އޭޝިޔާ ސަރަޙައްދުގެ ޓޮޕް 10 ގައި ދަނގަޑޭގެ ނަން ހިމެނިއްޖެ
އޭޝިޔާ ސަރަޙައްދު ތަކުގެ ފުޓްބޯޅަ ޚަބަރުތަށް ގެނެސްދޭ ސައިޓެއް ކަމުގައިވާ "ގޯލް ޑޮޓްކޮމް"އިން އިޢުލާންކުރި އޭޝިޔާގެ ޓޮޕް 10 ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ ގައުމީ ޓީމުގެ ވައިސްކެޕްޓަން އަދި ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ އެންމަ މޮޅުކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ)ގެ ނަން ހިމެނިއްޖެއެވެ.
ގޯލް ޑޮޓްކޮމްގައި ބުނެފައިވަނީ ދަގަނޑޭއަކީ ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިއެއް ކަމަށެވެ. އޭޝިޔާގެ ޓޮޕް 10ގައި ހިމެނިފައިވާ ކުޅުންތެރިންނަކީ ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ވެސް ކުޅެވިދާ ކުޅުންތެރިން ކަމަށެވެ.
އެ ކުޅުންތެރިންގެ ގައިގައި ހުނަރާއި ފެންވަރު ވެސް ހުރި ކަމަށް އެސައިޓްގައި ބުނެފައިވެއެވެ. ދަގަނޑޭ މިލިސްޓަށް އަރާފައިވަނީ ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިޕްގައި ދެއްކި މޮޅުކުޅުމުގެ ސަބަބުންނެވެ.މިއީ ދުނިޔޭގެ ފެންވަރުގައި މިހާ މަގްބޫލު މީޑިޔާއަކުން ހޮވި އޭޝިޔާގެ އެންމެމޮޅު 10 ކުޅުންތެރިންގެ ތެރޭގައި ދިވެހި ކުޅުންތެރިޔަކު ހިމެނުނު ފުރަތަމަ ފަހަރެވެ.
ނަމަވެސް ދިވެހި ގައުމީޓީމުގެ ކޯޗަކީ އޭޝިޔާގެ އެންމެމޮޅު ކޯޗު ކަމުގައި މީގެކުރިން ހޮވާފައިވެއެވެ. އެއީ ދިވެހިޓީމަށް ކޯޗު ކޮށްދިން ސްލޮވާކިޔާގެ ޖޯސެން ޔަންކޭއެވެ.
ޔަންކޭއަކީ ދިވެހިންނަށް ފުރަތަމަ ފަހަރަށް ރަންމެޑަލް ހޯދައިދިން ކޯޗުވެސް މެއެވެ.ދަނގަޑޭއަށް ވަނީ ބޭރުގެ ބައެއް ކުލަބްތަކަށް ކުޅުމުގެ ފުރުސަތް ވެސް ލިބިފައެވެ. އެގޮތުން ދަނގަޑޭއަށް ވަނީ ޕޯޗްގަލާއި، ބުރުނާއީގެ އިތުރުން ޔޫރަޕްގެ ކުލަބަކަށް ކުޅުމުގެ ފުރުސަތުތައް ވެސް ލިބިފައެވެ.




