ރެކްޓަރ މިންގަނޑުން 7.5 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް ރަޝިއާއަށް އައިސްފި
ރެކްޓަރ މިންގަނޑުން 7.5 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް ރަޝިއާއަށް އައިސްފިކަމަށް ޔޫ.އެސް ޖެއޮލޮޖިކަލް ސަރވޭއިން މިއަދު ހާމަކޮށްފިއެވެ.
ރަޝިއާގެ އިރުމަތީ ޕެޓްރޮޕެވްލޮސްކް-ކަމްޗެޓްސްކީ ސިޓީއާއި 384 ކިލޯމީޓަރު ހުޅަނގުދެކުނަށް އައި މި ބިންހެލުމުައި އެއްވެސް މީހަކަށް އަދި ތަނަކަށްވެސް ގެއްލުމެއް ލިބިފައިވާކަމަށް އަދި ރިޕޯޓު ކުރެވިފައެއް ނުވެއެވެ.
މި ބިންހެލުން އައިސްފައިވަނީ ރަޝިއާ ގަޑިން ރޭ މެންދަމު 02:12 ގައި ކަމަށް ޔޫ.އެސް.ޖީ.އެސްއިން މަޢުލޫމާތުދިނެވެ. މި ބިންހެލުން އައި ވަގުތު ޕެޓްރޮޕެވްލޮސްކް-ކަމްޗެޓްސްކީ ސިޓީގެ މީހުންތައްވަނީ ގެތައް ދޫކޮށް މަގުމައްޗަށް އެއްވެފައެވެ. ރަޝިއަން އެމަޖެންސީ ސިޗުއޭޝަން މިނިސްޓްރީން ހާމަކުރެއްވިގޮތުގައި މި ބިންހެލުމުގެ ސަބަބުން އެސަރަހައްދުގެ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދުނުނަމަވެސް މި ބިންހެލުމުގައި އެއްވެސް އިމާރާތެއް ނުވަތަ ތަނަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އިއިސްފާނެކަމުގެ އިންޒާރެއް ނެރެވިފައެއް ނުވެއެވެ.




