މިއަދަކީ ދިވެހިންގެ ބޮޑު ދުވަސް: މިލިއަން ޑޮލަރުގެ ސުވާލު 90 މިނިޓާ ގުޅިފައި
މިއަދަކީ ހަތްވަނަ ސާފް ޗެމްޕިއަން ޝިޕްގައި އަނެއްކާވެސް، ރާއްޖެ ތިންވަނަ ފަހަރަށް ފައިނަލަށް ނިކުންނަ ދުވަހެވެ. ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗާއި މެނޭޖަރ ހާނިމް. މީޑިއާއަށް ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ޓީމު އޮތީ " ފިޓް " ކޮށެވެ. މާނައަކީ މުހިންމު ކުޅުންތެރިން ތިބީ ކުޅެވޭ ގޮތަށެވެ. ޚާއްސަކޮށް، އެންމެ ބޮޑަށް ސުވާލު އުފެދިފައިވާ ޓޮމް ވެސް، މިއަދުގެ މެޗުން ފެންނާނެ ކަމަށެވެ. އެހެންކަމަށް ވާނަމަ ދަގަނޑޭ އާއި ޓޮމްގެ މަސައްކަތް އެއީ މިއަދުގެ ކާމިޔާބީގެ ބޮޑު ހިއްސާއަކަށް ވެގެންދިއުމުގެ އުންމީދު ވަރަށް ބޮޑެވެ.
އަނެއްކޮޅުން އިންޑިއާ ޓީމުންވެސް ބުނެފައިވަނީ މިއަދު އެމީހުންގެ އުންމީދު ކަމުގައިވާ ބުޓިޔާ ފުލްކޮށް ކުޅޭނެ ވާހަކައެވެ. އަދި ރާއްޖެއާ ދެކޮޅަށް މި ނިކުންނަނީ ރަނގަޅަށް އެނގިތިބެ، އަދި ތައްޔާރު ވެގެންނެވެ. އިންޑިއާގެ މިއަދުގެ މަސައްކަތަކީ، ރާއްޖެމައްޗަށް ކުރިހޯދުމެވެ. 5 ވަނަ ފަހަރަށް މި ތަށި އުފުލާލުމެވެ.
ސްރީލަންކާގެ ނޫސްތައް، ސިފަކުރާގޮތުގައި، ޚާއްސަކޮށް މި މުބާރާތުގައި، ރާއްޖެއައީ މެޗަކަސްވުރެ މެޗެއް ރަނގަޅު ކުރަމުންނެވެ. ވީމާ މިއަދު އިންޑިއާގެ މައްޗަށް ރާއްޖެއަށްވެސް ކުރި ހޯދިދާނެއެވެ. އެކަމަކު އެއީ ރާއްޖޭގެ ގޭމް ރަނގަޅަށް ޖެއްސުނިއްޔާއެވެ.
ރާއްޖެއަށް މިއަދު އޮތް އެންމެ މުހިންމު އެޑްވާންޓޭޖަކީ، އިހަށްދުވަހު ހަމަ އިންޑިއާ އާއި ބައްދަލުކުރި މެޗުގެ މިސްޓޭކްތައް ރިޕީޓުނުކޮށް، ފަރުވާތެރިކަމާއެކު، އިންޑިއާ ބަލިކުރަން ކުޅުމުގެ އިތުރު ފުރުސަތެއް، ދާދި ގާތުން ލިބިފައި އޮތް ކަމެވެ. އިންޑިއާއަކީ، ހާ އަޅާ ދިމަދިމާ އޮތް ނަމަވެސް، ވަރަށް ވަރުގަދަ ޓީމެކެވެ. އެކަން ދަނެތިބެ، ނިންމާލަން ލިބޭ ފުރުސަތުގެ ބޭނުން ރާއްޖެއަށް ހިފެމުން ދާނަމަ، މިއަދުގެ ކާމިޔާބު ރާއްޖޭގެ ކޮޅަށް ފަހިވުން ވަރަށް ބޮޑެވެ.
