ހަމައެކަނި މައުމޫން ވައްޓާލުމަށްޓަކައި ހެއްޔެވެ؟

Adjust font size: Decrease font Enlarge font
image

 ދިވެހި ރާއްޖޭގައި އޮތް އެންމެ ބޮޑު އޮޕޮޒިޝަން ޕާޓީ، އެމް.ޑީ.ޕީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ހަމައެކަނި އެމް.ޑީ.ޕީގެ ވިސްނުމާއެކު، ނިކުންނާނެކަމަށް، ދިވެހިންގެ ގިނަ ބަޔަކު އުންމީދުކުރިއެވެ. ނަމަވެސް، އިއްތިޙާދެއްގެ ސިފައިގައި އެމް.ޑީ.ޕީ ލީޑުކުރާ އަޑު އިވުމުން، އެމް.ޑީ.ޕީގެ ހަގީގީ ވިސްނުމުގައި، އިއްތިޙާދެއް ގޮވައިގެން މަސައްކަތް ކުރާނީ ކިހިނަކުންކަން؟ މިވަނީ ސުވާލު އުފެދިފައެވެ.imagesrre

އެމް.ޑީ.ޕީ މިވަގުތު އެ އިއްތިޙާދުގައި ލީޑުކުރަމުން ގެންދަނީ، ސިޔާސީ ގޮތުން، ތަފާތު ފިކުރުތަކަކާ، ވިސްނުންތަކެއް ގެންގުޅޭ ޕާޓީތަކަކާ އެކުގައެވެ. މިފަދަ ބައެއް ވިސްނުންތަކާއި ފިކުރުތަކަކީ، އެމް.ޑީ.ޕީގެ ހަގީގީ ވިސްނުމާއި ވަރަށް ތަފާތު، ވިސްނުމަކަށް ވެގެންދާނެ ކަމާމެދަކު ޝައްކެއް ނެތެވެ.

މިސާލަކަށް ދަންނަވާނަމަ، އިއްތިޙާދު ނުވަތަ ކޯލީޝަންގައި ހިމެނޭ، އައި.ޑީ.ޕީގެ ރައީސް އުމަރު ނަސީރުގެ ވިސްނުމުގައި ހުރީ މަރުގެ އަދަބު ދީގެން، މަސްތުވާތަކެތީގެ ވަބާއިން ގައުމު، ސަލާމަތް ކުރުމަށެވެ.އެމް.ޑީ.ޕީ އެ އިއްތިޙާދެއް، ލީޑުކުރާ މި ކޯލީޝަނުން، ސަރުކާރެއް އެކުލަވާލާ ދުވަހު، އައި.ޑީ.ޕީގެ މި ވިސްނުން، އެމް.ޑީ.ޕީގެ ސަރުކާރުގެ ސިޔާސަތަކަށް ވެދާނެތޯ؟ އެއީ މިވަގުތު ކޮށްލަން ރަނގަޅު ސުވާލެކެވެ.

މިހާތަނަށް އެމް.ޑީ.ޕީން އަދި އެ އިއްތިޙާދެއްގައި ހިމެނޭ، ޑރ. ޙަސަން ސަޢީދުގެ މެނިފެސްޓޯގައިވެސް، މަރުގެ އަދަބު ތަޢާރަފްކޮށްގެން މަސްތުވާތަކެތިން ގައުމު ސަލާމަތް ކުރާކަށް ނުބުނެއެވެ. ޑރ. ހަސަން ސަޢީދުވެސް ވިދާޅުވެފައި ވަނީ، ހަރުކަށި އަދަބު ދެއްވާނެ ކަމަށެވެ. އަނެއް ސުވާލަކީ، އަދާލަތު ޕާޓީގެ ފިލޯސަޕީ އާއި އައިޑިއޮލޮޖީ އަކީ، އެމް.ޑީ.ޕީ ފަދަ، ޒަމާނީ ވިސްނުމެއްގައި އޮތް، ޕާޓީއަކުން، އިއްތިހާދީ ސަރުކާރެއްގައި ހަޖަމުކުރާނެ ކަންތައްތައް ތޯއެވެ؟. މިސާލަކަށް، އަންހެނުންގެ މަގާމަކީ އެދުވަހުން ކޮބާ ކަމެވެ. އަންހެނުން ތިބޭނީ ގޭގައިތޯއެވެ؟އަންހެނުންނަށް ނަށާ ލަވަކިޔާ އުޅެވިދާނެ ތޯއެވެ؟. އަދި ރާއްޖޭގައި މިއުޒިކާއެކު ލަވަ އަލްބަމްތައް އުފައްދައިގެން ނެރެ ވިއްކުމުގެ ހުއްދަ އޮންނާނެތޯއެވެ؟. އަދާލަތު ޕާޓީގެ ރައީސް، ޙުސައިން ރަޝީދު، ޑރ. އަފްރާޝީމަށް ޖަވާބު ދެއްވަމުން ވިދާޅުވެފައި ވާގޮތުގައި، އިސްލާމް ދީނުގައި މިއުޒިކާއެކު ލަވަ ކިއުމުގެ ޖާގަ ދީފައެއް ނެތެވެ. ނަމަވެސް މިއުޒިކާ ނުލައި ލަވަ ކިއިދާނެއެވެ.

