ޕާޓީސިސްޓަމް: ދުޝްމަނުން އުފައްދާ މެޝިނެއް؟
ޕާޓީ ސިސްޓަމާ ވަރަށް ދެކޮޅު ރައްޔިތުން، މިއަދުވެސް މިގައުމުން ފެންނަމުން ދެއެވެ. މިކަން ބޮޑަށް ފާހަގަ ކުރެވިގެން ދިޔައީ، ރިޔާސީ ބަރުލަމާނީ ވޯޓުގެ ދުވަސްވަރެވެ. އެދުވަސްވަރަކީ ޕާޓީތަކުން ވޯޓު ހޯދަން ރައްޔިތުންގެ ގާތަށް ދިޔަ ދުވަސްވަރެވެ. އެކަމަށް ރައްޔިތުންގެ ކިބައިން އެދެމުންދިޔަ ދުވަސްވަރެވެ.
" ކަލޭމެން ރިޔާސީ ބަރުލަމާނީއަށް ވީމަ، އަހަރެމެންގެ ޚިޔާލަކަށް އެކަން ގެނެސްފި. އެކަމަކު ރާއްޖޭގަ ޕާޓީ ހެދުމުގެ ޚިޔާލު އަހަރެމެންނާ ހަމަޔަކަށް ގެންނާކަށް ނުފެނުނު. " މިއީ ޕާޓީ ސިސްޓަމާ ފާޅުގައި ދެކޮޅު ހަދަމުން ދިވެއްސަކު، ޚުދު އަޅުގަނޑާދިމާއަށް ބުނެފައިވާ ވާހަކަ އެކެވެ.
މިގައުމުގައި ޕާޓީ ސިސްޓަމަށް ތާއީދުކުރަނީ، ރައްޔިތުންގެ ކިތައް އިންސައްތަ ކަމެއް ބުނެދޭކަށް ނޭގެއެވެ. އެކަން ބުނެދޭން ނޭގޭފަދައިން، މިކަމަށް ތާއީދުކުރަނީ ކިތައް އިންސައްތަ ކަމެއްވެސް ނޭގެއެވެ. ސިޔާސީ ޕާޓީތަކުގައި މިއަދު މެންބަރުންގެ ގޮތުގައި ތިބި މީހުންގެ ތެރޭގައިވެސް، މި ސިސްޓަމާ ދެކޮޅުހަދާ މީހުން އެބަތިބިކަން ފާހަގަ ކުރެވެއެވެ.
އެހެންކަމާއެކު، މިއީ އެއްބަޔަކު ވަރަށް ނަފްރަތުކުރާ ސިސްޓަމެއްކަމީ މިއަދުގެ އެއް ހަގީގަތެވެ. ޕާޓީ ސިސްޓަމަކީ، ސިޔާސީ ނަޒަރަކުން ވިސްނާނަމަ ގައުމަކަށް ވަރަށް ބޭނުންތެރި އަދި ފައިދާބޮޑު ނިޒާމެއްކަމަށް، އަޅުގަނޑު ގަބޫލުކުރަމެވެ. މިއީ އަޅުގަނޑަށް ފެންނަ ގޮތް ކަމަށް ވީނަމަވެސް، އަޅުގަނޑުގެ ޚިޔާލާ ދެކޮޅުހަދާ މީހުންގެ ޚިޔާލަށް އަޅުގަނޑުވެސް އިޙުތިރާމް ކުރަމެވެ. ޕާޓީ ސިސްޓަމާމެދު ނުރުހޭ މީހުންގެ ވާހަކަތައް އަޑު އަހާލަމާތޯއެވެ.؟ އެމީހުން ބުނަނީ ކީކޭތޯ ބަލާލުމަށެވެ.
