ފުވައްމުލަކުގައި ދެބޭންގެ ދެމެދު ހިނގި ހަމަނުޖެހުމެއްގައި އެކެއްގެ ގަޔަށް ވަޅިހަރައި ޒަޚަމްކޮށްލައިފި
ޏ.ފުވައްމުލަކުގައި އެއްބަނޑު އެއްބަފާ ދެބޭންގެ ދެމެދު ހިނގި ހަމަނުޖެހުމެއްގައި އެކެއްގެ ގަޔަށް ވަޅިއެއް ހަރާލައި ޒަޚަމްކޮށްލައިފިއެވެ. މިހާދިސާގައި ޒަޚަމްވެފައިވަނީ ޏ.ފުވައްމުލައް/ޖަމްބުގެ އުމުރުން 27 އަހަރުގެ ފާތިމަތު އިބްރާހިިމްއެވެ. އޭނާގެ ގަޔަށް ތޫނު އެއްޗެއް ހަރާލާފައިވަނީ އޭނާގެ ކޮއްކޮ އުމުރުން 23 އަހަރުގެ ސަފިއްޔާ އިބްރާހިމްއެވެ.
މިއަދު ހެނދުނު ގާތްގަނޑަކަށް 8:40ހާއިރު މިހާދިސާގެ މަޢުލޫމާތު ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ލިބުމާއި ގުޅިގެން ފުލުހުން ވަނީ އެގެއަށް ގޮސް ޒަޚަމްވި ފާތުމަތު އިބްރާހިމް ޏ.ފުވައްމުލަކު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.
މިހާތަނަށް ބެލިބެލުމުން ތިލައިގަ ގާތްގަނޑަކަށް 8 އިންޗި ހުންނަ ވަރުގެ ވަޅިއެއް ހަރާލުމުގެ ސަބަބުން ފުންމިނުގަ 1 އިންޗި އަދި ފުޅާމިނުގެ 2 އިންޗި ހުރި ޒަޚަމެއް އޭނާގެ މޭމައްޗަށް ލިބިފައިވެއެވެ. މިހާދިސާގައި އޭނާއަށް ލިބުނު ގެއްލުންތަކަށް ޏ.ފުވައްމުލަކު ރީޖަނަލް ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު މިހާރުވަނީ ދޫކޮށްލާފައެވެ.
މިމައްސަލަ ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ ތަޙްޤީޤް ކުރަމުންނެވެ.