ސްރީލަންކާގެ ނޫސްތައް ބުނާގޮތުގައި މިއީ ގްރޫޕް ބީގެ ފައިނަލެކެވެ. ވީމާ، ފައިނަލުގެ ދެޓީމުވެސް މި ވަނީ ގައުމުން ބޭރުގައި އެހެން ގައުމެއްގެ ދަނޑުގައެވެ. ވީމާ ހޯމް އެޑްވާންޓޭޖެއް އެއް ޓީމަކަށްވެސް ނެތެވެ. މި ޕްރެޝަރ ދެ ޓީމަށްވެސް މިއަދު ކުޑަވާނެއެވެ.
ސްރީލަންކާގައި މިއަދު ދިވެހި ގައުމީ ޓީމު ކުޅެމުން ދިޔައެއް ކަމަކު، ގައުމީޓީމަށް ތަރުހީބު ދިނުމަށް ފަސްހާހެންހާ ދިވެހިން، ސްޓޭޑިއަމަށް ވަންނާނެކަމަށް ބެލެވެއެވެ. އަނެއްކޮޮޅުން މި ފަސްހާހަށްވުރެ ގިނަ ފޭނުންނަކީ، ފުޓުބޯލައަށް ސަޕޯޓުކުރަންވީގޮތް ރަނގަޅަސް އެނގިތިބެ، ދަނޑަށް ވަންނާނެ ބައެކެވެ. އެމީހުންގެ އަޑާއި، ތަރުހީބުން މިއަދު، ދިވެހި ބަތަލުންނަށް އައު ހިތްވަރަކާއި އަޒުމެއް އެކަށައެޅޭނެއެވެ. އަނެއްކޮޅުން މި ދަނޑުގައި ދިވެހިންގެ ރައީސްވެސް ދިވެހި ޓީމަށް ތަރުހީބު ދެއްވުމަށް އިންނަވާނެއެވެ. އަނެއްކޮޅުން ދިވެހި ރާއްޖެ މިއަދު އޮތީ ރަތްކުލައިންކަން ގައުމީ ޓީމަށް ރަނގަޅަށް އެނގޭނެއެވެ. މިއީ ގައުމީ ޓީމު އަމިއްލަ ދަނޑުގައި ނުކުޅުނަސް ލިބޭނެ ވަރަށްބޮޑު ހިތްވަރަކަށް ވެގެން ދާނެއެވެ.
މިއަދުގެ މެޗުގެ 90 މިނިޓުގައި ދިވެހިން އިންތިޒާރުކުރާ ނަތީޖާ ގައުމީޓީމުން ނެރެދޭނީ ކޮން މިނިޓެއްގައިކަން އެއީ ހަގީގަތުގައިވެސް މިލިއަންޑޮލަރުގެ ސުވާލެކެވެ. މި މެޗަށް ދިވެހިން ތައްޔާރު ވަމުން މިދަނީ، މި ސުވާލުގެ ޖަވާބު ހޯދުމަށެވެ.
މާޒީގެތެރެއިން......
2003ވަނަ އަހަރު ބަންގަލަދޭޝްގައި ބޭއްވުނު ސާފް ޗެމްޕިއަން ޝިޕްގެ ފައިނަލަށް ރާއްޖެ ނިކުތީ މުބާރާތުގައި ރަނގަޅު ކުޅުމެއްކުޅެ އައު ހިތްވަރަކާ އެކުއެވެ. އެއީ އޭގެ 6 އަހަރު ކުރިން، އީރާނު އަތުން 17 ލަނޑު ސުންލަނޑުން، ރާއްޖެ ބަލިވުމާއި ގުޅިގެން، ދިވެހިންގެ ހިތްތަކަށް ލިބުނު މޮޅިވެރިކަމުގެ ހަނދާންތައް ފުހެލަދެވޭތޯ ކުރި ވަރުގަދަ ޗެލެންޖެކެވެ. 1-1 ން އެއްވަރުވި މި މެޗުގައި ޕެނަލްޓީން ރާއްޖެ ބަލިވިނަމަވެސް، މުބާރާތުގެ ދެވަނަ މަގާމާއެކު، ގައުމީ ޓީމު، އެނބުރި އައީ، ރާއްޖެއަށް ފުޓުބޯޅައިގެ އުންމީދު އެބަ އޮތްކަން، ރައްޔިތުންނަށް ހާމަކޮށް ދެމުންނެވެ.
