ހުޅަނގު މޫސުމާއި ރިޔާސީ މޫސުމުގެ " ޖުންޖުލައި" ފެށެނީ

Adjust font size: Decrease font Enlarge font
image

ކުރިއަށް އޮތީ އަންޒަމާނުއްސުރެ ދިވެހިން ތަފާތު ތަޖުރިބާއެއް ކުރަމުން އަންނަ "ޖުންޖުލައި" ނުވަތަ ޖޫން، ޖުލައި އެވެ. މިއީ ކޮޅިގަނޑުތައް ގިނަ، ވައިގަދަ، އަދި ކަނޑުތައްވެސް ގަދަ އެހާމެ ވިއްސާރަ ވިލާތައް ބޯ ދެމަހެވެ.އިއްތިފާގުން، ރާއްޖޭގެ ސިޔާސީ ހަޔާތުގައި ފުރަތަމަ ފަހަރަށް " މަލްޓި ޕާޓީ " އިލެކްޝަނަކަށް، ކެންޑިޑޭޓުންގެ ކެންޕެއިން މިފަށަނީ މިދެންނެވި ކޮޅިގަނޑުތަކުގެ ތެރޭގައެވެ. ނުވަތަ މި މޫސުމުގެ އެންމެ ބާރު ދުވަސް ވަރުގައެވެ.

އެހެން ކަމާއެކު، މިހާރުވެސް ސިޔާސީ ޕާޓީތަކުގެ ގަސްތައް ހެލި ފަތްތައް ފައިބަން ފަށައިފިއެވެ. މިއީ ބަނބުކެޔޮ މޫސުމެއްނަމަ، ވައިގަދަވުމުގެ ސަބަބުން، ޅަ ބަނބުކެޔޮތައްވެސް، ގަސްގަސްދޮށަށް ފައިބާނެ ދުވަސްވަރެކެވެ. މިފަދަ ކޭލަށް ދިވެހިން ކިޔަނީ " ވަނދު ބަނބުކެޔޮ" އެވެ. ސުވާލަކީ، ޖޫން ޖުލައިގެ ރިޔާސީ ރޭހުގައިވެސް، ހަމަ މިފަދަ " ވަނދު ބަނބުކެޔޮ" ތައްވެސް، ނުފެނި ހިނގައިދާނެ ބާއެވެ؟.

ރާއްޖޭގެ ސިޔާސީ ޙަޔާތުގައި ވަރަށް ތާރީޚީ ދުވަސްވަރެއް، ޖުންޖުލައިގާ ކުރިމަތިވަމުން ދާއިރު، ރިޔާސީ ރޭހަށް ގިނަ ކެންޑިޑޭޓުންތަކެއް، މިހާރު ވަނީ ނިކުމެފައެވެ. މަޝްހޫރު އިއްތިހާދުގެ މައިގަހުގެ އޮފިތައްވެސް، ޖޫން ޖުލައި އައުމުގެ ކުރިން، މޭ މަހުގެތެރޭގައި ވަނީ ބިނދި ވަކިވަކި ވެފައެވެ. އަނެއްކޮޅުން، ސިޔާސީ އެންމެ ބިޔަ ގަހުގެ އެއް އޮފިގަނޑު ކަމުގައި ބެލެވެމުން އައި ބޭފުޅަކު، ޑީ.އާރު.ޕީން ވަކިވެ ސިޔާސީ ޕާޓީއެއް ހެއްދެވުމުގެ މަސައްކަތް މިހާރުވަނީ ފައްޓަވާފައެވެ.

އެއް ބައެއްގެ ނަޒަރުގައި މިއީ ޑީ.އާރު.ޕީއަށްވެސް، ޖޫން ޖުލައިގެ ވައި ޖެހެމުން ދާކަމުގެ ނިޝާނެކެވެ. އަނެއް ބަޔަކު އިންތިޒާރު ކުރަނީ، އަދި ނޫސްތަކުގެ ސުރުޚީތަކުގައި ފަވަމުންދަނީ ޑީ.އާރު.ޕީގެ ރަނިންގމޭޓަކު އިންތިޚާބު ވުމަށްފަހު، އެ ޕާޓީއަށްވެސް ބަދަލުތަކެއް އަންނާނެކަމަށް ބުނަމުންނެވެ. ހަމަ އެއާއެކު އެ ޕާޓީގެ ވަޙުދަތު ދެމި އޮންނާނެކަމަށް ޕާޓީގެ ތަރުޖަމާނާއި ހަވާލާދީ ބުނަމުންވެސް އެބަދެއެވެ.

