މިއަދުގެ މެޗަށް ޤައުމު، ފަހު ތައްޔާރީތައް ކުރަން ފަށައިފި

Adjust font size: Decrease font Enlarge font
image

މިރޭ ރާއްޖެ ގަޑީން ގާތްގަނޑަކަށް ހަތެއްޖަހާކަންހާއިރު، ލަންކާ ސުގަތަދާ ސްޓޭޑިއަމްގައި، ފެށުމަށް ހަމަޖެހިފައިވާ، ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗަށް، ލަންކާގައި ދިވެހި ޤައުމީޓީމު ފަހުތައްޔާރީތައް ކުރަމުންދާއިރު، ލަންކާގައިތިބި ދިވެހި ސަޕޯޓަރުންނާއި، ރާއްޖޭގައި ތިބި އެންމެހާ ރައްޔިތުންވެސް ދިވެހި ޓީމަށް ސަޕޯޓްކުރުމަށްޓަކައި، ކުރައްޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ކުރަމުންނެވެ.

zz_400_02މެޗް ލަންކާގައި ކުޅުނު ނަމަވެސް، ރާއްޖޭގައި ކުޅުނު މެޗްތަކުގައި ޓީމަށް ތަރުޙީބުދީ ސަޕޯޓު ކުރި ރޫހަށްވުރެ މަތީ ރޫހެއްގައި ޓީމަށް ސަޕޯޓް ކުރުމަށްޓަކައި، މާލެއާއި އަތޮޅުތަކުގެ ގޭގެއާއި ދޯނިދޯންޏާއި އަދި ވެހިކަލްތައް ދިވެހި ދިދައިން ދަނީ ޒީނަތްތެރިކުރަމުންނެވެ. ހަމައެހެންމެ ރަތްކުލައިގެ ޖާޒީ ހުސްވެގެން ރަތްޓީޝާޓާއި ގަމީސްވެސް މީހުން ގަންނަމުން އެބަދެއެވެ. އެއީ މިއަދުގެ މެޗަށް ތައްޔާރުވުމަށެވެ.

zz_400_03ޤައުމީޓީމުގެ ކުލަކަމުގައިވާ ރަތްކުލައިގައި ތިބެ ޤައުމީޓީމަށް ސްޕޯޓުކޮށް މޮޅުވާތަން ބެލުމަށެވެ.ލަންގާގައި ދިވެހިޓީމުގެ ފަހުތައްޔާރީތަކާއިބެހޭ މަޢުލޫމާތު ދޭ ސޯސްތަކުން ބުނާގޮތުގައި، ޓީމްވަނީ މެޗަށް ވަރަށްފިޓްކޮށެވެ. އަދި ފައިނަލްމެޗާއެކު މުބާރާތްނިންމާ ރަސްމިއްޔާތަށްޓަކައި ޓީމުގެ ފަހު ތައްޔާރީތައްދަނީ ކުރެވެމުންނެވެ. ހަމަ އެހެންމެ ޤައުމީ ޓީމަށް ސަޕޯޓް ކުރުމަށްޓަކައި ރަތްކުލައިގެ ޓީޝާޓާއި ހެދުން ކަނެގެން ތައްޔާރުވަމުން ދާއިރު ދިވެހި ދިދަޔާއި، ސަޕޯޓުކުރަމުންދާއިރު އަތާބޮލުގައި އައްސާނެ ތަރްފޮރިކޮޅުތައްވެސް ކަފައި ދަނީ ތައްޔާރު ކުރެވެމުންނެވެ.

ޤައުމީ ފޯރީގައި ކުރިއަށްދާ މިމަސައްކަތުގައި ލަންކާގައި އިސްވެ ޙަރަކާތްތެރިވަނީ، ލަންކާގައި ކިޔަވަންތިބޭ ދިވެހި ކިޔަވާކުދިންގެ އެސޯސިއޭޝަނާއި، ދިވެހި އެންބަސީ ގުޅިގެންނެވެ.ހުރިހާ ދިވެހިންވެސް މިއަދު ދެކެނީ މިއީ ޤައުމީ ދުވަހެއްގެ ގޮތުގައެވެ. އެއްބައިވަންތަ ކަމުގެ ދުވަހެއްގެ ގޮތުގައެވެ. އަދި އެންމެންގެ މޫނުމަތިން ފެންނަނީވެސް އުއްމީދުން ފުރިފައިވާ ޝުޢޫރު ތަކެކެވެ.

zz_400_04މިއަދުގެ މެޗް ދިވެހިޓީމު ކާމިޔާބުކުރާނެކަމަށް ބުނާއިރު ގިނަ ބަޔަކުދޭ ސްކޯއަކީ، 2-0އެވެ. ދެވަނައަށް ގިނަމީހުން ބުނަމުން އަންނީ 1-0ގެ ނަތީޖާއަކުން ޤައުމީޓީމު މޮޅުވާނެ ކަމަށެވެ. ހުރިހާ ދިވެހިން މިހާރު ކެންމަދުވެފައިވަނީ، މެޗް ފެށޭނެ ވަގުތަށެވެ.

(Wvcawrukun ulwdwb cawscaevid ujEaugcnel uDObIk cSwmuyil cniawnWt) cSwmuvcaedulWyiK cSwmuyilim

This website is compatible with Internet Explorer - Hosted By MediaHostWorld