.1993 ގައި ޕާކިސްތާނުގެ ލާހޯރުން ކިކް އޮފް ކުރި، ސާފް ޗެމްޕިއަން ޗިޕްގައި، މިހާތަނަށް ރާއްޖެ މިވަނީ ތިން ޖާގަ ފައިނަލުން ހޯދާފައެވެ. ނަމަވެސް މާދަމާ، ތިންވަނަ ފައިނަލްގައި ރާއްޖެ ބައްދަލުކުރާ އިންޑިއާއަކީ ވޭތުވެދިޔަ ސާފްގެ 6 މުބާރާތުން 4 ފަހަރު ޗެމްޕިއަން ކަން ހޯދި ގައުމެވެ. އެއީ 1993 1997 1999 އަދި 2005 ގެ މުބާރާތުންނެވެ. މީގެތެރެއިން ސްރީލަންކާއަށް އެއްފަހަރު އަދި ބަންގްލަދޭޝްއަށް އެއް ފަހަރު މި މުބާރާތް ވަނީ ކާމިޔާބު ކުރެވިފައެވެ.
ރާއްޖެއަކީ، މި ތައްޓަށް މިއަދު އެންމެ ބޮޑަށް ވާދަކުރަމުން އަންނަ އެއް ގައުމުކަން، ސެމީ ފައިނަލުން ލަންކާ އަތުން ހޯދި މުހިންމު ޖާގައިންވެސް ވަނީ އަނެއްކާވެސް ކަށަވަރު ކޮށްދީފައެވެ. މިދިޔަ ބުދަ ދުވަހު، ލަންކާ އަތުން 0-1ން، ރާއްޖެ ކުރިހޯދީ، ސްރީލަންކާގެ ފަސްގަނޑުގައި އެގައުމުގެ އެތައްހާސް ރައްޔިތުންނެއްގެ އުންމީދު ފުނޑުފުނޑު ކޮއްލާފައެވެ.
ލަންކާ މި މުބާރާތުގެ ފައިނަލުގައި އަމިއްލަ ގައުމުގެ ރައްޔިތުންގެ ކުރިމަތީގައި ކާމިޔާބު ހޯދަން ކުރި ދަތުރު ރޭގަނޑުގެ ބޮކިއަލީގައި ނިންމާލަން ޖެހުނީ، ރާއްޖޭގެ ފުޓުބޯޅައިގެ ހުނަރުގެ ކުރިމަތީގައި ކުރި ހޯދޭނެ އެއްވެސް ޖާގައެއް ނުލިބުމުންނެވެ. މިކަން ސްރީލަންކާގެ އައިލެންޑް ނިވްސް ޕޭޕަރވެސް ވަނީ ގަބޫލުކޮށް ފައެވެ.
އެ މެޗުގެ 70 ވަނަ މިނެޓުގައި ރާއްޖޭގެ ސްޓްރައިކަރުންގެ ކޮންބިނޭޝަންގެ ނަތީޖާ، އަޝްފާގު އާއި ފަޒީލް ނެރެދިން ފުރިހަމަ ކަމުގެ ވާހަކައެވެ. އަދި ލަންކާގެ ލީޑިންގ ގޯލްސްކޯރަރ ކަސުން ޖަޔަސޫރިޔާ އާއި ޗަންނާއަށް ރާއްޖޭގެ ޑިފެންސް ލައިންގެ ފާރު ހުރަސްކޮށް، ކުރި ނުހޯދުނުކަމަށްވެސް ވަނީ އެއްބަސްވެފައެވެ.