ކޮންމެއަކަސް މިދެންނެވި ފަދަ ހަލަބޮލިކަމެއް ބޮޑެތި ޕާޓީތަކަށް ޖޫން ޖުލައިގެތެރޭގައި އަތުވެދާނެކަމަށް، އެއްބަޔަކު އެސްޓިމޭޓު ކުރަމުން ގެންދާއިރު، މިއަދުގެ އަނެއް ހަގީގަތަކީ، އެމް.ޑީ.ޕީގެ ޕްރައިމަރީއަށްފަހު، އެ ޕާޓީއަށްވެސް ބޮޑު ޚަރީފުކަމެއް އައިކަމެވެ. ޕާޓީގެ ރިޔާސީ ވާދަވެރިޔާ ޕާޓީ އަލުން ވަރުގަދަ ކުރުމުގެ ރޫޙުގައި 40 ހާސް މެންބަރުންނާއެކު ރިޔާސީ ރޭހަށް ނިކުންނާނެކަމަށް ވިދާޅުވިއެއް ކަމަކު، ޕާޓީއާފެއަށް، މެންބަރުންތަކެއް ޖެހިލިކަން އެއީ އެންމެން ދަންނަ ކަމެކެވެ.

ސިޔާސީ ޕާޓީތަކަށް ޖުންޖުލައިގެ ވައި ޖެހޭނެކަމަށް ބެލެވެމުންދާއިރު، ޖުންޖުލައިގެ ފުރަތަމަ ކޮޅިގަނޑު ލައްވާލާފައިވަނީ މަޝްހޫރު އިއްތިހާދަށެވެ. އިއްތިހާދެއްގެ ގޮތުގައި އެއް ކެންޑިޑޭޓަކު ފުރަތަމަ ބުރަށްވެސް ނެރެން ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ކުރިމަސައްކަތް މިއޮތީ ފްލޮޕްވެ، ވެރިކަމަށް ޝައުގުވެރިވާ އެންމެންވެސް  ރިޔާސީ ރޭހަށް ނިކުންނަން ނިންމާފައެވެ.

އެހެން ކަމާއެކު، ދެން އޮންނާނީ " ނަފްސީ ނަފްސީ " އެވެ. ކޮންމެ ކެންޑިޑޭޓަކުވެސް މަސައްކަތްކުރާނީ ފުރަތަ ބުރުންވެސް އެންމެ ގިނަ ވޯޓު ހޯދޭ މީހަކަށް ވެވޭތޯއެވެ؟ އެކަމަށްޓަކައި، ޑިޒައިންކުރާ ކެންޕޭނުގައި އެއްވެސް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓެއްގެ މޫނަކަށް ނުބަލާނެކަން ޔަގީނެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވުނު މަސައްކަތެއް ކުރާނީ، ރައްޔިތުންގެ މަގުބޫލުކަން އެންމެ ބޮޑީ އެމީހަކަށްކަން ވޯޓުން ސާބިތު ކޮށްދިނުމަށެވެ.

ރާއްޖޭގެ ޒަމާންވީ ޖުންޖުލައިގެ ތެރެއަށް "ސިޔާސީ ޖުންޖުލައި" ގެ ކޮޅިގަނޑުވެސް، އެކުވެގެން ދާއިރު، ގުގުރުމާއެކު ވިދުންތައް އިތުރުވެގެން އަންނާނެކަމަށް މިހާރު މިވަނީ ބެލެވެން ފަށާފައެވެ. އެކަމަށް ތައްޔާރުވުމުގެ ގޮތުން ސިޔާސީ ޕާޓީތަކުން ކެންޕޭނަށް ޚަރަދުކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މިއީ ކުރީޒަމާނުގައި " މަޝްހޫރު ޖުންޖުލައި" އަށް، ފައްލަވަތައް ހަދައިގެން ކާޑުގެ ބާވަތްތައް ފައްލަވަކުރުމުގެ އާދަތަކާއި އެއް އުސޫލަކުން ކެންޕޭން މޫސުމަށް ފައްލަވަކުރެވޭ ފައިސާއަކަށްވެސް ވެދާނެއެވެ.

ރިޔާސީ އިންތިޚާބު މަގަތްވަމުން ދާއިރު، ދިވެހި ގައުމު ބޭނުންވަނީ ކޮންކަހަލަ ރައީސެއްކަން، މިހާރުވެސް ރައްޔިތުން ގެންދަނީ ބުނަމުންނެވެ. އެފަދަ ޚިޔާލުތަކުގެ ތެރޭގައި، ގައުމުގެ އިގްތިސާދު އިތުރަށް ހަރުދަނާކޮށް، ވަޒީފާގެ ފުރުސަތު އިތުރަށް ތަނަވަސްކޮށް، އެވްރެޖު މުސާރަތައް މިހާރަށްވުރެ ބޮޑުކޮށްދީ، ހިޔާވަހިކަމުގެ ތަނަވަސް ފުރުސަތަކާ، ރަނގަޅު މެޑިކަލް އިންޝުއަރެންސަކާ، އެކަށޭނަ ސިއްޙީ ފަރުވާއާއި، ޒަމާނީ ތަޢުލީމުގެ ކޮލިޓީ ރަނގަޅުކޮށްދޭނެ ރައީސަކަށް އިންތިޒާރު ކުރެވޭކަމަށް އެބަ ބުނެއެވެ.