" އަހަރެމެންގެ ތެރޭގައި އޮތް އެކުވެރިކަމާ، އެއްބައެއް ވަންތަކަން، ޕާޓީ ސިސްޓަމް ތަޢާރަފް ވުމަށްފަހު، ވަނީ ވިއްސި ވިހާލިވެފަ." މިއީ ދިވެއްސެއްގެ ޚިޔާލެކެވެ. " ޕާޓީ ސިސްޓަމުން އަހަރެމެންނަށް މިފެންނަނީ އެކަކުއަނެކާގެ އަބުރަށް އަރާ މަންޒަރު. ގުދޯ ގުދޯ ގޮވާ އަޑުފައްގަނޑު. ޣީބަ ބުނުންވެސް ސިޔާސީ ބޭނުމަކުނަމަ، މިފެންނަނީ ހަމަ ބަރާބަރު ވާހަކަ އަކަށްވާތަން". މިއީ އަހަރެން މިގައުމުން ދެކެން ބޭނުންވާ ކަންކަމެއް ނޫން".
މިއީވެސް މިނިޒާމަށް ފާޑުކިޔަމުން އެހެން މީހަކު ފާޅުކޮށްފައިވާ ޚިޔާލެކެވެ. ސިޔާސީ ޕާޓީތަކުގެ ބޮލުގައި އެކަންކަމުގެ ތުހުމަތު އެޅުވެން ނެތްނަމަވެސް، ޕާޓީ ސިސްޓަމް ތަޢާރަފް ވުމަށްފަހު، " ހަލަބޮލި " ވެއްޖެކަން، ގައިމެވެ. އެސް. އެމް.އެސް އާއި ފޯނުން، އެކަކު އަނެކަކާ ދިމާކުރުންތައް އިތުރުވެއްޖެއެވެ. ޚާއްސަކޮށް، މިމަސައްކަތަށް ވެބްސައިޓުތައް އުފައްދައިގެން، އެކަކު އަނެކާ ފަޟީޙަތްކުރަން ފަށައިފިކަން ޔަގީނެވެ.
މުސްލިމުންނަކީ އަޚުންކަމުގައި އިސްލާމްދީން އަންގަވާފައިވާއިރު، ތިމާގެ އަޚާއާއި ދިމާއަށް ބުނަން ނުވާފަދަ ހުތުރު ބަސްތަކާ، ކާޓޫނުތަކާ، ފޮޓޯ އިފެކްޓްތައް ޝާއިޢުކުރެވޭ ކަމީ، މިއަދު ދެބަސްވެވެން ނެތް ކަންކަމެވެ. ސިޔާސީ ލީޑަރުންނާއި ޕޮލިޓީޝަނުންގެ ވާހަކަތަކުންވެސް، މިފަދަ ވާހަކަތައް، ގައުމު މިދަނީ އަހަމުންނެވެ. މަންޒަރުތައް މިދަނީ ބަލަމުންނެވެ. މިކަންކަމާމެދު ވިސްނާ ފިކުރުކުރާ މީހުންނަކަށް މި ސިސްޓަމެއް ރަނގަޅެއް ނުވާނެއެވެ. ސަބަބަކީ މިއީ އެމީހުން ދެކެމުންއައި ރާއްޖޭގެ ސަގާފަތެއް ނޫނެވެ. އެމީހުންނަށް ފަސޭހައިން ހަޖަމުކުރެވޭނެ ކަންކަމަކަށް މިކަންކަމެއް ނުވާނެއެވެ. އެފަދަ މީހުންނަށް ޕާޓީސިސްޓަމް ވާނީ، " ހައިޖާނު ނިޒާމަކަށެވެ".
އެއީ މިކަމުގެ އެއް ވިސްނުމެވެ. އަނެއް ވިސްނުމުގައި، ޕާޓީ ސިސްޓަމަކީ ކޮންމެހެން އޮންނަންޖެހޭ ނިޒާމެކެވެ. މިނިޒާމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިއްބައިދޭ، ކަންކަމަށް ފާޑުކިއުމުގެ ފުރުސަތު ބޮޑު ނިޒާމެކެވެ. ޚިޔާނާތްތެރިންގެ ވާހަކަތައް ފާޅުގައި މި ނިޒާމުގައި ގޮވާލެވެއެވެ. ކުއްވެރިންނާއި ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ މީހުން ފަސޭހައިން ފެންމަތި ކޮށްލެވެނީ މި ނިޒާމުންނެވެ.
