ޚިޔާލުފާޅުކުރުމުގެ ލިމިޓަކީ ކޮބައި؟
ޚިޔާލުފާޅުކުމުގެ ލިމިޓަކީ ކޮބައިތޯ؟ މިއީ އަބަދުވެސް އިންސާނުން ކުރާނެ ސުއާލެކެވެ. އަސާސީ ޙައްޤެއް ލިމިޓްކުރުމުގައި އެކި ސޮސައިޓީތަކުން ގެންގުޅޭނީ އެކި މިންގަނޑެވެ. ވުމާއެކު ކޮންމެވެސް އެއް މިންގަނޑަކުން ކޮންމެވެސް އެކެއްގެ ޙައްޤަށް އަރައިގަތުމަކީ ގާތް ކަމެކެވެ. އަދި މިއަސާސީ ޙައްޤުގެ ފައިދާ ޖާއިޒް ނޫން ގޮތްގޮތަށް އަމިއްލަ ފައިދާއަށް ނަގާނެ މީހުންނަކީ، ސޮސައިޓީތަކުން މިކަމުގައި ގެންގުޅޭނެ މިންގަނޑުތައް އޭގެ އެންމެ ފުޅާގޮތުގައި ދަންމަން ބޭނުންވާނެ މީހުންނެވެ.
މިސުއާލު މިހާރު އުފެދެނީ އިސްލާމީ މުޖުތަމަޢުތަކާއި ޔޫރަޕްގެ މުޖުތަމައުތަކުގައި އެކިއެކި ދީންތަކުގެ މީހުންގެ ދީނީ ޙައްސާސް ކަމަށް ބެލުމަކާ ނުލައި ކުރަމުންދާ ފުރައްސާރައިގެ އަމަލުތަކުންނެވެ. މިކަމުގެ ޝިކާރައަކަށް މިއަދު ވެފައިވަނީ ބާވައިލައްވާފައިވާ ދީންތަކުގެ މީހުންނެވެ. ޔަހޫދީންނާއި ނަޞާރާއިންނާއި މުސްލިމުންނެވެ.
އީރާނު ސަރުކާރުން ވަނީ ޔަހޫދީން ނައްތާލުމަށް ނާޒީން ހިންގާފައިވާ ހޮލޮކޯސްޓަކީ ތާރީޚީ ފުލޯކެއްކަމަށް ބުނެފައެވެ. އެކަމަކު މި ރަމަޟާން މަހު އީރާންގެ ޓީވީން ދައްކަމުން ގެންދަނީ ހޮލޮކޯސްޓްގައި އީރާންގެ ޑިޕްލޮމޭޓުން ޕެރިހުގައި އެދުވަސްވަރު ޔަހޫދީންނަށް އެހީވެ ދިނުމަށް ކޮށްފައިވާ މަސައްކަތާ ބެހޭ ސިލްސިލާއެކެވެ.
ބްރަސަލްސްގެ ޓީވީއަކުން ވަނީ ހުތުރު ސިފައަކަށް، ސަލާމްލެއްވި ޢީސާގެފާނުގެ ފޮޓޯއެއް ކުރަހައި، އެކަލޭގެފާނާ ހިތްޕީންނާއި ނައިޓްކްލަބްތަކާ ގުޅުވާފައެވެ. މީގެ މަގްސަދަކީ، ޓީވީ ޗެނަލަކަށް ޒުވާނުން ހިތް ޖެއްސުންކަމުގައި މިކަން ކުރިމީހުން ބުނެމެވެ.
އޮސްޓްރޭލިއާގައި މިދިޔަ މަހު އޮތް ދީނީ ކުރެހުމުގެ މުބާރާތެއްގައި އުސާމާ ބިންލާދަންގެ ސޫރަ ކުރަހާފައިވަނީ އާންމުކޮށް ނަސާރާއިން އީސާގެފާހު ކުރަހައި އުޅޭ ގޮތަށެވެ. އަދި މަރިޔަމްގެފާނު ކުރަހާފައިވަނީ ބުރުގާ އަޅުގައިގެންނެވެ. މިކަމާވެސް މީހުން ދެކޮޅު ހެއްޖެވެ.
