އެމްޕްލޯއިން މެންޓް މިނިސްޓްރީން އޮގަސްޓް މަހު ހެލްތު އިންޝުއަރެންސް ދެއްވަން ފައްޓަވަނީ
ކަނޑައެޅިފައިވާ ވަކި ތިން މިނގަޑެއްގައި ހިމެނޭ ފަރާތްތަކަށް އަންނަ މަހުގެ ފަހުކޮޅުގައި ހެލްޓް އިންޝުއަރެންސް ދެއްވަން ފައްޓަވާނެ ކަމަށް އެންޕްލޯއިންމަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެންޕްލޯއިމަންޓް މިނިސްޓްރީ ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއް ރަޝީދު ހުސެއިން، ޓީވީއެމްއަށް ދެއްވި އިންޓަރވިއު އެއްގައި ވިދާޅުވީ ހެލްތު އިންޝުއަރެންސް ދެއްވުމަށް އެންމެ އިސްކަމެއް ދެއްވާފައި ވަނީ ޒަރޫރީ ބޭނުންތައް އަމިއްލައަށް ނުފުއްދޭ ކަމަށް އެމިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި، ދާދި ފަހުން 65 އަހަރުވެގެން ސަރުކާރުގެ ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަށާއި، އަދި ސަރުކާރުގެ މުވައްޒަފުންނަށެވެ. އަދި މިފަރާތްތަކަށް އަންނަ އޮގްސްޓް މަހުގެ ފަހުކޮޅުން ފެށިގެން މިޚިދުމަތް ދެއްވަން ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ.
އެލައިޑް އިންޝުއަރެންސް ކޮންޕެނީއާއި ގުޅިވަޑައިގެން އެމިނިސްޓްރީ ދެއްވުމަށް ހަމަޖެހިފައިވާ މިޚިދުމަތް ރާއްޖޭގެ އެންމެންނަށް ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި ދެއްވޭނެ ކަމަށް އެމިނިސްޓްރީން މަޢުލޫމާތުދެއްވިއެވެ.