" ލަފާކުރެވޭ ގޮތުގައި، މިހާރު އެކަކު އަނެކަކަށް ރުޅިވެރިކަމާއެކު ފާޑުކިޔައި ޢަބުރާބެހޭ ހިސާބަށް އެދަނީ، މިއީ މިކަމުގެ ކޮޅުމަތިކަމަށްވެފައި، ޒަމާންވީ އުދާސްތަކެއް ކުއްލިއަކަށް ބޭރުކުރަން ޖެހޭތީ ކަމަށް ވެދާނެ. ކެކިކެކިހުރި ކުރައެއްވެސް ފުރަތަމަ އުނދުންމަތިން ބާލާއިރު ގަޑަގަޑަލާނެ. އެކަމު ފަހުން އެކުރާގެ ފިން ފިނިވެގެންވެސް ދޭ". ޕާޓީ ސިސްޓަމް ދެކެން އެދޭ ދިވެއްސަކު މިކަމުގެ ކޮޅުމަތި ސިފަ ކޮށްދެމުން ބުނެފައިވެއެވެ.
ބައެއް މީހުންނަށް މި ނިޒާމް އަދި ވަރަށް އައުކަމަށް އެބަ ގަބޫލުކުރަން ޖެހެއެވެ. ތިމާ އެ ހުންނަ ޕާޓީ ނޫން އެހެން ޕާޓީތަކުގެ މީހުންނާމެދު، ނަފްރަތުވެވެނީ އެހެން ވީމައެވެ. ތިމާގެ ޕާޓީގެ ވިސްނުނާ އަދި ފިކުރާ ދެކޮޅު، ވިސްނުންތަކާ ފިކުރު ގެންގުޅޭ މީހުންނަކީ ދުޝްމަނުން ކަމުގައި ދެކެވެނީވެސް، މި ނިޒާމަށް ޅަ ވީމައެވެ. އެކަކު އަނެކަކާދިމާއަށް ނަފްރަތާ އަދި ރުޅިވެރިކަމާ، ދުޝްމިން ކަމުގައި ބެލެވެނީ، މި ސަބަބަށް ޓަކައެވެ.
އެކަމަކު މިއީ ހަގީގަތުގައިވެސް ދުވަސްކޮޅެއްގެ ކަމެކެވެ. މި ނިޒާމަށް ދިވެހިން ހޭނި އަހުލުވެރިވެ، ސިވިލްސޮސައިޓީގެ ވެށި ހަރުދަނާވެ، ސިވިކްސް އަކީ ކޮން އެއްޗެއްކަން އެނގޭ މީހުން، އިތުރު ވަމުން ދިޔަވަރަކަށް މިކަންކަން ބަދަލުވަމުން އަންނާނެއެވެ. އެއްވެސް ޕާޓީއެއްގެ މެންބަރަކީ، އަނެއް ޕާޓީއެއްގެ މެންބަރުގެ ނަޒަރުގައި ދުޝްމަނަކަށް، އަދި ގޮތެއްނެތް، ވިސްނުމެއް ނެތް މީހަކަށް ދެކިގެންނެއް ނުވާނެއެވެ. އެދެމީހުން ދެ ޕާޓީއެއްގައި އެ ތިބީ، އެދެމީހުންނަކީ، ކަންކަމުގައި ތަފާތު ދެ ވިސްނުމެއް ގެންގުޅޭ ދެމީހުންނަށް ވީތީކަން ގަބޫލުކުރަން ވާނެއެވެ.
އެކަކު އަނެކާގެ ވިސްނުމަށް އިޙުތިރާމްކުރުމަކީ، ޑިމޮކްރަސީއެއްގެ އެއް އަސާސެވެ. ވީމާ އެދެމީހުން ނަފްރަތުވުމުގެ ބަދަލުގައި އެކަކު އަނެކަކަށް ކުރަންވީ އިޙުތިރާމެވެ. ތަފާތު ޕާޓީތަކުގެ ވިސްނުމާ، ސިޔާސަތާ، ފިކުރާ، ފިލޯސަފީ ތަފާތެވެ. އެކަން ތަފާތު ވާންވެސް ޖެހެއެވެ. އެއީ އެ ޕާޓީތަކުގެ ޕްލެޓްފޯމެވެ. އެކިއެކި ޕާޓީތަކަށް މެންބަރުން ވަންނަމުން އެދަނީ، އެމީހެއްގެ ވިސްނުމަށް އަންނަ އެންމެ ރަނގަޅު ޕާޓީއަކަށެވެ. އެމީހަކަށް އެންމެ ތާއީދުކުރެވޭ ސިޔާސަތަކަށެވެ. ފިލޯސަފީއަކަށެވެ. ފިކުރުތަކަކަށެވެ.
