ދިރާގުން ޕްރިޕެއިޑް ކަނެކްޝަން ކިޓް 50 ރުފިޔާއަށް ވިއްކަން ފަށައިފި.
ދިރާގުން މޯބައިލް ކަސްޓަމަރުންނަށް އިތުރު މޯބައިލް ޕްރީޕެއިޑް ލައިނެއް ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ޕްރިޕެއިޑް ކަނެކްޝަން ކިޓް 50 ރުފިޔާއަށް ވިއްކަން ފަށައިފިއެވެ.
ދިރާގުން ކުރިއަށްގެންދާ މިޕްރޮމޯޝަން ީ މިޖޫން މަހުގެ 10 ން 30 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. 50 ރުފިޔާގެ ޓޯކްޓައިމެއް ލިބޭ މިޕްރޮމޯޝަންގެ މަޤްޞަދަކީ ޒުވާނުން އަދި ރާއްޖެއިން ބޭރު މީހުންގެ މެދުގައި ދިރާގު މޯބައިލް ޚިދުމަތަކީ މަޤްބޫލު ޚިދުމަތަކަށްވެފައި، މި ޚިދުމަތް ހެޔޮ އަގެއްގައި ގިނަ ފަރާތްތަކަށް ލިބޭނެ މަގުފަހިކޮށްދިނުން ކަމަށް ދިރާގުން މަޢުލޫމާތުދެއްވިއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މާލޭގައި ހުންނަ ދިރާގު މޯބައިލް ޝޮޕް، ޓެލެޝޮޕް އަދި މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި ޤާއިމްކުރެވިފައިވާ ދިރާގު ޕްރިޕެއިޑް ޕާޓްނަރ ޝޮޕްތަކުން ކަމަށް އެފަރާތުން ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައިވާ ދިރާގު އޮޕްރޭޝަން ސެންޓަރުތަކުގައި ވެސް މި ޕްރޮމޯޝަން ކުރިއަށްދާނެއެވެ.
ދިރާގުގެ ގިނަ ކަސްޓަމަރުން ތަފާތު އެކި ބޭނުންތަކުގައި އެއްލައިނަށްވުރެ ގިނަ ލައިން ބޭނުންކުރައްވަމުން ގެންދަވައެވެ. ދިރާގުގެ މޯބައިލް ކަސްޓަމަރުންނަށް ޚާއްސަކޮށް މިހާރު ވެސް ތަފާތު ގިނަ ޕްރޮމޯޝަންތައް ދިރާގުން ވަނީ ފަށާފައެވެ.


