މަސްވެރިންނަށް ތެލުގެ ސަބްސިޑީޒް ދޫކުރަން ފަށައިފި
މަސްވެރިކަން ކުރުމަށް ނުކުންނަ އުޅަދު ފަހަރުތަކަށް ތެލުގެ ސަބްސިޑީސް ދޫކުރުމަށް މިއަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވާ ސަތޭކަ މިލިއަން ރުފިޔާއިން އިއްޔެ ސަބްސިޓީޒް ދޫކުރަން ފައްޓަވާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތުދެއްވައިފިއެވެ.
މި ސަބްސިޑީސް ދޫކުރައްވަމުންދާނީ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އަދި ސަބްސިޑީސް ދޫކުރުމަށް ހަމަޖެހިފައި ވަނީ ފިޝަރީޒް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ މިހާރު ވެސް މަހަށްދާ މަސްދޯނިތަކަށެވެ. ސަބްސިޑީސް ދޫކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ކެޓަގަރީއެއްގައި ވެސް ހިމެނޭ ދޯންޏަކަށް ވެސް ތެޔޮ ލީޓަރަކުން ހަރުފިޔާ ހެޔޮކޮށް ސަބްސިޑީސްގެ ގޮތުގައެވެ. އަދި މިހާރު މާލޭގެ ތެޔޮ ވިއްކާ ތިރީސް ނުވަތާކުން ސަބްސިޑީސް ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ފިޝަރީޒް މިނިސްޓްރީގައި މިހާތަނަށް މަސްވެރިކަން ކުރަމުންދާ އެއްހާސް އައްޑިހަ ދެ އުޅަދު ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް އެމިނިސްޓްރީން މަޢުލޫމާތު ދެއްވިއެވެ.