މިދިޔަ މަހު މެލޭޝިޔާއިން އެއްމަސްދުވަހަށް ދުވަހު ނޫހެއް ނެރުން މަނާކުރީ ބިޔަރުދަޅަކާއި ސިގަރެޓެއް ހިތްޕަވައިގެން ހުންނެވި އީސާގެފާނުގެ ތަސްވީރެއް ކުރެހުމުންނެވެ.
ސުއިޑްންގެ Nerikes Allehanda ދުވަހު ނޫހުން ވަނީ ކީރިތި ރަސޫލާގެ މޫނުފުޅުކަމަށް ބުނާ މޫނެއް ކުއްތާއެއްގެ ހަށިގަނޑުގައި ހިމަނައިގެން ކުރަހާފައެވެ.
ސެޕްޓެމްބަރު 2005ގައި ޑެންމާކްގެ Jyllands-Posten ދުވަހު ނޫހުގައި ކީރިތި ރަސޫލާގެ ކުރެހުމެއްކަމަށް ބުނާ 12 ކާޓޫނެއް ހުތުރު ސިފައަކަށް ކުރަހާފައެވެ.
ޝައްކެތް ނެތްގޮތުގައި މިއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ޖާއިޒްގޮތުގައި ހިފުމުގެ މިސާލުތަކެއް ނޫނެވެ. މިއީ ޙަސަދަވެރި، ޢުދުވާނީ ގޮތްގޮތަށް މިމިނިވަންކަން ބޭނުންކުރަން ބޭނުންވާ ބަޔަކު ހިންގާ ޢަމަލުތަކެކެވެ. އަދި މަޝްހޫރުވުމާއި ސަމާލުކަން ހޯދަން ބޭނުންވެގެން ބަޔަކު ހިންގާ ޢަމަލުތަކެކެވެ. އެއްވެސް ދީނީ ޖަމާޢަތެއްގެ އިޙުސާސާއި ޝުޢޫރަށް ބެލުމަކާ ނުލައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މާނައިގައި މިއަސާސީ މިނިވަންކަމުގެ ބޭނުން ނާޖާއިޒުގޮތަށް ބަޔަކު ހިފާނަ، އެއީ ފިތުނަ އުފެއްދުމެކެވެ. ސިޔާސީ ބޭނުންތަކުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރާ ގޮތާއި، ދީނީރަމްޒުތައް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގައި ނާޖާއިޒް ގޮތްގޮތަށް ބޭނުންކުރުމަކީ، އެދީންތަކުގެ މީހުންގެ ދީނީ ޝުޢޫރަށް ބެލުމަކާ ނުލައި ބޭނުންކުރެވޭނެ މިނިވަންކަމެއް ނޫނެވެ.
އެއްވެސް މީހަކު އަނެކާގެ ޙައްޤަށް އަރައިގަންނަ ހިސާބުން އޭނާގެ އަމިއްލަ ޙައްޤު ގެއްލުނީއެވެ. އާންމު އުސޫލަކީ މިއީއެވެ!(Wvcawrukun ulwdwb cawscaevid ujEaugcnel uDObIk cSwmuyil cniawnWt) cSwmuvcaedulWyiK cSwmuyilim
-
24 September 2007
koncme kwmeacgwaivesc hwacdeac, aimeac aoncnWne. KiyWlwkI hwacgwkWnulwai awrwaigwtumeac nUnc. koncmemIhwkuvesc, furwtwmw KiyWlufWLukurwncvI timWawSc. timWawSc huri KiyWlutwac huscvImw, denc AWailWawSc. aehencmIhuncnwSc KiyWlufWLukurwncvI aencme fwhunc.