މިދަންނަވާލީ، މިހާތަނަށް އިވިފައިވާ އަޑުތަކާއި، ހީވެފައިވާ ކަންކަމަށް ވިސްނާއިރު، ހިތުގައި އުފެދޭ ބައެއް ސުވާލުތަކެވެ. މި ސުވާލުތައް މި އުފެދުނީ، އިއްތިޙާދުން އެއް ކެންޑިޑޭޓެއް ނެރެން ތާއީދުކުރާކަން ހާމަކުރުމުން، އެ ކެންޑިޑޭޓަކަށް، ގައުމުގެ ރައީސްކަން ކުރިއަށް އޮތް އިންތިޚާބުގައި ލިބިއްޖެ ނަމަ، އިއްތިޙާދުގައި ހިމެނޭ ޕާޓީތަކުގެ ސިޔާސަތު ހިންގުމަކީ، އެ ރައީސަކަށް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށް، އަޅުގަނޑަށް ލަފާކުރެވޭތީއެވެ. މިއީ ރަނގަޅު ހީއަކަށް، ނުވަތަ ލަފާކުރުމަކަށް ނުވާނަމަ، އަޅުގަނޑުގެ މި ޚިޔާލު އަނބުރާ ގެންނަން ތައްޔާރެވެ.

އަޅުގަނޑަށް ވިސްނޭ ގޮތުގައި، އެމް.ޑީ.ޕީއަކީ، ރިޔާސީ ބަރުލަމާނީ ވޯޓުގައި، ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި ޕާޓީއެކެވެ. 50 ހާސް ވޯޓު، ނުވަތަ ރައްޔިތުންގެ ތާއީދު އެމް.ޑީ.ޕީއަށް އެފަހަރު ލިބުނެވެ. ވީއިރު، މި އިންތިޚާބަށް މިދެންނެވިފަދަ ޕްރެޝަރުތަކެއް، އެމް.ޑީ.ޕީއަށް އަތުވެދާނެ ބަޔަކާއެކު، ނުވަތަ ފިކުރުތަކެއް ހުރި ބަޔަކާއެކު، އެމް.ޑީ.ޕީ ނިކުތުމުގެ ބޭނުމެއް އަޅުގަނޑަކަށް ނުވިސްނެއެވެ.

adhaalathjalsaa20229

އެމް.ޑީ.ޕީއަކީވެސް، ޒަމާނީ ޑިމޮކްރަސީއަކަށް، ރާއްޖެ ގޮވައިގެން ދެވިދާނެ، ވިސްނުންތަކަކާއި ފިކުރުތަކެއް އޮތް، އަދި ގައުމު ތަރައްގީކުރާނެ ގޮތުގެ އަމިއްލަ ވަންތަ ތަސައްވުރެއް އޮތް ޕާޓީއެކެވެ. ޓްރާންސް ޝިޕްމަންޓު ބަނދަރުތައް ހެދުމާއި، ސުނާމީ ކާރިސާގައި ގެދޮރު ގެއްލުނު މީހުންނަށް އަވަސް ހައްލެއް ހޯދުމާއި، ރަށްރަށުގައި ބަނދަރު ހަދައިދިނުމާއި، ފްލެޓް އެޅުމުގެ ވިސްނުމަކީ، އެމް.ޑީ.ޕީގެ ސަރުކާރެއްގެ ސިޔާސަތެކެވެ. އެ ވަޢުދުތައް، އަންނިވެސް އެ ގެންދަވަނީ ހާމަ ކުރައްވަމުންނެވެ.

