ފިފާ ރޭންކިނގ ގައި ރާއްޖެ، ތިންދަރަޖަ ކުރިއަށްގެހިލައިފި
ޖޫންމަހުގެ ފީފާ ރޭންކިނގ އިޢްލާން ކޮށްފިއެވެ.
ފީފާއިން މިފަހަރު އިޢުލާންކުރި ރޭންކިންގއަށް ބަލާލުމުން ދިވެހިރާއްޖެއަށް ލިބިފައިވަނީ ހީކުރި ވަރަށްވުރެ ކުޑަ ކުރިއެރުމެއްކަން ފާހަގަކުރެވެއެވެ.ސާކު ސަރަޙައްދުން ރޭންކިންގގައި މީގެކުރިން ވެސް ދެވަނައިގައި އޮތް ރާއްޖެ މިފަހަރުގެ ރޭންކިންގގައި ވެސް ލައްވާލީ އިންޑިޔާގެ ފަހަތުން ދެވަނައަށެވެ. އަދި މިފަހަރު ސާފްޗެމްޕިއަންޝިޕުން ބޮޑު ކާމިޔާބެއް ހޯދި ނަމަވެސް ދިވެހިޓީމަށް ލިބިފައިވަނީ އެންމެ ތިން ދަރަޖައިގެ ކުރިއެރުމެކެވެ. ނަމަވެސް މިއީ ދިވެހިން އުންމީދުކުރިވަރުގެ ކުރިއެރުމެއްނޫނެވެ.
ސާކުގެ 1 ވަނަ ޓީމުގެ ގޮތުގައި ރޭންކިންގ ގައި މިފަހަރު ވެސް ހިމެނިފައިވަނީ އިންޑިޔާއެވެ. ސާފް ޗެމްޕިއަންޝިޕް ފައިނަލް މެޗްގައި ރާއްޖެ ބަލިކުރި، އިންޑިޔާ މިސަރަޙައްދުން އެއްވަނަ ހޯދާފައިވަނީ، ލިސްޓުގައި ކުރިންވެސްއޮތް މަގާމު ކަމުގައިވާ 153 ވަނައިގައި އޮވެގެންނެވެ. މިއީވެސް ހައިރާން ކުރުވަނިވި ކަމެކެވެ. ސާކުން ދެވަނަ މިފަހަރު ވެސް ލިބިފައިވަނީ ރާއްޖެއަށެވެ.
ނަމަވެސް ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދުމާ ގުޅިގެން ސާކުގެ 1 ވަނައަށް ރާއްޖެ އަރާނެ ކަމުގައި ބެލެވުނަސް ރާއްޖެއަށް މިފަހަރު ލިބިފައިވަނީ އެންމެ ތިންދަރަޖައިގެ ކުރިއެރުމެކެވެ. މީގެކުރިން ރާއްޖެ އޮތީ 159 ވަނައިގައެވެ. މިފަހަރު ބަދަލުވީ 156 ވަނައަށެވެ.




