މަސްތުވާތަކެއްޗާއެކު 18އަހަރުގެ ޒުވާނަކު ހިންމަފުށިން ހައްޔަރުކޮށްފި
06 July 2008 | iru
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކުދި 2 ޕަކެޓާއެކު އުމުރުން 18 އަހަރުގެ ޒުވާނަކު ކ.ހިންމަފުށީ ޕޮލިސް ސްޓޭޝަންގެ ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުންނަށް ލިބުނު ރިޕޯރޓަކާއި ގުޅިގެން އިއްޔެ މެންދުރު ގާތްގަނޑަކަށް 2:30ހާއިރު ކ.ހިންމަފުށީ ގެއެއް ފުލުހުން ޗެކްކޮށް ބެލިބެލުމުން މިތަކެތި ފެނިފައިވަނީ އެގޭގެ ގިފިލިތެރޭގައި ހުރި ކަބަޑެއްގެ މަތިންނެވެ.މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އުމުރުން 18 އަހަރުގެ މީހާ ޓެސްޓްކޮށް ބެލިބެލުމުން އޯޕިއޭޓްސް އަށް ޕޮޒިޓިވްވެފައިވެއެވެ.
މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގްއެންފޯސްމަންޓް ޔުނިޓާއި ކ.ހިންމަފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން މިހާރު ގެންދަނީ ތަޙްޤީޤް ކުރަމުންނެވެ.