މި ކަމުގައި މައްސަލައަކީ ކޮބައިހެއްޔެވެ؟. އެކަކު އަނެކާދެކެ ރުޅި އަންނަންވީ ކީއްވެ ހެއްޔެވެ؟. ތިއީ ރައްޔިތުންނާ ދެކޮޅު މީހެކޭ ބުނެވެންވީ ސަބަބެއް ކޮބައިތޯއެވެ؟. ކޮންމެ ޕާޓީއެއްގައިވެސް ތިބީ ހަމަ ދިވެހި ރައްޔިތުންނެވެ. ދިވެހި ޢާއިލާތަކެވެ. ތަފާތުވަނީވެސް ދިވެހި ރައްޔިތުންގެ ފިލޯސަފީއެވެ. ފިކުރެވެ. ސިޔާސަތެވެ. އެންމެންނީ އެއްގޮތަކަށް ވިސްނާނެ މީހުންނެއް ނޫނޭ ބުނަނީވެސް ހަމަ އަޅުގަނޑުމެންނެއް ނޫންތޯއެވެ؟.
އެހެން ކަމަށް ވީއިރު، މި ހަގީގަތް ގަބޫލުނުކުރަންވީ ސަބަބެއްނެތެވެ. ހަގީގަތަކީ، ޕާޓީ ސިސްޓަމަކީ، ދުޝްމަނުން އުފައްދާ މެޝިނެއް ނޫންކަމެވެ. އަބުރާބެހޭ އިދާރާއެއް ނޫންކަމެވެ. މާރާމާރީ ހިންގާ މަރުކަޒުތަކެއް ނޫންކަމެވެ. އެބައެއްގެ ސަގާފަތާ އާދަކާދަތަކާ، މުޖުތަމަޢުގެ ވެލިއުސްތައް ވެއްޔާ މޮޑެލާ ބުލްޑޯޒަރު ތަކެއްވެސް ނޫންކަމެވެ.
އޭގެ ބަދަލުގައި ޕާޓީ ސިސްޓަމަކީ، އެއްބަޔަކަށްވުފުރެ، ނުވަތަ އެވަގުތަކު ވެރިކަމުގައި އެ ތިބި ބަޔަކަށްވުރެ، އަނެއްބަޔަކު، ރައްޔިތުންނަށް މާ ހިތްފަސޭހަ، މާ އަމާންކަންބޮޑު، މާބޮޑަށް ތަކެތީގެ އަގުހެޔޮ، މާގިނަ ވަޒީފާތައް އުފައްދާނެ ކަމަށްބުނެ، ރައްޔިތުންގެ ލޯބި ހާސިލްކޮށް، އެ ވަޢުދުވީ ކަންކަން ރައްޔިތުންނަށް ޑެލިވަރ ކުރާ ސަރުކާރުތަކެއް ގެނެސްދޭ މެޝިންތަކެކެވެ.
މިކަންކަމުގެ ހުރިހާވެސް ފައިދާއެއް އޮތީ ރައްޔިތުންނަށެވެ. އެއް ސަރުކާރަކަށްވުރެ އަނެއްސަރުކާރެއް ރައްޔިތުންނަށް ރަނގަޅުވާނެކަމަށް ބުނެ، ވޯޓުހޯދައިގެން، ޑެލިވަރީ ކޮލިޓީކުރާ ސިސްޓަމަކަށް ނޫނީ މި ސިސްޓަމެއް ނުވެއެވެ. ޑެލިވަރީ ރަނގަޅު ނޫންނަމަ، އެބަޔަކު ރައްޔިތުން ބާލާނެއެވެ. އަނެއްކާ އަނެއްބަޔަކަށް ސަރުކާރުހިންގަން ޗާންސް ދިނުމަށެވެ.
