ. މި މައްސަލަތަށް ޙައްލު ކުރެވޭނީ އެންމެން އެއްބައިވެ އެކައްޗެއް ކިޔައިގެން ކަމަށާއި މިމައްސަލަތަކަކީ، އެއްޕާޓީއަކަށް ނުވަތަ އެންމެ މީހަކަށް ޙައްލު ކުރެވޭވަރުގެ ކަންތައްތަކެއްނޫން ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އިންތިޤާލީ ސަރުކާރަކަށް އެއްބަސްވެވިފައިވާ މި އިއްތިހާދު، އަންނަ ރިޔާސީ އިންތިޚާބުން ފެށިގެން ޤައުމު އާރާސްތު ކުރަންދެން އޮންނަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ޙަސަން ވިދާޅުވިގޮތުގައި، ރާއްޖޭގެ ހުރިހާ ޖަމާޢަތްތަކުން އިންތިޤާލީ ސަރުކާރަކަށް ތާޢީދު ކުރަނީ، ރާއްޖޭގެ ތާރީޚުގައި ބޭއްވޭ ފުރަތަމަ މަލްޓިޕާޓީ އިންތިޚާބަކީ މިނިވަން މުސްތަޤިއްލު އިންތިޚާބަކަށް ހެދުމަށް ގޮވާލުމުގެ ގޮތުންނެވެ. ނަމަވެސް މިހާރުއޮތް ސަރުކާރަށްވެސް، މިނިވަން މުސްތަޤިއްލު އިންތިޚާބެއް ބޭއްވިދާނެ ކަމަށް ދެކޭކަމަށާއި، ނަމަވެސް  އެއީ ޤަބޫލުކުރާ ގޮތެއްނޫން ކަމަށް ވިދާޅުވިއެވެ.

މިހާރުގެ ސަރުކާރަކީ، ވަޢުދުވެ، ވަޢުދު ނުފުއްދާ ސަޤާފަތެއް ދިވެހިންގެ ތެރޭގައި އަށަގެންފަވާ ސަރުކާރެއްކަމުން އިތުރަށްކުރާ އެފަދަ ވަޢުދެއްވެސް ފުއްދޭނެކަމުގެ އުއްމީދެއްނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ޙަސަން ސަޢީދު ވިދާޅުވީ، ސަރުކާރުގެ އިސްމަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ވިސްނުންހުރީ ހަމައެކަނި މަޤާމުތަކުގައި އިތުރަށް ތިއްބެވުމުގެ މައްޗަށެވެ. އެއްގޮތަކަށްވެސް ރައްޔިތުން ބޭނުންވާގޮތަށް ރައްޔިތުން އެދޭގޮތަށް ރައްޔިތުންގެ ވިންދާ އެއްގޮތަށް، އަންނަ އިންތިޚާބަކީ މިނިވަން މުސްތަޤިއްލު އިންތިޚާބަކަށްހަދައި، ރައްޔިތުންގެ މަންދޫބުންނާ ވެރިކަން ޙަވާލުކުރުމަކީ، އެބޭފުޅުން އެއްގޮތަކަށްވެސް ބޭނުންފުޅުވާ ކަމެއްނޫނެވެ.

އެބޭފުޅުންނަކީ، ރައްޔިތުންގެ ވިންދާ އިޙްސާސްތަކާދުރުގައި އަމިއްލަ ގަދަބާރުން ވެރިކަންކުރަން ހަވާލުވެ ތިއްބެވި ބޭފުޅުންކޮޅެއް ކަމަށްވެސް ޙަސަން ވިދާޅުވިއެވެ. އަދި މިހާރުގެ ސަރުކާރުވަނީ ފެއިލްވެފަ ކަމަށާއި ރައީސަށް އެވާހަކަ ދަންނަވާފައިވާ ކަމަށްވެސް ޙަސަން ވިދާޅުވިއެވެ.

