ދިވެހި އުފެއްދުން ގަންނަންވާނީ ތަފާތުކުރުމަކަ ނުލައި

Adjust font size: Decrease font Enlarge font
image

ނޭޝަނަލް ހެންޑިކްރާފްޓް ސެންޓަރ (އެންއެޗްސީ)އަކީ ދިވެހިންގެ އުފެއްދުން ދައްކައި ދިވެހިންގެ އުފެއްދުން ޕްރޮމޯޓްކޮށް ބާޒާރަށް ނެރެދިނުމަށް ސަރުކާރުން އުފައްދާފައިވާ މަރުކަޒެކެވެ. މިމަރުކަޒު ސަރުކާރުން އުފެއްދުމުގެ މަޤްޞަދަކީ މިއީއެވެ. ސަރުކާރުން މިތަން ހިންގައި ތަރައްޤީކުރަން ވިސްނަވާފައިވަނީ މިގެ ކުރިން ކުރައްވާފައި ނުވާފަދަ ގޮތަކަށެވެ.  އެއީ، ޕްރައިވެޓް ޕަބްލިކް ޕަރޓްނަރޝިޕްގެ އުސޫލުންނެވެ. މިގޮތުން މެނޭޖްމެންޓް ވަނީ ނަޖާހް އާޓްޕެލެސްއާ ހަވާލުކުރައްވާފައެވެ. އެފަރާތާ ހަވާލުކުރައްވާފައިވަނީ އިޢްލާންކޮށްގެންވެސް މިކަމަށް ޝައުޤުވެރިވާ ގިނަބަޔަކު ނުވެގެންނެވެ. މިތަން ހުޅުވައި އޮޕަރޭޓްކުރުމަށް ގިނަ ދުވަސް ނަގާފައިވަނީވެސް ފީއަކާއި އަދި ތަނުގެ ހުރިހައި ޚަރަދެއް ދީގެން ތަން މެނޭޖް ކުރުމަށް ހަވާލުކުރި ފަރާތުގެ ފަރުވާ ކުޑަކަމުންނެވެ.  

މިތަނުގެ މެނޭޖްމެންޓް މިދާއިރާގައި މަސައްކަތް ކުރާފަރާތަކާ ހަވާލުކުރުމަށް އާންމުކޮށް އިޢްލާންކޮށްގެން ހޯދުމުގެ ބޭނުމަކީ، މިދާއިރާގައި މަސައްކަތްކުރާ ފަރާތުގެ ތަޖުރިބާ މިކަމުގެ ތެރެއަށް ވައްދައި މިކަމަކީ، ސަރުކާރުން ހިންގިއަސް މުސްތަޤްބަލުގައި އަމިއްލަ ފަރާތަކުން މިފަދަ ތަނެއް ހިންގައި މެނޭޖްކުރަން ފަސޭހަވާނެކަމަށް ބައްލަވައި އެމަޤްޞަދުގައި ކުރައްވާފައިވާ ކަމެކެވެ. މިތާގެ މެނޭމެންޓް ފީއާއި އެހެނިހެން ހޭދައާއެކު މިކަމަށް ސަރުކާރުން ބޮޑު ހޭދައެއް ކުރައްވާކަމީވެސް ފާހަގަ ކުރަން ޖެހޭނެ ކަމެކެވެ.  އެންއެޗްސީއަކީ ހަމައެކަނި ދިވެހިންގެ އުފެއްދުން ދައްކާލާ ތަނަކަށް ވެގެނެއްވެސް ނުވާނެއެވެ. މިހެން މިދެންނެވީ ސަރުކާރަކީ ތަކެތި ދައްކަން ބަހައްޓާ ފިހާރައެއް ހުޅުވުމަށްވުރެ މަތީ މަޤްޞަދުގައި ކަންކުރާނެ ފަރާތެއްކަމަށް ބަލާފައެވެ. އެންއެޗްސީން ދިވެހި އުފެއްދުމުގެ ޞިނާޢަތުގައި މތީ ދައުރެއް އަދާކުރާނެކަންވެސް ނަމުން ދޭހަވެއެވެ. ވުމާއެކު އެންއެޗްސީ ވާންވާނީ، ދިވެހި އުފެއްދުމުގެ ފެންވަރު ރަގަޅު ކުރުމަށް ހުނަރާއި ޤާބިލުކަން ދިވެހިންނަށް ފޯރުވައިދޭ އަދި މިފަދަ ހުނަރުތައް ހޯދަން ބޭނުންވާ ފަރާތަށް ހުނަރުދިނުމާއެކު އެހުނަރުތައް ތަރައްޤީކޮށްދޭ ތަނަކަށެވެ. މިސެންޓަރއިން ދިވެހިންގެ އުފެއްދުމާމެދު ފަޚުވެރިކޮށްދޭންވާނެއެވެ. 

 ދިވެހި އުފެއްދުން ޓްރޭޑް މިނިސްޓްރީން މާނަކޮށްފައިވަނީ އަންނަނިވޮގޮތަށެވެ. "އެއީ ސީދާ ދިވެއްސަކު ނުވަތަ ދިވެހި މޭސްތިރިއެއްގެ ބެލުމުގެ ދަށުން މަސައްކަތް ކުރި މީހަކު، އާލާތެއް ބޭނުންކޮށްގެން، ޤުދުރަތީ މާއްދާއަކަށް ހުނަރުވެރިކަމާއެކު މުހިންމު ބަދަލެއް ގެނެސްގެން، ރާއްޖޭގެ ރަށެއްގައި އުފައްދައި ނުވތަ ފުރިހަމަކޮށްފައިވާ، އެއްވައްތަރެއްގެ ތަކެތީގެ ތެރޭން، އެކަތި އަނެކައްޗާ އުފެއްދުމުގައި ތަފާތުކަމެއް ހުރި، ކޮންމެ އުފެއްދުމެކެވެ." ވުމާއެކު މިމާނާގައި ދޭހަވާ ކޮންމެ އުފެއްދުމަކަށްވެސް، ކަނޑައަޅާފައިވާ މިންގަޑާއެއްގޮތަށް މިތާގައި ވިއްކަން ބެހެއްޓުމުގެ ފުރުޞަތު ލިބެންވާނެއެވެ. އަދި މިމާނައާއެއްގޮތަށް ތަކެތި ގަންނަ މިންގަނޑަކީ، ފާޅުކޮށް އެންމެނަށް ފެންނަން ހުންނަން ވާނެ މިންގަނޑަކަށްވެސް ވާންވާނެއެވެ.  

(Wvcawrukun ulwdwb cawscaevid ujEaugcnel uDObIk cSwmuyil cniawnWt) cSwmuvcaedulWyiK cSwmuyilim

This website is compatible with Internet Explorer - Hosted By MediaHostWorld