އިއްތިހާދު، ނަފްސީ، ނަފްސީ ވެފައި.

Adjust font size: Decrease font Enlarge font
image

  ރައީސް މައުމޫންގެ ސަރުކާރު ވައްޓާލާ އައު ސަރުކާރެއް އުފައްދަން އެކުލަވާލި އިއްތިޙާދަށް މިހާރު ވަމުން މިދާ ގޮތާއި، އެންމެ ބޮޑު އޮޕޮޒިޝަން ޕާޓީ، އެމް.ޑީ.ޕީގެ ޕްރައިމަރީއަށް އަށްފަހު، އޭގެ ފަހަތުން އިރު އަރާ ކޮންމެ ދުވަހަކު، ސިޔާސީ މައިދާނުގައި ޖެހެމުންމިދާ އައު ކުލަތަކަކީ، އިބްރަތްތެރި ދަރުސްތަކެކެވެ.umarunaseerid

އިއްތިހާދުގެ އޮޑީގެ ކޮންމެ ފަޅުވެރިއަކީ ޕްރެޒިޑެންޝަލް ކެންޑިޑޭޓަކަށް ނުވަތަ ރަނިންމޭޓަކަށް ވީ ހިސާބުން، ދެން ފެނުނީ އޮޑިއަކާ އޮޑިއެއް ދޫކޮށްލާ، ފަޅުވެރިންވެސް ކެންޕެއިނަށް ނިކުތްތަނެވެ. އިއްތިޙާދުގެ އޮޑިން ފެނުނު އައި.ޑީ.ޕީގެ އުމަރު ނަސީރު، ފެނިގެންދިޔައީ ސީދާ ރިޔާސީ އިންތިޚާބަށް ކެންޕޭން ފައްޓަވާ ޕޯސްޓަރުތައް ނެރެ މެނިފެސްޓޯ ގޭގެއަށް ފޯރުކޮށްދޭން ފެއްޓެވި ފުރަތަމަ ކެންޑިޑޭޓަށެވެ. އެއަށްފަހު، ދެން ފެނުނީ އިއްތިޙާދުގައި ހިމެނުނު ނިއުމޯލްޑިވްސް މޫވްމަންޓުގެ ހަސަން ސަޢީދު ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި މަންޒަރާ މެނިފެސްޓޯ ނެރުއްވިތަނެވެ.

އަނެއްކޮޅުން އިއްތިޙާދުގައި މިހާތަނަށް ފެންނަމުންއައި އެސް.އެލް.ޕީގެ އިބުރާވެސް ރައީސް ކަމަށް ކުރިމަތިލައްވާ ތާއީދު ހޯއްދެވުމުގެ ދަތުރުތައް މިހާރުވަނީ ފަށާފައެވެ. އަދާލަތު ޕާޓީގެ އެންމެ ފަހުގެ ޖަލްސާގައި ރަނިންމޭޓަކު އެޕާޓީން ނެރުމަށް ކޮންމެވެސް ޚިޔާލުތަކެއް ޕާޓީގެ ބައެއް މެންބަރުން ކުރައްވާކަމާއި، އެކަމާ ވިސްނާނެކަމަށް ވަނީ ބުނެފައެވެ. މި އިއްތިޙާދުގައި ހިމެނުނު މައި އޮޕޮޒިޝަން ޕާޓީން ބޭއްވި ޕްރައިމަރީޒްގައި ރިޔާސީ ކެންޑިޑޭޓަކަށް ޕާޓީގެ މެންބަރުން ވޯޓުން ހޮއްވެވި ނަޝީދު ( އަންނި) ވަނީ، އޭނާ ރައީސްކަން ކުރައްވަން ބޭނުން ނުވާކަމަށް ވިދާޅުވެ، ހަސަން ސަޢީދަށް އެ މަގާމަށް ދަޢުވަތުދެއްވައި، ރަނިންމޭޓަކަށް ވެވަޑައިގަންނަވަން ހުންނެވިކަން ހާމަކޮށްފައެވެ.