ލަންކާގެ މި ކުޅުންތެރިންނަކީ ވޯލްޑްކަޕް ކޮލިފައިންގައި ގަތަރާއެކު ކުޅުނު މެޗުންނާއި އޭޝިއަން ޗެލެންޖް ކަޕްގައި ދައްކަމުން އައި ކުޅުމުން، ލަންކާ ފައިނަލަށް ގެންގޮސްދިނުމަށް އެކުލަވާލި 23 ކުޅުންތެރިންގެ ސްކޮޑުގެ ބޮޑު ދެ އުންމީދެވެ. ނަމަވެސް ދިވެހި ރާއްޖެއާ ބައްދަލުކުރި ހިނދު، މި ހުރިހާ އުންމީދެއް ވަނީ ލަންކާގެ ފަސްގަނޑުގައި ފުނޑުފުނޑު ވެފައެވެ.
ސްރީލަންކާގެ ސުގަތަ ދާސް ސްޓޭޑިއަމްގައި، މާދަމާ ދިވެހި ރާއްޖެ މި މުބާރާތުގެ ފައިނަލަށް ނިކުންނައިރު، މިއީ ސައުތް އޭޝިއާގެ ވޯލްޑް ކަޕްގެ ގޮތުގައި ސިފަކުރެވޭ މުހިންމު މުބާރާތެކެވެ. ސައުތު އޭޝިއާގެ އަގުބޮޑު ތައްޓެކެވެ. މި ތަށި އުފުލާލުމަށްޓައި ރާއްޖެ ބަލިކުރަންޖެހޭ އިންޑިއާ އަތުން، 1-0 ން ރާއްޖެ ވަނީ، މާލޭގައި ކުޅު މެޗުން ބަލިވެފައެވެ. 
ނަމަވެސް އެ މެޗުގައި ރާއްޖެ ކުޅެފައިވާ މޮޅު އަދި ހިތްވަރުގަދަ ހުނަރުވެރި ކުޅުމަށާއި، ލަނޑުޖަހަން ހޯދި ފުރުސަތުތަކަށް ބަލާއިރު، އެއީ ރާއްޖެއަށް މޮޅުވުމުގެ ނަސީބު ނެތީތީ ބަލިވި ދުވަހެއް ކަމަށް، އިންޑިއާގެ ކޯޗުވެސް ވަނީ އެއްބަސް ވެފައެވެ. އަދި ދިވެހި ޓީމުގެ ފުރާނަ ކަމުގައި ބެލެވޭ ދިވެހި ސަޕޯޓަރުންވެސް ވަނީ މިކަން ގަބޫލުކޮށްފައެވެ.
ސްރީލަންކާގެ ދުވަހު ނޫސްތައްވެސް ލަންކާ ރާއްޖެ ކުޅުނު މެޗުގައި، 4 ހާސް ދިވެހިން، އެ ދަނޑަށްވަދެ، ރާއްޖޭގެ ބަތަލުންނަށް ދިން ފޯރިގަދަ ހޫނު ތަރުހީބު ސިފަކޮށްފައިވަނީ، މިއީ ގައުމީ ޓީމުގެ ކާމިޔާބީގެ ބޮޑު ހިއްސާއެއް ކަމަށް ބުނަމުންނެވެ. ޔަގީންކުރެވޭ ގޮތުގައި ފައިނަލް މެޗު، ހަމަ އެ ދަނޑުގައި ގައުމީ ޓީމު ކުޅެމުން ގެންދާއިރު، އެއަށްވުރެ މާގިނަ ދިވެހިން، ގައުމީ ބަތަލުންގެ ފަހަތުގައި ތިބޭނެއެވެ.
މިކަމަށްޓަކައި ފްލައިޓުތައް ޗާޓަރ ކުރެވެމުން ދާއިރު، ކުރިއަށް އޮތް 24 ގަޑީއިރުގެ ތެރޭގައި މާލެ- ކަލަމްބޯ ސެކްޓަރގެ އެއްވެސް ފްލައިޓެއްގައި މިހާރު އިތުރު އެއްވެސް ޖާގައެއް ނެތެވެ. ދިވެހިން ދަނީ އެ ޖާގަތައް ބުކްކޮށް، ރަތް ޖާރޒީގައި ސްރީލަންކާގެ ސުގަތަ ދާސް ސްޓޭޑިއަމަށް ވަނުމަށް ދަތުރު ތައްޔާރު ވަމުންނެވެ.
