ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށް އެސްޓީއޯއިން ހަރަކާތްތަކެއް ބާއްވަނީ
ސްޓޭޓް ޓްރޭޑިންގ އޯޣަނައިޒޭޝަން (އެސްޓީއޯ)ގެ ވަޒީފާތަކަށް ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން "އެސްޓީއޯ އޯޕަންޑޭ" ގެ ނަމުގައި ޙަރަކާތްތަކެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އެސްޓީއޯ ހިއުމަންރިސޯސް ޑިޕާޓްމަންޓްގެ އެސިސްޓެންޓް މެނޭޖަރ މަރިޔަމް ސޯދިގު ވިދާޅުވި ގޮތުގައި އެ ހަރަކާތްތައް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ އެ ކުންފުނީގެ ވަޒީފާތަކަށް ވަންނަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ތަނަވަސް ކޮށްދިނުމެވެ.
އަދި ކުންފުނީގެ، މީހުން ބޭނުންވެފައިވާ އެކި ދާއިރާތަކާއި ބެހޭ މަޢުލޫމާތު އޮޅުންފިލުވައި ދިނުންވެސް މިކަމުގެ މަޤުސަދުތަކުގެ ތެރޭގައި ހިމެނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެސްޓީއޯ އިން ވިދާޅުވި ގޮތުގައި އޯޕަންޑޭގެ ހަރަކާތްތައް ކުރިއަށްދާ ވަގުތު ތަކުގައި ލައިވް މިއުޒިކް ކުރިއަށްދާނެއެވެ.
އޭގެއިތުރުން ލަކީ ޑްރޯއެއްވެސް ހޮވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެސްޓީއޯއިން ވިދާޅުވި ގޮތުގައި އެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހަވީރާއި ރޭގަނޑުއެވެ.
އަދި އެ ކުންފުނީގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ޢާއްމުކޮށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި ކަމަށް އެފަރާތުން ވިދާޅުވިއެވެ.