ވީއިރު، މިފަދަ އަމިއްލަ ވަންތަ ތަސައްވުރަކާއެކު، އޮތް އެންމެ ބޮޑު ޕާޓީ، އިއްތިޙާދަކާ ނުލައި، އިންތިޚާބުން ކާމިޔާބުކުރުމަކީ، އަޅުގަނޑުގެ ނަޒަރުގައި މާ މުހިންމެވެ. އެއީ އެހެން ޕާޓީތަކުގެ ފިއްތުންތަކާއި ޕްރެޝަރުތަކާއި ނުލައި، އަމިއްލަ ވަންތަ ސިޔާސަތުތަކެއް، ޚުދު އެމް.ޑީ.ޕީއަށް ހިންގުމުގެ ފުރުސަތު ތަނަވަސް ވާނީ، އެގޮތުން ކަމަށް ފެންނާތީއެވެ.ގައުމީ އިއްތިޙާދެއް، ނިކުތުމުގެ އެންމެ ބޮޑު ބޭނުމަކީ، އެންމެން ވެގެން މައުމޫން، މި އިންތިޚާބުން ފެއިލްކުރުންކަން، މީޑިއާގައި އިއްތިޙާދުގެ މެންބަރުން ދައްކާ ވާހަކަތަކުން އެނގެއެވެ. އެކަން ކާމިޔާބު ވެއްޖެނަމަ، ކޮންމެ ޕާޓީއެއްގެ އެންމެ ބޮޑު އެއް މަގުސަދު ހާސިލް ކުރެވޭނެއެވެ. ca8f2hk3_01

އެއީ މައުމޫނު ފެއިލް ކުރުމުގެ މަގްސަދެވެ. އައު ސަރުކާރެއް ގާއިމް ކުރުމުގެ މަގުސަދެވެ. ރެޖީމެއް ވައްޓާލުމުގެ މަގްސަދެވެ. އެ އުފާ، ހާސިލްވެގެން ދާއިރު، ސަރުކާރު ހިންގަން ފުރުސަތު ލިބޭ ރައީސަކަށްވެސް، އެއަށްވުރެ ބޮޑު އެހެން ފުރުސަތެއް އެބަ ލިބެން ޖެހެއެވެ. އެއީ ތަފާތު ޕާޓީތަކުގެ ތަފާތު ވިސްނުންތައް އެކޮމަޑޭޓު ކޮށްގެން ސަރުކާރެއް ހިންގަން ޖެހުމުގެ ޕްރެޝަރުން ސަލާމަތްވެ ހުރެ، ވަކި މިސްރާބަކަށް ، ކޮންފްލިކްޓް އޮފް އިންޓްރަސްޓާނުލައި، ވަކި ސިޔާސަތުތަކެއް، މިނިވަން ކަމާއެކު ހިންގުމުގެ ފުރުސަތެވެ. mdpbiganni_01

ސުވާލަކީ އިއްތިޙާދަކުން މައުމޫން ވައްޓާލުމަށްފަހު، އިއްތިޙާދު ތަމްސީލްކުރާ ރައީސަކަށް މި ފުރުސަތު، މިނިވަންކަމާއެކު ލިބޭނެ ތޯއެވެ؟. އެހެން ކަމަށް ވާނަމަ، އިއްތިޙާދެއް އޮތުމަކުން އަޅުގަނޑުގެ މައްސަލައެއް ނެތެވެ. މިއީ ޑިމޮކްރެޓިކް އުސޫލަކުން ބަލާނަމަ، އެންމެ އިންސާފުވެރި އެންމެ ރަނގަޅު ގޮތް ކަމަށް ވަނީ ނަމައެވެ. އެކަމަކު އެހިސާބުން، ތަފާތު ނަންނަމުގައި އުފެދިފައިވާ ޕާޓީތަކާ، އެ ޕާޓީތަކުގެ މެނިފެސްޓޯ އާއި އައިޑިއޮލޮޖީ ވަކިވަކިން އޮންނާކަށް އަޅުގަނޑަކަށް ނުފެނެއެވެ. އެއީ ވަކިވަކިން އޮތަކަސް އިއްތިޙާދެއްގެ ތެރޭގައި ބޭނުން އެއްޗަކަށް ނުވާނެއެވެ.