މާދަމާގެ މި މުހިންމު ފައިނަލަކީ ދިވެހި އުންމަތް، އޭގެ ގައުމީ ޖޯޝާ ވަރުގަދަ ފޯރީގައި އެތައްޓަށް ރޫޙީ ގޮތުންވެސް އެދެމުންދާ ފައިނަލެކެވެ. މިކަމަށްޓަކައި ގައުމީ ޓީމު، ކުރަމުންދާ ވަރުގަދަ ހިތްވަރާ އުންމީދުގެ ފަހަތުގައި އެތަކެއްކާސް ދިވެހި ސަޕޯޓަރުންނެއް އެ ދަނޑަށް ހާޒިރުވެ ނަތީޖާ ނެރެދޭން ގޮވަމުން ދާނެއެވެ. 
" ހޯޕް ހޯޕް މޯލްޑިވްސް " ގެ އަޑުން، މުޅި ދަނޑުގައި، އަޑު ހަރުކުރަމުން ގެންދާނެއެވެ. ބޭނުމަކީ، މި މުބާރާތުގެ ކޯ ހޮސްޓުގެ ގޮތުގައި މިފަހަރު ރާއްޖެ ނިކުންނަމުން ކަނޑައެޅި ބޭނުން ހާސިލް ކުރުމަށެވެ. " މިއީ އަހަރެމެންގެ ފަހަރު " ކަމުގައި ހަދައި ދިނުމަށެވެ. އަދި މި ފަޚުރުވެރި ތަށި، އިންޑިއާ ބަލިކޮށް އުފުލާލުމަށެވެ.
ދެ އަހަރުން އެއް އަހަރު ބޭއްވެމުން އަންނަ، ސާފް ޗެމްޕިއަންޝިޕްގެ ކުރިއަށް އޮތް މުބާރާތް، އިންޑިއާގައި ބާއްވަން އެއްބަސްވެފައި ވެފައިވާއިރު، އެ މުބާރާތަށް، މި މުބާރާތުގެ ޗެމްޕިއަނުންގެ ގޮތުގައި ރާއްޖެ ނިކުތުމަކީ މުޅި ގައުމަށް ލިބޭ ވަރަށްބޮޑު ފަޚުރެކެވެ. މިއީ ކިތަންމެ އާބާދީ ކުޑަޔަސް ފުޓުބޯޅައިގެ ރަސްކަލެއްކަން، ދުނިޔެއަށް ހާމަކޮށްދެވޭނެ ކަމަކަށް އެދުވަސް ވާނެއެވެ.
މި ފުރުސަތުގައި އިރު އޮބްޒާވަރުގެ އިޚްލާސްތެރި ދުޢާއަކީ، ދިވެހި ގައުމު މިފަހަރު މިކަނޑައެޅި ޢަޒުމް، ގައުމަށް ހާސިލް ކޮށްދެއްވާށިއެވެ. " މިއީ އަހަރެމެންގެ ފަހަރު " ކަމުގައި، ކީރިތި ﷲ މިގައުމަށް، މިންވަރު ކޮށްދެއްވާށިއެވެ. އަދި ދިވެހިންގެ ހިތްތަކުގެ މި ދުޢާ، އެކަލާނގެ އިޖާބަ ކޮށްދެއްވާށިއެވެ. އާމީން
(Wvcawrukun ulwdwb cawscaevid ujEaugcnel uDObIk cSwmuyil cniawnWt) cSwmuvcaedulWyiK cSwmuyilim
-
13 June 2008
mifwhwru awhwrumencge fwhwru awLugwnDcge duaW awkI vesc rWacje mimeCunc moLuvunc. awdi divehi fwscgwDwSc aufwnc koncmedivehi rwacyitwkI divehi TImc moLuvWnekwmwSc Q hwFcrwtugwai duaW dwncnwvWhWlugwai TImwSc swpOTc kurumwSc twacyWrwSctibi divehinc.
-
13 June 2008
swlImwSc tenckcsc. tiywaI awhwremenc aencmencge duAWaeac. mwruhwbW gwaumI TImu, hitcvwru awaukurE.. awlIfc


