ހަމައެކަނި ދެ ސަޢީދުގެ ފޮތަކުނޫން، ޢުމަރު ނަސީރުވެސް ސެކިއުލަރ ޚިޔާލު ވަނީ ފާޅުކޮށްފަ- ޢަދާލަތުގެ ރައީސް ޙުސައިން.
މާލެ- 13 މެއި 2008 – 00:25 ( އަންގާރަ) : - ސެކިއުލަރ ޚިޔާލު ފާޅުކޮށްފައި ވަނީ ހަމައެކަނި ދެ ސަޢީދު ލިއުއްވާފައިވާ ފޮތުގައި އެކަނި ނޫންކަމަށާއި ޢުމަރު ނަސީރުވެސް، އަދި މިޒަމާނުގެ އިނގިރޭސި ތަޢުލީމް ހާސިލްކޮށްފައިވާ ޒުވާނުންވެސް، ސެކިއުލަރ ޚިޔާލު ފާޅުކޮށްފައި ވާކަމަށް، ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް ޙުސައިން ރަޝީދު އަޙުމަދު އިރު އޮބްޒާވަރަށް މިރޭ ވިދާޅުވެއްޖެއެވެ.
" މުރުތައްދުވާ މީހުން މަރާކަށް ނުވާނެކަމަށް ދެ ސަޢީދުގެ ފޮތުގައި އޮތްކަމަށް ވާނަމަ، އެއީ ސެކިއުލަރ ޚިޔާލެއް". މިރޭ އިރު އޮބްޒާވަރަށް ދެއްވި އިންޓަރވިއު އެއްގައި ޢަދާލަތު ޕާޓީގެ ރައީސް ޝޭޚު ޙުސައިން ރަޝީދު އަޙުމަދު ވިދާޅުވިއެވެ.
ހުސައިން ރަޝީދު ވިދާޅުވީ، މިވާހަކަތައް ފެތުރުމުން އޭނާ ޕްރޮފެސަރ ސަޢީދު އާއި ގުޅުއްވިކަމަށެވެ. ސަޢީދު އޭނާގާތު ވިދާޅުވީ އެފޮތުގައި ހުންނާނީ ޢިލްމުވެރިން އެކި ކަންކަމާމެދު ބުނެފައިވާ ވާހަކަތައް ކަމަށެވެ. އަދި އިތުރު ޚިޔާލެއް ޝޭޚް ޙުސައިން ރަޝީދު އަޙުމަދުގެ ކިބައިގާ އޮތްނަމަ އެ ޚިޔާލެއް ދެއްވުމަށް ޕްރޮފެސަރ ސަޢީދު، އޭނާކިބައިން އެދިވަޑައިގެންނެވި ކަމަށްވެސް ވިދާޅުވިއެވެ.
" އަޅުގަނޑު ޑރ. ޙަސަން ސަޢީދު އާއިގުޅުމުން އޭނާ ވިދާޅުވިކަމަށް ހުށައިން ވިދާޅުވީ ޑރ. ޙަސަން ސަޢީދު ލިއުއްވާފައިވާ ޗެޕްޓަރުގައި މުރުތައްދުވާ މީހުންނާމެދު މެލޭޝިއާގައި ކަން ހިނގަމުންދާ ގޮތްކަމަށް" ޙުސައިން، ވިދާޅުވިއެވެ.
ހުސައިން ހާމަކުރެއްވި ގޮތުގައި ސެކިއުލަރ ޚިޔާލަކީ، ދީނުގައި ވަކިކަމެއްގެ ޙުކުމް އޮތް ގޮތް ގުރުއާނުން ނުވަތަ ޙަދީސުން އެގެން އޮއްވާ އެއާ އިދިކޮޅު ޚިޔާލެއް ނެރުމެވެ. މިގޮތުން ދެ ސަޢީދުގެ ފޮތުގައި މުރުތައްދުވާމީހުންގެ އަދަބު ލުއިކުރުމަށް ފަތުވާދީފައި އޮތްނަމަ، އެކަން ވާނީވެސް ހަމަ ސެކިއުލަރ ޚިޔާލަކަށެވެ.
" އަޅުގަނޑަކީ އިނގިރޭސިބަސް ދަންނަ މީހެއްނޫން. އަޅުގަނޑަކަށް ނޭގެ އެ ފޮތުގަ އޮތް އެއްޗެއް. އަޅުގަނޑު އެ ދެބޭފުޅުންނާ ވާހަކަދެއްކުމުން އެނގުނު އެއްޗަކީ އެއީ ތަފާތު ޢިލްމުވެރިންގެ ވާހަކަތައް ކަމާއި އަދި މެލޭޝިއާގައި ކަން ހިނގާ ގޮތުގެ މައްޗަށް ލިއެފައިވާ ފޮތެއްކަން". ޙުސައިން ރަޝީދު، ވިދާޅުވިއެވެ.