އަންނިގެ މި ނިންމެވުމަކީ ޕާޓީގެ ކައުންސިލްގެ މަޝްވަރާއާއިއެކު ނިންމެވި ނިންމެވުމަކަށް ވީނަމަވެސް، މިކަމާމެދު ހިންހަމަނުޖެހުނު އެ ޕާޓީގެ އިސް ބަޔަކު މިހާރުވަނީ، އިންތިޚާބުގެ ޓްރާންސް ޕޭރެންސީއަށާ، ވޯޓުލާ މީހުންގެ ސައްޙަ ލިސްޓުގެ ސައްޙަކަމާ މެދުގައްޔާ، އެމް.ޑީ.ޕީ އޮޑިޓް ނުކުރާ މައްސަލަފަދަ މުހިންމު ކަންކަމުގެ ކަންބޮޑުވުން ތަކެއް، މީޑިއާއަށް ހާމަކޮށްފައެވެ.

މިބަޔާނަށްފަހު، އެޗް.އެފް.އެމް ގެފަރާތުން އެމް.ޑީ.ޕީގެ ފައުންޑަރ ގޯގޯލަތީފަށް ކުރެއްވި އިންޓަރވިއުއެއްގައި، އެ ޕާޓީގެ ތެރޭގައި އަންނިގެ ނުފޫޒު މާބޮޑަށް ފެތުރިފައި ވާކަމަށް ވިދާޅުވުމާ ގުޅިގެން، އަންނިވެސް ވަނީ ލަތީފުގެ މި ބަހަށް ރައްދު ދެއްވާފައެވެ. އެއަށްފަހު، ދެން ނޫސްތަކުގައި ފެވެމުންދާ ސުރުޚީތަކަށް ވެގެން މިދަނީ، އެތަކެއްހާސް ބަޔަކު، އެ ޕާޓީން ކެނޑެން ސޮއިކުރަމުން ގެންދާ ވާހަކަ ތަކެވެ. gogolathyf

ކޮންމެއަކަސް، މިދެންނެވި ކަންކަމަކީ، އެމް.ޑީ.ޕީގެ ޕްރައިމަރީޒް އަށްފަހު، ގައުމުގެ އޮޕޮޒިޝަން ޕާޓީތަކުގެ އަދި އިއްތިޙާދުގެ ޙާލަތު ބަދަލުވަމުން އައި ކަންކަމުގެ ވާހަކަތަކެވެ. މިދެންނެވި ކޮންމެ ވާހަކަ އެއްގެ ސުރުޚީ ވެގެން ދިޔައީ ޕޮލިޓިކްސްމަތިން މީހުންނަށް ފޫހިކަން ގެނުވި ކަމަކަށެވެ. ޚާއްސަކޮށް ވަކިވަކި ޕޮލިޓީޝަނުންނަށާއި އިއްތިޙާދަށާއި މި ދެންނެވި މުޅި މޫމަންޓަމަށް އޮތް ފޯރި ކެނޑި، ދެވަނަ ވިސްނުމަކަށް މީހުންގެ ވިސްނުންވެސް، މިކަންކަމާގުޅިގެން އައީ ބަދަލުވަމުންނެވެ. 

މިދެންނެވި ހިސާބުން އަލުން މިހާރު ފެންމަތިވެގެން މިއަންނަނީ އެމް.ޑީ.ޕީގެ މެންބަރުން ހޮއްވެވި ރިޔާސީ ކެންޑިޑޭޓު، އަންނި އޭނާއަށް ލިބިލެއްވި  މަގާމު، އަމޭ ވިދާޅުވެ ހަވާލުކުރެއްވި ޑރ. ހަސަން ސަޢީދު ލިއުއްވި ފޮތަކާމެދު، އިއްތިޙާދުގެ ތެރޭން ބޭފުޅެއްގެ ޚިޔާލު ތަފާތުވެ، އެ މައްސަލަ ގައުމުގެ ސަމާލުކަމަށް ގެންނަވާ މައްސަލައެކެވެ.annimunawwar_400_01