މިކަންކަމުން އުފައްދަނީ ދުޝްމަނުންނެއް ނޫނެވެ. ގައުމުގައި ހެދެނީ އިތުރު މަގުތަކެވެ. ބްރިޖުތަކެވެ. އެއަރޕޯޓުތަކެވެ. އިންވެސްޓުމަންޓުތަކެވެ. ހޮސްޕިޓަލުތަކެވެ. ސްކޫލްތަކެވެ. ފެށެނީ އިތުރު ވައިގެ ޚިދުމަތްތަކެވެ. ބަސްދަތުރުތަކެވެ، އަގުހެޔޮ ފެރީގެ ޚިދުމަތްތަކެވެ. ހުޅުވެނީ ވަޒީފާގެ އިތުރު ދޮޅުތަކެވެ، ބޮޑުވެގެންދަނީ މުސާރަތަކެވެ. ރަނގަޅުވެގެންދަނީ ޚިދުމަތުގެ ކޮލިޓީއެވެ. ޕާޓީތަކުގެ މެޝިންތަކުން އުފައްދަނީ މިކަންކަމެވެ. ވީއިރު، ހަގީގީ ޕާޓީ ސިސްޓަމަކީ ދުޝްމަނުން އުފައްދާ މެޝިނެކޭ ބުނެވެން އެބަ އޮތް ހެއްޔެވެ.؟
(Wvcawrukun ulwdwb cawscaevid ujEaugcnel uDObIk cSwmuyil cniawnWt) cSwmuvcaedulWyiK cSwmuyilim
-
10 April 2008
swlImwSc sWbwsc dwncnwvwnc swlImc mwswackwtc kurwmuncgencdwnI rwacyituncge hwacgutwac hOdWdinumugwai
-
09 April 2008
pWrTI siscTwmwSc tWaIdukurW mIhunc dwackWnI aesiscTwmuge moLuvWhwkwaeve. awdi tWaIdu nukurWmIhunc dwackWnI aesiscTwmuge derwvWhwkwaeve. tWaIdukurWmIhuncnWai nukurWmIhunc vesc aebwywku tWaIdukurW nuvwtw dekoLuhwdW kwnckwmuge vWhwkw dwackW auLenI hekitwkWaekugwaeve. kwmuge HwqIqwtc hWmwvWnI AwmwlIgotunc kwnc higwmunc dWgotuge mwacCwSeve. mihWru rWacjEge siyWsI auderehunc fencnwSc huri hekitwkwSc hWmwkoScdE HwqIqwtwkI, rWacjEfwdw mIsckoLu mwdu awdi AWailI gotuncnWai dekefwritwvunc aehWfwsEhw mujctwmwaeacgwai pWrTI siscTwmwSc tWaIdukurWmIhunc dekEkwhwlw veacTeac qWaimuvumwkI vwrwSc durukwmeackwmugwaeve. pWrTI siscTwmugetereainc rwacywtuncnwSc libidEnekwmwSc ae siscTwmwSq tWaIdukurWmIhunc twscvIrukurW rIti mwnczwrutwac rWacjE jwacvunc fenigenc nudiywaI pWrTI siscTwmeac netigenc nUneve. swbwbutwac guLifwaivwnI pWrTI siscTwmwkWnUneve. pWrTI sIscTwmugwaivesc kwncve nimidWnI, mi siscTwmurWacjeawSc awaumuge kurIncvesc vwmunc diywgotwSeve. twfWtwkI, pWrTI siscTwmugwai bwai aeLEnI aepWrTIawkwSc aencme ginw vOTc hOdwaidE bwywkwSeve. aebwywkuvesc aeacTWrmu nuvwtw de TWrmuhwmwkoScfwai verikwmuge koailunc nukumegenc dWnI hurihW aepWrTIge hurihW "poliTikwlc aekcTiviscTunc" aungu furWlwaigencneve. rwacywtuncge awtunc vOTc hOdumwScTwkwai fEkc menifescTOtwacyWrukurWneaeve. fWlwnctwkWai burijutwkunc rwactwSc guLuvWlw dinumuge KiyWlI folWvesc kwackWneaeve. HwqIqwtc aengE airu fwsc awhwruge TWrmu aoncnWnI hwmwvefwaeve. denc awneackWvesc aehenc pWrTIaekeve.
-
09 April 2008
miaI viscnWlwnc veacje kwmeac.....




