ދުނިޔޭގެ އެންމެ ކުޑަ ބަޑި
ދިގު މިނުގައި އެންމެ 2.16 އިންޗި ހުންނަ 'ސްވިސް މިނީގަން' ވަނީ މަސައްކަތް ކުރާ އެންމެ ކުޑަ ބަޑީގެ މަޤާމް ހޯދާ، ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައެވެ.
4.53 ވަޒަނާއެކު މި ބަޑި ވެފައިވަނީ ކުޑަ ނަމަވެސް ނުރައްކާތެރި އެއްޗަކަށެވެ. 3000 ޕައުންޑަށް ވިއްކޭ މި ބަޑިވަނީ އެމެރިކާއާއި އިނގިރޭސިވިލާތަށް އެތެރެ ކުރުން މަނާކުރެވިފައެވެ. ސަބަބަކީ މިއީ ޝިކާރަކުރުން ފަދަ ކުޅިވަރުގެ ހަރަކާތަކަށް ބޭނުން ކުރެވޭ ވަރަށްވުރެ މާ ކުޑަ އެއްޗަކަށް ވާތީއެވެ.
ފޮރެންސިކް ސައިންޓިސްޓެއް އަދި މިދާއިރާގެ ކަމާބެހޭ މާހިރެއް ކަމަށްވާ ޖޯނަތަން ސްޕެންސަރ ހާމަކޮށްފައިވާގޮތުގައި އަދި ޤާނޫނީގޮތުން މިބަޑިވަނީ މެޝިން ބަޑިއެކޭ އެއްހަމައެއްގައި ނުރައްކާތެރިކަމަށް ކަނޑައަޅާފައެވެ. މީގެ ވަޒަންތައް އާދައިގެ ބަޑިއެއްގެ ވަޒަނަށްވުރެ ކުޑަ ކަމުގައިވީނަމަވެސް މީގައިވެސް އިންސާނުން މެރުމުގެ ޤާބިލްކަން ހުންނަކަމީ މިބަޑީގެ ހުނަރުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ހުނަރެކެވެ.
އެމެރިކާގެ އަސްކަރިއްޔާއިންވަނީ މި ބަޑިއާމެދު ހިންހަމަނުޖެހުން ފާޅުކޮށް، މިއީ ވަރަށް ނުރައްކާތެރި އެއްޗެއްކަމަށް ބުނެފައެވެ.