މިކަމާމެދު މިހާރު އެއްބަޔަކު ކަންބޮޑުވެ ވިސްނަމުން ގެންދާއިރު، ހަސަން ސަޢީދުގެ ފަރާތުންވެސް އުމަރު ނަސީރާ ދެކޮޅަށް ވަނީ ބަޔާންތައް ދެއްވާ، އަދި އުމަރު ނަސީރުވެސް، އޭނާ އެ ވިދާޅުވާ އެއްޗެއް ރައްޔިތުންނަށް ސާބިތުކޮށްދެއްވަން މަސައްކަތް ކުރައްވާ އަޑު ރޭޑިއޯތަކުން މިވަނީ އިވެން ފަށާފައެވެ. އެހެންކަމާއެކު، މި ހަފްތާ މި ނިމެނީ ދީނީ މައްސަލައަކާމެދު ރިޔާސީ ދެ ކެންޑިޑޭޓެއްގެ ދެމެދުގައި އޮތް ސުވާލު މާކެއްގެ ތެރޭގައި މި ހަފްތާ އޮއްވައެވެ.   

ރިޔާސީ އިންތިޚާބަށް ގާތްގަނޑަކަށް 5 މަސް ދުވަހަށް ވެފައި ވަނިކޮށް، މި ދެންނެވި ކުލަތަކާ އަދި އަޑުތަކުން މިހާރު މިވަނީ، މައުމޫންގެ ސަރުކާރު ވައްޓާލަން އެކަތިގަނޑެއްގެ ގޮތުގައި ނިކުންނަށް އޮޑިއަށް އެރި ޕާޓީތަކުގެ އިސް ބޭފުޅުންގެ ފޯކަސް، އެހެން މިސްރާބަކަށް ޖަހާފައެވެ.  އެއްކޮޅުން އުމަރު ނަސީރު ފާޅުގައި ވިދާޅުވަނީ އެފަދަ ވާހަކަ ތަކެއް ލިއުއްވައި އެފަދަ ފިކުރުތަކެއް ހަސަން ސަޢީދު ގެންގުޅުއްވާތީ، އެއްގޮތަކަށްވެސް އައި.ޑީ.ޕީން ހަސަނަށް ތާއީދު ނުކުރައްވާނެ ކަމަށެވެ. އައި.ޑީ.ޕީއަކީ އިއްތިހާދުގައި ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއެވެ.

އޮޕޮޒިޝަންގައި ތިއްބެވި ޅަ ލީޑަރުންގެ އަމާޒުތައް އެގޮތް މިގޮތަށް، މިހެން ބަދަލުވާން ފެށުމުން، ޚާއްސަކޮށް އޮޕޮޒިޝަން ޕާޓީތަކުގައި ލީޑަރޝިޕް މައްސަލަތަކެއް އެބަ އޮތްކަން، މިހާރު ކަށަވަރުވެއެވެ. މީގެ މާނައަކީ ހަމައެކަނި މައްސަލަތައް އޮތީ އޮޕޮޒިޝަނުގައި އެކަންޏެކޭ ދެންނެވުމެއްވެސް ނޫނެވެ. ingilabiarumazthumb2

