ޓޮޝީބާގެ އައު ލެޕްޓޮޕް، ދުނިޔޭގެ އެންމެ ލުއި ލެޕްޓޮޕްކަމަށް ދައުވާ ކޮށްފި
ޓޮޝީބާ ކޯޕަރޭޝަނުން އެމީހުންގެ އައު ލެޕްޓޮޕަކީ، ދުނިޔޭގެ އެންމެ ލުއި ލެޕްޓޮޕްކަމަށް ދައުވާ ކޮށްފިއެވެ.
އެމެރިކާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކުރާގޮތުގައި ޓޮޝީބާއިން މިހެން ބުނެފައިވަނީ ޓޯކިޔޯގައި ހުންނަ އެމީހުންގެ އެލެކްޓްރޯނިކް ހެޑްކޯޓަރުން އެމީހުންގެ އާދަޔާޚިލާފަށް ތުނި ލެޕްޓޮޕަށް 128 ޖީބީގެ ސޮލިޑް ސްޓޭޓް ޑްރައިވް (SSD) އެއް ލީކަން ހާމަކުރުމާއި ގުޅިގެންނެވެ.
މި ޕޯޓީޖް 500 Rލެޕްޓޮޕްގެ ބޯމިނުގައި ހުންނަނީ 0.77 އިންޗި (ގާތްގަނޑަކަށް 1.96 ސެންޓިމީޓަރު) އަދި ބަރުދަނުގައި ހުންނަނީ 1.08 ކިލޯގްރާމްކަމަށް ޓޮޝީބާއިން ހާމަކުރެއެވެ. މި ނޯޓްބުކް ލެޕްޓޮޕުގައި ހިމެނޭ ބައިތަކުގެ ތެރޭގައި GHz 1.33 އިންޓެލް ކޯ 2 ޑުއޯއަކާއި ބެކްލައިޓް އެސް.އީ.ޑީ ސްކްރީނެއް ހިމެނެއެވެ. ޓޮޝީބާއިން ހާމަކުރާގޮތުގައި އެންމެ ބެޓްރިއެއްގެ ޗާޖުން މި ލެޕްޓޮޕް ނުނިވި 8 ގަޑިއިރަށް ދެމިގެންދާނެއެވެ.
މިލެޕްޓޮޕް ވިއްކުމަށް ހަމަޖެހިފައިވަނީ 2995 އެމެރިކާ ޑޮލަރަށެވެ. ދުނިޔޭގެ ބާޒާރަށް މި ލެޕްޓޮޕް ނެރެވޭނީ ކިހާހިސާބެއްގައި ކަމެއް ޓޮޝީބާއިން ހާމަކޮށްފައެއްނުވެއެވެ.