" ސަރުކާރު ފެއިލްވެފައޮތް ވާހަކައަކީ މިހާރު ދައްކާ ވާހަކައެއްނޫން. އިސްތިޢުފާ ދިނުމުގެ ތިންދުވަސްކުރިން، ދަޢުލަތުގެ އެންމެހާ ވަޒީރުންގެ ކުރިމަތީގައި، ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑު ދެންނެވިން މަނިކުފާނު ތިހުންނެވީ ފެއިލްވެފަޔޭ. އެހުރިހާ ވަޒީރުންގެ ކުރިމަތީގައި ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވިން މަނިކުފާނުގެ ސަރުކާރުވަނީ ފެއިލްވެފަޔޭ. އޭގެ އިތުރަށް ދެންނެވިން މަނިކުފާނުގެ ސަރުކާރަށް ރާއްޖޭގައި މިހިރަ މައްސަލަތަށް ޙައްލެއް ނުކުރެވެނެޔޭ. އަޅުގަނޑު ދެންނެވިން ޢާއްމުންގެ ތެރޭގައި މިސަރުކާރުގެ ވަޒީރެކޭ ބުނަން އަޅުގަނޑު ލަދުގަންނަވާހަކަ" ހަސަން ސަޢީދުގެ ވާހަކާގައި ވިދާޅުވިއެވެ.

(Wvcawrukun ulwdwb cawscaevid ujEaugcnel uDObIk cSwmuyil cniawnWt) cSwmuvcaedulWyiK cSwmuyilim

  • 02 April 2008
    comment muLincvesc verikwmW hedi auLEmIhunc..tWAIdeac nukurwnc..
  • 09 December 2007
    comment hwswncswaidwkI hwmw hwswncswaidu aehehencvImW hwswnwkwSc muLi aoDIgwai defwaeac bWacvWkwSc aeacgotwkwScvesc audwguleac nuvWnEkwmI debwscvevenc netc HwqIqwtekeve. kwnc mihenc aotumW aeku mikuDw kuDw rWacjEgW hwswnwSc bEnunc gotwkwSc verikwnc moDelevidWnEkwmI aeherw airufwdwainc dwackWlevenc aotc HwgIgwtekeve. =huswainu=
  • 09 December 2007
    comment swrukWru feailc vefwaiaotckwnc aiHusWsc vevwDwaigenc mihWru tiacbevi miniscTwruncvesc aisctiAufW deacvwnc veacjekwmwSc rwacyituncge ginwbwywku qwbUlukureaeve. rwacyituncge terEgwai feturemuncdW siyWsI hEluncterikwmuge swbwbwbunc aemIhuncge aiHusWsctwkWai aindikoLwSc verikwnc nukureacvEnekwnc kitwncme rIacCwkwScvesc midwnI hWmwvwmuncneve. dencvesc lwscnukurwacvW rwacyituncge vincdwSc aiHutirWmukurwacvW rwacyituncge koLwSc aoDi miBcrWbu kureacvunc kIactO? aE. aWr/ gwacdU
  • 09 December 2007
    comment hwswnc awkI rwaIsckwnc kurevEvwrwScvure mWfinDimIheac. aEnwywkwSc aehWboDu zincmWtwkeac nunegEne . mWboDwSc bwruveacjeacyW gonDi dUkoSclWfw filW rwackWvedWne. vwrwSc awvwhwSc mWyUscvW bEfuLeac HwswnwkI dogeactO hwswnc. nuvWne. nuvWne . nuvWne.
  • 09 December 2007
    comment hwswnwSc tWaIdu kurwnc , hwswnu dwackwnI bwrWbwru vWhwkw mwaumUncge swrukWru mihWru feailcve nimiacje , swrukWru bwdwlcvWtwnc dekenc bEnunc hwswnumencge mwswackwtc huacTW nulWti tihirI rwacyituncge hidumwtugwaikwnc sWbitukoScdEti sWbwsc hwswnc swaIdu ..
This website is compatible with Internet Explorer - Hosted By MediaHostWorld