ރާއްޖޭގައި ރަތްކުލައިގެ ޖޯޒީއާއި ޓީޝާޓަށް އިންޤިލާބެއް އަތުވެއްޖެ ކަމަށް ވިޔަފާރިވެރިން ބުނެފި

Adjust font size: Decrease font Enlarge font
image

ސާފް ޗެމްޕިއަންޝިޕާއި ގުޅިގެން ރާއްޖޭގައި ރަތްކުލައިގެ ޖޯޒީއާއި ޓީޝާޓާއި ރަތްހެދުމަށް އިންޤިލާބެއް އަތުވެއްޖެ ކަމަށް ވިޔަފާރި ވެރިން ބުނަމުން އެބަގެންދެއެވެ.

ވިޔަފާރިވެރިން މަޢުލޫމާތު ދިންގޮތުގައި ސާފް ޗެމްޕިއަންޝިޕާއި ގުޅިގެން ދުވަހަކުވެސް ވިޔަފާރިނުވާވަރަށް ރަތްކުލައިގެ ޓީޝާޓާއި ޖޯޒީއާއި ރަތްކުލައިގެ ހެދުމުގެ ވިޔަފާއިވުމުގެ ސަބަބުން ބައެއް ތަންތަނުގެ ރަތްކުލައިގެ ސްޓޮކް ހުސްވިއެވެ.

ޖޯޒީ އާއި ޓީޝާޓް ވިއްކާ ފިހާރައެއް ކަމަށްވާ ސޮނީ ސްޕޯޓްސް އިން މައުލޫމާތު ދިން ގޮތުގައި އެފަރާތުގެ ހުރިހާ ފިހާރަތަކަކުން މިހާރު ވަނީ ރަތްކުލައިގެ ޖޯޒީއާއި ޓީޝާޓް ވިކިހުސްވެފައެވެ.

ސޮނީސްޕޯޓްސްއިން، މޫސާކަލީމު، މައުލޫމާތު ދެމުންބުނިގޮތުގައި ސާފް ޗެމްޕިއަންޝިޕާއި ގުޅިގެން އެތަނުގެ ވިޔަފާރި، މީންދުވަހަކުވެސް ނުދާހާ މައްޗަށް ދިޔައެވެ. ހަމައެކަނި ވޭތުވެދިޔަ ތިންދުވަހުގެ ތެރޭގައި ރެއަކަށް ފަސްދޮޅަސް ތިންހާހަށްވުރެ ގިނަރުފިޔާ، ހަމައެކަނި ރަތްކުލައިގެ އެއްޗެހިން  ލިބިފައިވާ ކަމަށާއި ޚާއްސަ ކޮށް، ރޭ އެކަނިވެސް، ފަސްދޮޅަސްހާސް ސަތޭކަ އަށާރަ ރުފިޔާއަށްވުރެ ގިނައިން ލިބިފައިވާކަމަށް އޭނާ މަޢުލޫމާތު ދިނެވެ. މީއީ އެފަރާތަށް ފައިދާގެ ގޮތުގައި މިވީހާތަނަށް ރެއެއްގެ މައްޗަށް ޖެހުނު އެންމެ ބޮޑު އަދަދު ކަމަށް ވެސް މޫސަ ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕް މުބާރާތާގުޅިގެން، މިވީހާތަނަށް ފަނަރަހާހަށްވުރެ ގިނަ ޓީޝާޓާއި ޖޯޒީ ވިއްކާފައިވާ ކަމަށް ވެސް އެފަރާތުން މައުލޫމާތު ދެއްވިއެވެ.ސްޕޯޓްސް ވޯލްޑްސް އިން މައުލޫމާތު ދިން ގޮތުގައި އެފަރާތުގެ ރަތްކުލައިގެ ޝިޕްމަންޓް މިހާރުވަނީ މުޅިން ހުސްވެފައެވެ. އަދި  ދުވަހަކުވެސް ނުވާހާ ބޮޑު ވިޔަފާރިއެއް މުބާރާތާއި ގުޅިގެން އެތަނަށް ވެފައިވާ ކަމަށް އެފަރާތުން ވެސް މައުލޫމާތު ދިނެވެ. އަދި މިހާރު ވެސް ރަތްކުލައިގެ ޓީޝާޓާއި ޖޯޒީގަތުމަށް  އެތަނަށް ވަރަށް ގިނަބަޔަކު އަންނަމުންދާކަމަށް އެފަރާތުން މައުލޫމާތު ދިނެވެ.

ސްޕޯޓްސް ވޯލްޑުން ބުނީ އެފަރާތަށް، ރޭއެކަނިވެސް ހަތްދިހަ ތިންހާސް ރުފިޔާގެ އާމްދަނީއެއް ހުސްއެކަނި ރަތްކުލައިގެ އެއްޗެހިން ލިބިފައިވާކަމުގައެވެ. އަދި މުބާރާތާގުޅިގެން މިހާތަނަށް ދިހަހާހަށްވުރެގިނަ ޓީޝާޓާއި ޖޯޒީ ވިކިފައިވާކަމަށްވެސް އެފަރާތުން މައުލޫމާތު ދިނެވެ.

ޑޮނާލްޑުން ބުނިގޮތުގައި މިދުވަސްވަރަށް އަމާޒުކޮށްގެން އެފަރާތުންނެރުނު ރަތްކުލައިގެ ވަރަށް ގިނަ ޓީޝާޓާއި ވަނީ ވިކިފައެވެ. އަދި މިހާރު ވެސް އެތަނުގައި ރަތްޓީޝާޓު އެބަހުރިކަމަށާއި، ޓީޝާޓު ގަތުމަށް މިހާރުވެސް ވަރަށްގިނަ މީހުން އަންނަމުންދާކަމަށް އެފަރާތުން މަޢުލޫމާތު ދިނެވެ.

މީގެ އިތުރުންވެސް ވަރަށްގިނަ ޢާއްމު ފިހާރަތަކަށްވެސް ރަތްކުލައިގެ ހެދުމާއި ޓީޝާޓު ގަތުމަށް މީހުންއެއްވުމުގެ ސަބަބުން ބާރު ބޮޑުވިކަމަށް އެފަރާތްތަކުން މަޢުލޫމާތު ދިނެވެ. ފިހާރަތަކުން ބުނީ، ޑިމާންޑް އެންމެ ބޮޑުވީ، ޤައުމީޓީމުގެ ކުޅުންތެރިންގެ ނަމްބަރު ހިމެނޭގޮތަށް ތައްގަނޑުޖަހާފައިވާ ޖޯޒީ ތަކަށްކަމަށެވެ. ނަމަވެސް އެފަދަ ޖޯޒީ ލިބުން ދަތިކަމުން ރަތްކުލައިގެ ޓީޝާޓަށް، ގަންނަމީހުން އިސްކަންދިން ކަމަށާއި ރަތްކުލައިގެ ޓީޝާޓް ހުސްވުމުން، ކޮންމެސް ވަރަކަށް ރަތްކުލަ ހުންނަ އެއްޗެއްސަށްވެސް ޑިމާންޑް ބޮޑުވިކަމަށް ފިހާރަތަކުން މަޢުލޫމާތު ދިނެވެ.

(Wvcawrukun ulwdwb cawscaevid ujEaugcnel uDObIk cSwmuyil cniawnWt) cSwmuvcaedulWyiK cSwmuyilim

This website is compatible with Internet Explorer - Hosted By MediaHostWorld