ސަބަބަކީ، މިފަދަ ވިސްނުމެއްގެ ސަބަބުން އެންމެންނަށް ( މި ޕާޓީތަކަށް ނިސްބަތްވާ އެންމެ މެންބަރުންނަށް) ކޮމަން އައިޑިއޮލޮޖީއަކަށާއި ސިޔާސަތުތަކަކަށް އަދި ފިކުރުތަކަކަށް ބަދަލުވެވޭތީއެވެ؟. ނޫނީ އައުދެވުނަތީއެވެ. އެކިއެކި ކުލަތަކާ ޝިޢާރުތަކުގައި ފެންނަމުން އައި އެކި ޕާޓީތަކުގެ ދިދަތަކުން ރަމްޒުވާ، އެ ޕާޓީއެއްގެ އަމިއްލަ ވަންތަ ތަސައްވުރު ދޫކޮށް، ހަމަ އެކަނި މައުމޫނު ވައްޓާލުމަށްޓަކައި އެއް ކުޑައެއްގެ ދަށަށް އާދެވުމުންނެވެ. މިއީ މިދަންނަވާ ޕާޓީތަކަށް، އެ ޕާޓީއެއްގެ މެނިފެސްޓޯއަށް ރުހި ގަބޫލުވެގެން މެންބަރުންނަށް ވެތިބި، ޕާޓީތަކުގެ މެންބަރުންވެސް ވާ ވަރަށް ބޮޑު ގުރުބާނީއެކެވެ. ހަމައެކަނި މައުމޫނު ވައްޓާލުމަށްޓަކައެވެ. special6pic1

އަނެއް ސުވާލަކީ، މިވަރުގެ ބޮޑު އިއްތިހާދަކުން މައުމޫން ވައްޓާލެވިދާނެތޯއެވެ؟. ނުލެވިއްޖެނަމަ، އިއްތިޙާދަށްވުރެ މިގައުމުގައި މައުމޫން މާ މަގުބޫލުކަމަށް އެއްބަސްވާން ޖެހުނީއެވެ. އެންމެބޮޑު އިއްތިޙާދަކީ މައުމޫނު ކަމުގައި ވެގެން އަންނާނެއެވެ. އޭރުން އެޖެހުނީ ކޮންތާކު ހެއްޔެވެ؟ ޝައްކެއް ނެތެވެ. މިކަންކަން ބުނެދޭނީ މިވަގުތަކު ނޫނެވެ. ދިވެހިންގެ ވޯޓުންނެވެ. އޭގެ ނަތީޖާއިން ނޫނީ، ވާނީ މިވެނިހެންނޭ ބުނެވޭކަށް އެކަކަށްވެސް ނެތެވެ. ހީކުރާހާ ގޮތަކަށް ކަންތައްތައް ވަމުން ނުދާއިރު، ހީ ނުކުރާހާ ގޮތަކަށްވެސް ކަންކަން ބަދަލުވެގެން ދެއެވެ. ވީމާ، އަޅުގަނޑުގެ ކޮންމެ ސުވާލެއްގެ ޖަވާބު އޮތީ " މާދަމާގެ އަތުގަ" އެވެ. އެހެން އެއްވެސް މީހެއްގެ އަތަކު ނޫނެވެ.

(Wvcawrukun ulwdwb cawscaevid ujEaugcnel uDObIk cSwmuyil cniawnWt) cSwmuvcaedulWyiK cSwmuyilim

  • 25 March 2008
    comment aiactihWdwkI awLugwDu dekEgotugwai PWrTI hincgWtwneacgwai DimokcrwsI ge ausUlutwkWai KilWfu KiyWlekeve. detincmIhwkwSc aefwdw muhiacmukwmeac nunincmEneaeve. aeaI PWrTI ge aWacmu mencbwrunc vwkimIhwku hovImW gotwkwSc aemencbwruncge nincmunc hwaijekc kurumeve. awLugwDumenc bwlwncvI vwkibEfuLwku rwaIswkwSc hovumwSc mwswackwtc kurumuge bwdwlugwai gwaumwSc aencme fwaidWhuri goteachOdWSeve. verikwmwSc awLugwDumenc hovWbEfuLwku kurwacvW kwnctwactwkuge sIdW awdi nusIdW awswruvesc kurWnI awLugwDumenc divehi rwacywtuncnwSeve. awLugwDumenc goteac nincmwncjehenI divehirWacje aWai rWacjEge rwacywtuncge swlWmwtWai kuriaerumwScTwkwaeve. swPOrTc kurwncvI ausUlutwkwSeve. aa
This website is compatible with Internet Explorer - Hosted By MediaHostWorld