އިރު އޮބްޒާވަރުގެ އައު ސައިޓަށް މަރުޙަބާ!

Adjust font size: Decrease font Enlarge font
image މިއަދަކީ އިރު އޮބްޒާވަރު ނޫހުގެ 9 މަސް ދުވަހުގެ، ޒުވާން މާޒީއަށް ބަލާއިރު، ވަރަށް ތާރީޚީ ދުވަހެކެވެ. އެއީ މިނޫހުގެ އައު ސައިޓެއް، މި ބަރަކާތްތެރި ރަމަޟާންމަހުގެ 1 ވަނަ ދުވަހާއި މުނާސަބުކޮށް، އިފްތިތާޙު ކުރެވޭތީއެވެ. މި އައު ސައިޓަށް ރޭ އެންމެ ފުރަތަމަ ލޮގިންވެ ވަޑައިގެންދެއްވީތީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމަށް، މިފުރުސަތުގައި ޝުކުރު ދަންނަވަމެވެ. އެމަނިކުފާނު ވަނީ މީގެ ކުޑައިރުކޮޅެއްގެ ކުރިން މި އައު ސައިޓު އިފްތިތާޙު ކޮށްދެއްވާފައެވެ. މި އުފާވެރި  މުނާސަބަތުގައި މިނޫހުގެ އަހުލުވެރިންނާއި ސްޓާފުންނަށް މި ފުރުސަތުގައި އަޅުގަނޑު މަރުޙަބާ ދަންނަވަމެވެ. އަދި ތިޔަ އެންމެ ބޭފުޅުންނަށް، މި ބަރަކާތްތެރި ރަމަޟާންމަހުގެ ތަހްނިޔާ ދަންނަވައި މި މާތް މައްސަރުގެ ދަރުމައާއި ސަވާބު، ތިޔަ އެންމެ ބޭފުޅުންނަށް މިންވަރު ކޮށްދެއްވުމަށް އެދި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޒްރަތުގައި ދުޢާ ދަންނަވަމެވެ.އިރު އޮބްޒާވަރ ގެ އައު ސައިޓު، ފަރުމާކުރެވިފައި މިވަނީ، ވީހާވެސް ބޮޑަށް ނޫސް ވަންތަކަން، ކިއުންތެރިންނަށް ފެނިގެންދާނެ ފަދަ ގޮތެއްގައެވެ. މިގޮތުން މި ނޫހުން ކިއުންތެރިންނަށް ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމަށް، މިހާރަށްވުރެ ބޮޑަށް އިތުރު ހިތްވަރަކާއި އެކު، މި އައު ސައިޓުގެ ވާސިތާއިން މަސައްކަތް ކުރަމުން ގެންދާނެވާހަކަ މިފުރުސަތުގައި ދަންނަވަމެވެ.އިރު އޮބްޒާވަރުގެ އައު ސައިޓު، މިއަދު އިފްތިތާޙު ކުރެވޭއިރު، ވީހާވެސް ބޮޑަށް، ރޯދަމަހުގެ ކުލަތައް މި ނޫހުން ކިއުންތެރިންނަށް، ގެނެސްދެވޭތޯ މަސައްކަތް ކޮށްފައި ވާނެއެވެ. މިގޮތުން ރާއްޖޭން ބޭރުގައި ތިއްބެވި ދިވެހިންނަށްވެސް، ކީރިތި ރަސޫލާގެ ސިޔަރަތު އަޑު އިވިވަޑައިގެންނަވާނެ ގޮތާއި، ރޯދައާއި ބެހޭގޮތުން، ދީނީ މަޢުލޫމާތު، އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ ލިއުންވުންތަކުގެ އެހީގައި، ކިއުންތެރިންނަށް ފޯރުކޮށް ދިނުމާއި، ރާއްޖެއާއި ރާއްޖޭން ބޭރުގައި ތިއްބެވި ދިވެހިންނަށް، " ރޯދައިގެ ބަދިގެ" ނަމުގައި ރެސިޕީގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ބާޒާރުގެ އަގުތަކާއި މިނޫންވެސް މުހިންމު އެތައް މަޢުލޫމާތުތަކެއް، މި އައު ސައިޓުން ލިބިވަޑައިގަންނަވާނެއެވެ.ޚާއްސަކޮށް، ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ ކުރުވާހަކައިގެ ރެކޯޑިން، ކޮންމެ ދުވަހަކުވެސް، މި ނޫހުގައި ގެނެސްދޭނެ ވާހަކަވެސް، މި ފުރުސަތުގައި، ކިއުންތެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.  

(Wvcawrukun ulwdwb cawscaevid ujEaugcnel uDObIk cSwmuyil cniawnWt) cSwmuvcaedulWyiK cSwmuyilim

This website is compatible with Internet Explorer - Hosted By MediaHostWorld