ފަހުވަގުތު އަންނިކޮޅަށް މުނައްވަރު މުހިއްމު ގޯލެއް ޖައްސަވަފާނެ

Adjust font size: Decrease font Enlarge font
image

ކައިރިވަމުން އަންނަ ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް، ސިޔާސީ ޕާޓީތަކުން ދަނީ ތައްޔާރުވަމުންނެވެ.

މައި އިދިކޮޅުޕާޓީ، އެމް.ޑީ.ޕީންވެސްވަނީ އެޕާޓީން ރިޔާސީ ރޭހަށް ނެރޭނެ ކެނޑިޑޭޓް ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައްވާފައެވެ. އަދި އެ އިންތިޚާބު ބާއްވައި ނަތީޖާ އިޢްލާންކުރާނެ ތާރީޚުވެސް ވަނީ އިޢްލާން ކޮށްފައެވެ.މިދިޔަ ބުރާސްފަތި ދުވަހުގެރޭ ބޭއްވި އެމް.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި، އެޕާޓީން ރިޔާސީ ރޭހަށްނެރޭނެ ކެނޑިޑޭޓަކު ހޮވުމަށް އިންތިޚާބު ބާއްވައި ރޭހަށް ނެރޭނެ ކެނޑިޑޭޓަކު، އޭޕްރީލްމަހުގެ 25ހުގެ ނިޔަލަށް، އިޢްލާން ކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ.

އެމް.ޑީ.ޕީން ރިޔާސީ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ އިންތިކާބަށް، އެޕާޓީގެ އެންމެއިސް ދެ މަޤާމުގައި ތިއްބެވި ދެ ބޭފުޅުން ވާދަކުރައްވާނެކަން މިހާރުވަނީ ޔަޤީންވެފައެވެ.

އެމް.ޑީ.ޕީގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު، ވިދާޅުވީ، ސިޔާސީގޮތުން ޕާޓީގެ އެންމެ އިސްމަޤާމުގައި ހުންނަވައި، އިންތިޚާބަށް ކުރިމަތި ނުލެއްވުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށެވެ. އެކަމަކީ، މުނައްވަރަށް ތާޢީދު ކުރާ ފަރާތްތަކުގެ މެދުގައިވެސް ސުވާލު އުފެދޭނެ ކަމެއް ކަމަށްވިދާޅުވިއެވެ. މުނައްވަރު ވިދާޅުވެފައިވަނީ އިންތިޚާބަށް ކުރިމަތި ލައްވަނީ، އިސްތިޢުފާ ދެއްވާފައިވާ، ޗެއަރޕާސަން މުޙައްމަދު ނަޝީދު (އަންނި) އާވެސް ވާދަކުރައްވަން ޖެހި ވަޑައިގަންނަވާނެކަން އެނގިވަޑައިގެން ހުންނަވައިގެން ކަމަށެވެ.

 އެމް.ޑީ.ޕީ.ގެ ޗެއަރ ޕާސަންކަމުން އިސްތިޢުފާ ދެއްވައި މުޙައްމަދު ނަޝީދު (އަންނި)ވެސް ވަނީ ރިޔާސީ އިންތިޚާބުގެ ޓިކެޓް ހޯދުމަށް ބާއްވާ އިންތިޚާބަށް ކުރިމަތި ލެއްވުމަށް އަތުކުރި އޮޅާލައްވާފައެވެ.މުނައްވަރު ވިދާޅުވީ، ވާދަވެރި އިންތިޚާބަކުން ބޮޑު އަޣްލަބިއްޔަތެއް ލިބިވަޑައިގެން ޕާޓީގެ އެއްމެ އިސްމަޤާމަށް އައްޔަން ކުރެއްވިތާ މިވީ ހަމަސްދުވަސްކަމުން، މި އިންތިކާބުވެސް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަޤީމްކަން ލިބިވަޑައިގެންފައިވާކަމަށެވެ. ނަމަވެސް މިއިންތިކާބަކީ ބާރުބޮޑު އިންތިޚާބަކަށްވާނެ ކަމަށާއި، ޑިމޮކްރެޓިކް ރޫޙަކީވެސް އެއީކަމަށް ވިދާޅުވިއެވެ.

" ފެންވަރު އެނގޭނީ ވަކަރަށް ޖާހާލީމާކަމަށް ބުނާފަދައިން، ވާދަވެރި އިންތިކާބެއް ކާމިޔާބު ކުރުމުން އެކަމުގެ އަސްލު އެނގިގެންދާނީ" ކަމަށް މުނައްވަރު ވިދާޅުވިއެވެ.

