ދިވެހިންނަށް އާ އުއްމީދުތަކެއް ގެނަސްދެމުން ޑޭޝް8ގެ ދަތުރުތައް އިންޑިޔާއަށް ފަށައިފި

Adjust font size: Decrease font Enlarge font
image

މީގެ އަހަރުތަކެއްކުރިން، އަމިއްލަ އެއަރލައިނެއްގައި ބައިނަލް އަޤްވާމީ ދަތުރުތައް ކުރުމުގެ ފަޚުރު ދިވެހިންނަށް ލިބިފައި އޮތެވެ.

ނަމަވެސް ދުވަސް ކޮޅަކަށްފަހު އެފަޚުރު ގެއްލިގެން ދިޔައީ ދިވެހި ޤައުމީ އެއަރލައިން ކަމުގައިވާ އެއަރ މޯލްޑިވްސް ބަނގުރޫޓުވުމާއި ގުޅިގެންނެވެ. އެއީ ދިވެހިން ކޮށްފައިވާ ވަރަށްހިތި ތަޖުރިބާއެކެވެ. އެކަމުގެ ހިތިކަން އަދިވެސް ދިވެހިންގެ ކިބައިން ފިލައިގެނެއް ނުދެއެވެ. އެއީ ޤައުމީ އެއަރލައިން ބަނގުރޫޓުވި މައްސަލަ އަދިވެސް ވަކި ގޮތަކަށް ނިމިފައި ނުވުމާއި، އެކަމުގައި ދިވެހި ދައުލަތުގެ ބޮލުގައި ބޮޑެތި ދަރަނިތަކެއް އެޅިފައިވާތީއެވެ.

ނަމަވެސް އެދުވަސް ފާއިތުވެގޮސް، އައިލެންޑް އޭވިއޭޝަންގެ ދަތުރުތައް މިއަދު އިންޑިޔާއަށް ފެށުމާއިއެކު، ދެވަނަ ފަހަރަށް ދިވެހި ދިދައިގެ ހިޔަލުގައި ބައިނަލް އަޤްވާމީ ދަތުރުތައް ކުރުމުގެ ފުރުސަތު މިއަދު ދިވެހިންނަށް ހުޅުވިގެން ހިނގައްޖެއެވެ.

އައިލެންޑް އޭވިއޭޝަންގެ 50 މީހުންގެ ޖާގައިގެ ޑޭޝް8 މަތިންދާބޯޓު އިއްޔެ އިންޑިޔާއަށްކުރި ފުރަތަމަ ދަތުރުންވެސް ދިވެހިންގެ ހިންހަމަޖެހުން ފެނިގެންދިޔައެވެ.އިއްޔެ މާލޭން ތްރިވަނަންތަ ޕޫރަމަށާއި، ތްރިވަނަންތަ ޕޫރަމުން މާލެއަށް ކުރިދަތުރުގައި، ބޯޓުން ދަތުރުކުރި ހުރިހާ ދިވެހިންވަނީ މިފެށުނު ދަތުރުތަކުގެ ސަބަބުން ވަރަށްބޮޑު ހިންހަމަޖެހުމެއް ލިބިގެންދިޔަކަން ފާޅުކޮށްފައެވެ.

  އެމީހުން ބުނިގޮތުގައި އެތައްޒަމާނަކުއްސުގެ އިންޑިޔާއަށް ދަތުރުތައް ކުރަމުންދިޔަ ނަމަވެސް، ދިވެހިންނަށް ދިމާވެފައިވާ ޖާގަ ލިބުމުގެ ދަތިކަމަށް މިހާދުވަސް ވީއިރުވެސް އެއްވެސް ހައްލެއް އައިސްފައެއްނުވެއެވެ. ދިވެހިންނަށް ވީތީ، އިންޑިއަން އެއަރަލައިންސުން ޖާގަ ހޯދުމަށް އިތުރު އުނދަގޫތަކާ ކުރިމަތިވާކަން ފާހަގަކުރެވޭކަމަށްވެސް ބައެއް މީހުން ބުންޏެވެ.

" މިއީ އަޅުގަނޑުމެން ވަރަށް އުފާވާކަމެއް އަޅުގަނޑުމެންގެ އުއްމީދަކީ މިފެށުނު ދަތުރުތަކުގެ ސަބަބުން ޖާގަ ނުލިބިގެން ދިމާވާ ދަތިތަކުން އަޅުގަނޑުމެންނަށްލިގޭ ގެއްލުމަށް ޙައްލެއް އަންނާނެކަމަށް. އަދި މި ބޯޓުން ޖާގަ ދިނުމުގައި އަހަރެމެން ދިވެހިންނަށް އިސްކަން ދިނުމަކީވެސް އަޅުގަނޑުމެން ވަރަށް އެދޭކަމެއް" އައިލެންޑް އޭވިއޭޝަންގެ ފުރަތަމަ ދަތުރުގައި އިންޑިޔާއިން މާލެއައި ޢާއިލާއެއްގެ ދެމެންބަރުން އިރު އޮބްޒާވަރަށް ކިޔައިދިނެވެ.