ދިވެހި ޒުވާނުންނަކީ، މިގައުމުގެ ކުރިމަގުގެ ރައީސް ކަނޑައެޅުމަށް، ވޯޓުގެ އެންމެ ބޮޑު ބާރު އޮތް ފަރާތްކަމަށް ވީހިނދު، ޒުވާނުންނަށް ސަމާލުކަންދީ، ޒުވާނުންގެ ބޭނުންތައް ފަހިކޮށްދޭނެ އަދި އެމީހުންގެ ކޮންސާންތަކަށް އެޓެންޑުކުރާނެ ރައީސަކަށް އެ ބޭފުޅަކު ވާންޖެހޭނެ ކަމަށްވެސް، ޒުވާނު އަންނަނީ ބުނަމުންނެވެ.

މި ދެންނެވި ކަންކަން އިތުރަށް ތަރައްގީކޮށް، ކުރިއެރުވުމަށްޓަކައި އެންމެ ގާބިލު ކެންޑިޑޭޓަކީ ކޮބައިކަން ރައްޔިތުން ބުނެދޭނީ މިގައުމުގެ އަމާން މާދަމާއަށާ، އިސްލާމީ ބަދަހި ވަޙުދަތަށާއި ގައުމުގެ މަސްލަޙަތަށް އެންމެ ރަނގަޅު ޗޮއިސް އަކަށް ގޮސްގެންކަން ޔަގީނެވެ. އެފަދަ ޗޮއިސްއަކުން، ހަރުދަނާ ލީޑަރޝިޕެއްގެ ވެރިއަކު މިގައުމަށް ރައްޔިތުން ނެރެދޭނެކަންވެސް ޔަގީނެވެ.

މި ނިންމުން ނިންމާނީ ޖުންޖުލައިގެ ތެރޭން ލާފަގޮސް ސެޕްޓެމްބަރ ނުވަތަ އޮކްޓޫބަރުގެ ތެރޭގައި ބޭއްވޭ އިންތިޚާބުގައެވެ. އުންމީދު ކުރެވެނީ، އެހިސާބަށްދާއިރު، ރައްޔިތުންގެ ތާއީދު ވަރަށްބޮޑަށް އޮތްކަމަށް މިހާރު އަޑު އިވެމުންދާ ބައެއް ކެންޑިޑޭޓުންގެ ހަގީގީ ތާއީދުވެސް ހާމަވެގެން އަންނާނެކަމަށެވެ. އަދި މެޖޯރިޓީ ލީޑަރަކީ ކާކުކަން އެހިސާބަށް ދާއިރު، ދިވެހިންގެ ވޯޓުން ދައްކައިދޭނެ ކަމަށެވެ.  އެދުވަހުގެ ކުރިން މިހާރު މިފެށެނީ ހުޅަނގު މޫސުމާއި އަދި ރިޔާސީ މޫސުމުގެ " ޖުންޖުލައި" އެވެ.

(Wvcawrukun ulwdwb cawscaevid ujEaugcnel uDObIk cSwmuyil cniawnWt) cSwmuvcaedulWyiK cSwmuyilim

  • 23 May 2008
    comment swlImuge midirWsW vwrwScfurihwmw divehivwnctw liyumeackwnc qwbUlckurwnc. awdiaehWme kiyuncterinc kiyW hitcvW zincmWdWru liyumekwmwScvesc fenE... vwrwSc furihwmw.
  • 23 May 2008
    comment swlImwkI DI aWru PI ge memcbwrwkwSc ve hure tiywfwdw liyu meac liyumunc pWTIge aiscbEfuLunc kOfWfuLeac nuvWnebW???? muHwacmwdu AwlI
  • 22 May 2008
    comment vwrwSc rwngwLu dirWsWaeac kwmwSc dekenc. hIkurivwrwkwSc DI.aWru.pI koLwScgosc huscvefw netckwnc, mi liaumunc ywgIncvE. pcrofexwnwlc nUscverinc liywncvWnI tihenc feawrkoSc. aekwmwku swlImwkI DI.aWru.pIge mencbwreackwnc awhwremenc dwncnwnc. hwgIgwtcvWnI hwgIgwtwSc. KwlIlu
This website is compatible with Internet Explorer - Hosted By MediaHostWorld