ރިޔާސީ އިންތިކާބުގެ ޓިކެޓް ހޯދުމަށް ބާއްވާ އިންތިޚަބަށް ޕާޓީގެ އެންމެއިސް ދެފަރާތުން ކުރިމަތި ލައްވާފައިވާތީ، ޕާޓީތެރޭގައިވެސް ވަނީ ވާދަވެރި ރޫޙެއް އުފެދިފައެވެ. އެއްބަޔަކު މުނައްވަރަށް ކެމްޕެއިން ފަށާފައިވާއިރު އަނެއްބަޔަކު ވަނީ އަންނިއަށް ކެމްޕެއިން ފަށައިފައެވެ.

ޕާޓީގެ މެންބަރުންގެ ރޫޙަށް ބަލާއިރު، އަންނިއަށް ތާޢީދު ކުރާ މެމްބަރުން ވިދާޅުވަނީ. އަންނިއަކީ ޕާޓީގެ ރޫޙު ކަމަށާއި، އެމަޤާމަށް އެންމެ އެކަށީގެންވަނީ، އަންނި ކަމަށެވެ. އަދި އަންނިއަކީ ފެށުނީއްސުގެ ޕާޓީގެ ހުރިހާ ހަރަކާތްތަކެއްގައި ބައިވެރިވެވަޑައި ގަންނަވަމުން އަދި ޕާޓީ ޙަރަކާތްތެރި ކުރުވަމުން އަންނަ ލީޑަރެއް ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

ޑރ. މުނައްވަރަށް ތާޢީދު ކުރާ މެންބަރުން ވިދާޅުވަނީ، މުނައްވަރަކީ، ސިޔާސީ، ވަރުގަދަ ޝަޙުސިއްޔަތެއް ކަމަށާއި، ޕާޓީން ބޭއްވި އިންތިޚާބުގެ ބޮޑު އަޣްލަބިއްޔަތަކުން ޕާޓީގެ ރައީސްކަމަށް  މުނައްވަރު އިންތިކާބު ކުރެވިފައި ވުމުންވެސް މުނައްވަރަށް އޮތް އިތުބާރު ހާމަވެގެން ދާކަމަށެވެ. އަދި އެމް.ޑީ.ޕީގެ ހަރަކާތްތައް ހައްދު ފަހަނަޅާ ދިއުނުގެ ސަބަބުން ޕާޓީ އިނދަޖެހިފައި ވަނިކޮށް، ޕާޓީ ހަމައަކަށް އަޅުވައި، ޕާޓީ އަލުން ނެހެއްޓެވީ މުނައްވަރު ރައީސްކަމަށް ވަޑިގެން ކަމަށްވެސް އެފަރާތްތަކުން ވިދާޅުވެއެވެ. އަދި އަންނިއަކީ، ޕާޓީގެ އެތެރޭގެ ކަންތައްތަކަށް މުހިއްމު ބޭފުޅެއް ނަމަވެސް ރިޔާސީ ރޭހަށް އަންނި ފާޑު ނޫންކަމަށާއި، އެކަމުގެ ޝަޙުސިއްޔަތެއް އަންނިގެ ކިބައިގައި ނެތްކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

ބައެއް ސިޔާސި ތަޖުރިބާ ކާރުން ވިދާޅުވާ ގޮތުގައި ޕާޓީގެ އެތެރޭގެ އިންތިޚާބަކީ، އަންނިއަށް ވަރަށްގިނަ ފުރުސަތުތަކެއް އޮންނާނެ އިންތިޚާބެއް ކަމަށެވެ. ނަމަވެސް މުނައްވަރުގެ ސިޔާސީ ތަޖުރިބާއާއި ޤާބިލްކަމަށް ބައްލަވައި، އެތެރޭގެ އިންތިޚާބުގައި، އެންމެފަހު ވަގުތު އަންނިކޮޅަށް މުނައްވަރު މުޙިއްމު ގޯލެއް ޖައްސަވަފާނެކަމަށްވެސް ތަޖުރިބާ ކާރުން ވިދާޅުވެއެވެ.     

(Wvcawrukun ulwdwb cawscaevid ujEaugcnel uDObIk cSwmuyil cniawnWt) cSwmuvcaedulWyiK cSwmuyilim

  • 13 April 2008
    comment awLugwnDwkwSc nEncge munwacvwruge swpOTwrunc aEnw aehW vwrugwdw xwhusiacywtwkwSc hwdwaigenc ae auLE swbwbeac, aeaI 01awhwru nuhwacgunc mIhuncnwSc hukumc kurImwlibE mwqWmeactO?
This website is compatible with Internet Explorer - Hosted By MediaHostWorld