ވޭތުވެދިޔަ 48 ގަޑީއިރުގެ ތެރޭގައި ބައެއް އެފް އެމް ރޭޑިއޯތަކުގެ ފަލަސުރުޚީގައި ގެނެސްދެމުން ގެންދަނީ، ޕްރޮފެސަރ ޢަބްދުﷲ ސަޢީދު އާއި ޑރ. ޙަސަން ސަޢީދު ލިއުއްވާފައިވާ ފޮތަކަށް އައި.ޑީ.ޕީގެ ރައީސް ޢުމަރު ނަސީރު ފާޑުކިއުއްވުމުން، އެކަމާދެކޮޅަށް ދެމުންދާ ބަޔާންތަކެކެވެ. މިފާޑުކިއުންތަކުގައި ޢުމަރު ނަސީރަކީ މިފަދަ ފޮތަކަށް ފާޑުކިއޭ ފެންވަރުގެ ޢިލްމުވެރިއެއް ނޫންކަމަށާއި ޢުމަރުގެ މި ޚިޔާލުތަކުން އޭނާގެ ޕާޓީއަކީ ޑީ.އާރު.ޕީގެ ގޮތްޕެއްހެން ހީވާން ފަށައިފި ކަމަށް، ބުނަމުންދާ އަޑުވެސް އިވެއެވެ. އަނެއްކޮޅުން ޑރ. ޙަސަން ސަޢީދުވެސް ވަނީ މިފޮތް ރަނގަޅަށް ޢުމަރު ނަސީރު ވިދާޅުވުމަށް އެދިވަޑައިގެންފައެވެ. އެއީ އޭނާ ލިއުއްވި ޗެޕްޓަރގައި އެފަދަ ވާހަކައެއް ލިއެފައި ނުވާނެކަމަށް ވިދާޅުވަމުންނެވެ.
" ހަގީގަތުގައިވެސް އަޅުގަނޑު މިދައްކަނީ ވަރަށް ސީރިއަސް ވާހަކައެއް. އަޅުގަނޑު މި ބުނަނީ ކިތަންމެ ބޮޑު ޕްރޮފެސަރަކާ ޕީ.އެޗް.ޑީ ނަންގަވައިގެން ހުންނެވި ބޭފުޅަކު ލިއުއްވި ފޮތަކަށް އެ ފޮތް ވީނަމަވެސް، އަޅުގަނޑު އެ ފޮތް ކިއާލުމުން ދޭހަވީ، އެމީހަކު ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ލިބެންވާނެކަމަށް އެ ފޮތުގައި ބުނެފައި ވާކަމަށް." މިރޭ އިރު އޮބްޒާވަރަށް ދެއްވި އިންޓަރވިއު އެއްގައި ޢުމަރު ވިދާޅުވިއެވެ.
" އަނެއްކޮޅުން ޑރ. ޙަސަން އެބަ ވިދާޅުވޭ ތިމަންނާ ލިއުއްވީ މެލޭޝިއާގައި ކަން ހިނގާގޮތުގެ ޗެޕްޓަރޭ. އެކަމަކު އެ ފޮތުގެ މުގައްދިމާ ލިއުއްވީ ދެބޭފުޅުންކަމަށް އެބަ އޮވޭ ޖަހާފަ. އެ މުގައްދިމާގަވެސް މި ޚިޔާލުތައް އެބަ އޮތް ފާޅުކޮށްފަ. ވީމާ، ޑރ. ހަސަނަށް މިކަން ދެން ދޮގުކުރެއްވޭނެ ގޮތެއް ނެތް". ޢުމަރު ނަސީރު ވިދާޅުވިއެވެ.
ޢުމަރު ނަސީރު މި ފޮތާމެދު ވިދާޅުވި ފާޑުކިއުމާދެކޮޅަށް ޑރ. ޙަސަން ސަޢީދުގެ ރަޙުމަތްތެރި ބޭފުޅެއް ކަމުގައިވާ އަލްއުސްތާޛް މުޙަންމަދު ޖަމީލް ފާޑު ވިދާޅުވެފައި ވާތ،ީ އެކަމަށްވެސް ޢުމަރު ނަސީރު ވަނީ މިރޭ ރައްދު ދެއްވާފައެވެ.
" އަޅުގަނޑަކަށް ނުޖެހޭ ބުނެދޭކަށް. ޖަމީލަކީ ކޮންކަހަލަ ބޭފުޅެއްކަންވެސް ރައްޔިތުންނަށް އެނގޭނެ". ޢުމަރު ނަސީރު ވިދާޅުވިއެވެ.