ކޮންމެއަކަސް އޮޕޮޒިޝަނުގެ ލީޑަރޝިޕް، ކިތަންމެ ޅަ ކަމުގައި ވީނަމަވެސް، މިގައުމަކީ ޅަ ގައުމެއް ނޫނެވެ. މިއީ ހަރު ގައުމެކެވެ. މިގައުމުގެ ފަތުރުވެރިކަމަކީ، އެއްވެސް ޅަ ލީޑަރޝިޕަކުން ތަޖުރިބާ ކޮށްލަން އައު ސިޔާސަތުތަކެއްގެ ތެރެއަށް ދޫކޮށްލެވޭ ވަރަށްވުރެ އިންވެސްޓުމަންޓުތައް މާ ބޮޑު، އަދި ރިސްކު ބޮޑުކަމެކެވެ. އެހެންކަމާއެކު ގައުމުގެ އިގްތިސާދު މިފަދަ ޅަ ސިޔާސަތެއްގެ ތެރޭގައި ޝޭކީވެގެން ދިއުމަކީ ޑިވެލޮޕްމަންޓަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެކެވެ. މިއީ ކޮންމެ ދިވެއްސަކުވެސް ދެތިން ފަހަރަކު ފުންކޮށް ވިސްނާލަން ޖެހޭނެ ކަމެކެވެ. ސަބަބަކީ ރާއްޖޭގެ އިގްތިސާދުގައި އަޅާފާނެ މިފަދަ ރެންދަކީ ދެވަނަ ސުނާމީއަކާ ކުރިމަތިލުން ފަދަ ކަމަކަށް ވެދާނެތީއެވެ.

އެ ސުނާމީގައި ގެއްލިގެން ދާނީ ޖީ.ޑީ.ޕީގެ ކިތައް ޕަސަންޓުކަމެއް ނޭގެއެވެ. ޅަ ޕޮލިޓީޝަނުންގެ ޅަކަން އެއީ، ބަޔަކު ދައްކާތީ އިވޭ ވާހަކައެއް ނޫނެވެ. އެބަޔަކު އަމިއްލައަށް އަޅާ ޅަ އެއްޗެހިން، އެހެން މީހުން ދެނެގަންނަ ދެނެގަތުމެކެވެ.

ގައުމަށް ހެޔޮއެދިގެން ކޮންމެ މީހަކުވެސް ނިކުތުމަކީ އެންމެ ރަނގަޅު ކަމެކެވެ. އެކަމަކު އިއްތިހާދެއްގެ ބައިވެރިންގެ އެންމެން،  ރައީސްކަމަށާއި ރަނިންމޭޓުކަމަށް ނިކުންނަން ނިންމައިފިނަމަ، އެއިން އެ ދޭހަ ވެގެން ދަނީ ކޮންމެ މީހަކުވެސް ބޭނުމީ މަގާމެއް ކަމެވެ. މަގާމު ގުރުބާންކޮށް ވަކި މީހެއްގެ ފަހަތުގައި ހުންނަން ޒަމީރު ގަބޫލު ނުކުރާކަމެވެ. އިއްތިހާދޭ ބުނުމަށްވުރެ މިވަގުތު " ނަފްސީ ނަފްސީ " އޭ ބުނުމުން،   ފެންނަ މަންޒަރާ މާ ގުޅެއެވެ.

(Wvcawrukun ulwdwb cawscaevid ujEaugcnel uDObIk cSwmuyil cniawnWt) cSwmuvcaedulWyiK cSwmuyilim

  • 15 May 2008
    comment aiactihWdugwai mihWru hingwnI &";rUlc aofc dw jwncgwlc" henc hIveaeve. koncme mIhwkuvesc bEnuncvwnI verikwmeve. rwaIswkwSc vumeve. hitWMw huri kwmekeve. qwaumuge risOsctwac mikwmwSc nwgWlunc buacdiveri heacyeve? aiactihWdu bwaibwai vumunc aebwai mIhuncnwSc libE vOTc mwduvWnekwnc gwaimeve. aeacbwaeacge terEgwai vOTc twac bwaibwaivumunc aidikoLwSc huncnw mIhW awSc libE vOTctwac ginwvWneaeve. aeaI aEnWge bwywSc libE hurihW vOTeac libEnI aEnWawSc kwmwSc vWtIaeve. awmcnc
This website is compatible with Internet Explorer - Hosted By MediaHostWorld