މިދަތުރުގައި ބައިވެރިވި ބައެއް މީހުންބުނީ އަމިއްލަ ޤައުމުގެ ބޯޓަކުން ދަތުރުކުރުމުން ހިތަށް މުޅިން އާއިޙްސާސަތަކެއް ކުރެވޭކަމަށެވެ. އަދި އަމިއްލަ ވަންތަކަން އިހްސާސް ކުރެވިގެންދާކަމަށްވެސް ބައެއް މީހުންބުންޏެވެ. އަދި މިއީ އެތައް ދުވަހަކުއްސުރެ އުއްމީދުކުރާ ކަމެއްކަމުގައިވެސް އެމީހުން ފާހަގަކުރިއެވެ.އެވްރެޖްކޮށް ދުވާލަކު ފަންސާހަށްވުރެ ގިނަދިވެހިން އިންޑިޔާއާއި މާލެއާ ދެމެދު ދަތުރު ކުރާއިރު، އިންޑިޔައް އެއަރލައިންސުން ޖާގަ ނުލިބުމުގެ ދަތިކަމަކީ، ދިވެހިންނަށް އިންތިޙާއަށް ދިމާވެފައިއޮންނަ މައްސަލައެކެވެ.

 ޚާއްސަކޮށް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ކޮންމެ އަހަރަކު، ޖާގަ ނުލިބިގެން މާލެ ނާދެވި އިންޑިޔާގައި ދިވެހިން ހާލުގައިޖެގޭ ވާހަކައަކީ އެތައް އަހަރަކުއްސުރެ ދެކެވެމުން އަންނަ ވާހަކައެވެ.  އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ސްކޫލްތަކުގެ އަހަރީ ޗުއްޓީއަށް އިންޑިޔާއަށްދިޔަ އެތައް ބަޔަކަށް އެދަތިކަން ކުރިމަތިވެ. ޑަބަލްއަގުގައި ޓިކެޓް ގަންނަން ޖެހުމާއި، މާލެ ނާދެވި އަތްމަތި ހުސްވެ ޙާލުގައި ޖެހުނެވެ.

ދިވެހިންނަށް ދިމާވަމުންއައި އެފަދަ ދަތިތަކަށް އައިލެންޑް އޭވިއޭޝަންގެ ދަތުރުތަކުން ޙައްލެއް އަތުވެދާނެކަމުގެ ޢިޝާރާއެއްވެސް އެފަރާތުން ވަނީ ދެއްވާފައެވެ.

އައިލެންޑް އޭވިއޭޝަންގެ ދަތުރުތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ ބަންދު އިބްރާހިމް ސަލީމް ވިދާޅުވެފައިވަނީ، ދަތުރުތައް ފެއްޓެވީ ގޮންޖެހުންތަކެއް ކުރިމަތިވާނެކަން އެނގިވަޑައިގެން ހުންނަވައިގެންކަމަށެވެ. އަދި އެކަމުގައި އެންމެގޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނީ ކަސްޓަމަރުންނަށްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި ދިވެހިންނަށް ފުރުސަތުތައް ފަހިވެގެންދާނެކަމުގެ ޢިޝާރާތެއްވެސް ބަންދު ވަނީ ދެއްވައިފައެވެ.

އެހެންކަމުން ދިވެހި ދިދައިގެ ދަށުގައި އުދުހުމަށް ލިބިފައިވާ ފުރުސަތު ދެމެހެއްޓެނިވި ގޮތެއްގައި ލިބިގަތުމަށް ކޮންމެ ދިވެއްސަކުވެސް އެފަރާތުގެ ޚިދުމަތް ހޯދުމަކީ، މުހިއްމު ކަމެކެވެ. އަދި އެފަރާތުން ދިވެހިންނަށް އިސްކަން ދިނުމަކީވެސް މުހިއްމު ކަމެކެވެ. ދިވެހި އަމިއްލަ ވަންތަ ކަމަށެވެ. ދިވެހި އުދުހުންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށެވެ.

 

(Wvcawrukun ulwdwb cawscaevid ujEaugcnel uDObIk cSwmuyil cniawnWt) cSwmuvcaedulWyiK cSwmuyilim

This website is compatible with Internet Explorer - Hosted By MediaHostWorld