ޢުމަރު ނަސީރު ވިދާޅުވި ގޮތުގައި އިއްތިޙާދުން ކަނޑައަޅާ ކެންޑިޑޭޓަކަށް ޑރ. ޙަސަން ސަޢީދަށް އައި.ޑީ.ޕީން ތާއީދު ނުކުރަނީ ސެކިއުލަރ ޚިޔާލު ގެންގުޅުއްވާ ބޭފުޅަކަށް ވީތީއެވެ. އަދި އޭނާގެ ޕާޓީއަކީ ޑީ.ޢާރު.ޕީގެ ގޮތްޕެއްވެސް ނޫނެވެ. އެއީ މިނިވަން ޕާޓީއެކެވެ.
މިރޭ އިރު އޮބްޒާވަރަށް ޢަދާލަތު ޕާޓީގެ ރައީސް ދެއްވި އިންޓަރވިއު އެއްގައި، ޢުމަރު ނަސީރުވެސް ސެކިއުލަރ ޚިޔާލު ގެންގުޅުއްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
" ޢުމަރު ނަސީރަށް ނޫހަކުން ކުރި އިންޓަރވިއު އެއްގައި ޖަވާބުދެއްވާފައި އެބަ އޮތް އައި.ޑީ.ޕީ އާއި ޢަދާލަތު ޕާޓީގެ ތަފާތަކީ، ވައްކަންކުރާ މީހުންގެ އަތް ނުކެނޑުމާ، ރާ އެތެރެކުރުން މަނާނުކުރުމާ އެވެ. އަޅުގަނޑަށް ވިސްނޭ ގޮތުގައި ގުރުއާނުގަ ކަނޑައެޅިފަ އޮންނަ އަދަބަކާ ދެކޮޅު ޚިޔާލެއް ގެންގުޅެންޏާ އެއީ ހަމަ ސެކިއުލަރ ޚިޔާލަކަށް ވާނި" ޝޭޚު ޙުސައިން ރަޝީދު އަޙުމަދު، ވިދާޅުވިއެވެ.
" އަދި ޢުމަރު ނަސީރު ނޫނަސް، އިނގިރޭސި ތަޢުލީމް ޙާސިލްކޮށްގެން ތިއްބެވި މިޒަމާނުގެ ކުދިން، އޭގެ ތެރޭގައި މިހާރުގެ ބަންޑާރަނައިބު ޢާޒިމާ ޝަކޫރުފަދަ ބޭފުޅުންގެ ބައެއް ވާހަކަފުޅުތަކުގައިވެސް، މިފަދަ ޝުޢޫރުތައް ހިމެނޭކަން، އަޅުގަނޑަށް ފާހަގަކުރެވޭ".
އަދާލަތު ޕާޓީގެ ރައީސް، މިރޭ ހާމަކުރެއްވި ގޮތުގައި މި ދަނޑިވަޅަކީ، މިފަދަ ފޮތަކާމެދު ދެކޮޅަށް ބަޙުސްކުރަން ވަގުތު ނަގާލަންވީ ދަނޑިވަޅެއް ނޫނެވެ. އޭގެ ބަދަލުގައި އިއްތިޙާދުން މަސައްކަތް ކުރަންވީ އެންމެން އެއްބައިވެގެން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް މައުމޫން ފޭލްކޮށް، އެ އިންތިޚާބު ކާމިޔާބު ކުރުމަށެވެ.
" އަޅުގަނޑަށް ހީވަނީ އިއްތިޙާދު އެއްގަލަކަށް ނާރާ، ވަކިވަކި ކެންޑިޑޭޓުން ކުރިމަތިލާން ދިމާކޮށްފިނަމަ، ފުރަތަމަ ރައުންޑުގެ ކުރީގައި އުޅުއްވާނީ ރައީސް މައުމޫން ހެން. އެހެން މިދެންނެވީ އަޅުގަނޑުމެން ބައިބައިވެއްޖެނަމަ އޭގެ ފައިދާ ލިބިވަޑައި ގަންނަވާނީ މައުމޫނަށް ކަމަށް ވާނެއަތީ". ޝޭޚު ޙުސައިން ރަޝީދު އަހުމްދު ވިދާޅުވިއެވެ.
" އެކަމަކު ލަފައެއް ނުކުރެވޭ، ފުރަތަމަ ރައުންޑުގަ މައުމޫނަށް މެޖޯރިޓީ ލިބިވަޑައިގެންފާނެ ހެނެއް. އެކަމަކު އެ ބުރުގެ އެއްވަނައަށް ވަޑައިގެންފާނެ. ނަމަވެސް ދެވަނަ ރައުންޑަށް ދާން ނުޖެހޭވަރެއް ނުވާނެ. ދެވަނަ ރައުންޑުގަ މައުމޫނާ ވާދަކުރާ ކެންޑިޑޭޓަކާ އެއްކޮޅަށް އަނެއްކާވެސް އިއްތިޙާދު ނިކުމެއްޖެނަމަ، އަޅުގަނޑުމެންނަށް އޮތް ފުރުސަތު މާބޮޑަށްވެސް ތަނަވަސް ވެގެންދާނެ".
ޢަދާލަތު ޕާޓީން، ތާއީދުކުރާނީ ކޮން ކެންޑިޑޭޓަކަށް ކަމެއް އަދި ނޭގޭކަމަށާއި ނަމަވެސް ތާއީދުކުރަންވީ ކޮން ބޭފުޅަކަށްތޯ މިހާރު ދިރާސާކޮށް، ޚިޔާލު ހޯދުންތައް ހޯދަމުން ގެންދާކަމަށާއި ގާނޫނުއަސާސީ ތަސްދީގު ވުމާއެކު، ޢަދާލަތުގެ ނިންމުން ހާމަކުރާނެ ކަމަށް ޙުސައިން ރަޝީދު ވިދާޅުވިއެވެ.
" ހަމަ ޔަގީނުންވެސް މައުމޫނު ފިޔަވައި އެހެން ބޭފުޅަކަށް އަޅުގަނޑުމެން ތާއީދު ކުރާނި" ޢަދާލަތުގެ ރައީސް، މިރޭ ވިދާޅުވެފައި ވެއެވެ.
ޢުމަރު ނަސީރު، މިރޭ އިރު އޮބްޒާވަރަށް ވިދާޅުވި ގޮތުގައި އިއްތިޙާދުން އެއް ކެންޑިޑޭޓަކު ނެރުމާބެހޭ ގޮތުން ޢަދާލަތުން ގެންގުޅޭ އުސޫލަށް އޭނާ ތާއީދު ނުކުރާކަން މިހާރު ވާނީ ހާމަކޮށްފައެވެ.
" އަޅުގަނޑަށް ހީވަނީ މިހާރު ދެން ހުއްޓާލަން ވެއްޖެހެން އިއްތިޙާދުން އެއް ކެންޑިޑޭޓަކު ނެރެން މި ދެކެވޭ ވާހަކަތައް. މިކަން މިވަނީ ކާމިޔާބު ނުވެފަ. ވީމާ ހަމަ ވާހަކަ ތަކެއް މިހާރު ދެއްކުމުގެ މާބޮޑު ބޭނުމެއް ނެތް" މިރޭ، ޢުމަރު ނަސީރު، ވިދާޅުވެފައި ވެއެވެ.
(Wvcawrukun ulwdwb cawscaevid ujEaugcnel uDObIk cSwmuyil cniawnWt) cSwmuvcaedulWyiK cSwmuyilim
-
14 May 2008
tiyw fotc kiywsc tifotugwai liyefwai aotI kIkE kwnc aengEne AilcmI mIhwku awdi vWhwkw nudackWtI aekwhwlw mIhwku komencTc kurEtO mibwlwnI. hwmw ywgInunc fotuge konckolUxwnc aumwrwkwSc awdi kwscTwmc mohodE awkwSc dEhwaeac nuvWne.
-
13 May 2008
husenc rwxIdwSc mwaumUnW vWdwnukurevEnekwnc awmiaclwawSc aeacbwscveviacjedO! dInI pWTIawkunc tidwackWvWhwkwtwkunc suvWlu aufedE! tiywauLenI dInwScvurevesc mwaumUnW vWdwkurunc muhincmuvegenchenc hIvwnI!
-
13 May 2008
aumwru nwsIrwkI vwrwSc boDwSc DikcTETwr KiyWlu gencguLE awmiaclwaedunc boDu mIheac. aEnWawSc fencnwgotc hwmwaekwni DimokcrwsIawkIvesc awdi aisclWmcdInwkIvesc.
-
13 May 2008
husenc rwxIdwkI kWkukwnc aencme tuactu kuacjW awac vesc aengEne. aeac awtoLeacge kudinc koLeac vImw husenc rwxIdwkwSc nukerEne aemIhunc kuScveri kurWkwSc. awneackW mwaumUnWai zWtI gotunc jwacsWlwaigenc auLE mIheac. dInuge kwncfuLeacvesc ti husEnuge nuhuncnWne
-
13 May 2008
mi ripOTu liauacvWfwai tiywvwnI vwrwSc aincsWfuverikoSc, pcrofexwnwlc nUscverikwmuge rwhwtwkWaekugw. airu aobczWvwrugwai mikwhwlw ripOTutwac aiturukoSc deacvW, denchuri mwacswlwtwkwSc awliawLuvWlw deacvumwSc aedenc. aWrifc


