އައިލެންޑް އޭވިއޭޝަނުން ގެންނަ މަތިންދާ ބޯޓުގެ ބައެއް މަރާމާތުތައް ކުރުމަށް ޖަރުމަނުން ފުރައިފި
އައިލެންޑް އޭވިއޭޝަނުން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ޑޭސް- 8 ( 300- ކިއު) 50 ގޮނޑީގެ މަތިންދާބޯޓް ރާއްޖެ ގެނައުމުގެ ކުރިން ކުރަންޖެހޭ ބައެއް މެއިންޓަނެންސްގެ މަސައްކަތްތައް ކުރުމަށް ޖަރުމަންވިލާތުގެ މިއުނިކުން ފުރައިފިއެވެ.
އައިލެންޑް އޭވިއޭޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި މިބޯޓު މިއުނިކުން ފުރާފައިވަނީ މި ޖުލައި މަހު 11 ވަނަ ދުވަހު އެވެ. އެއަށްފަހު މިބޯޓު ދަތުރު ކޮށްފައިވަނީ ގްރީސްގެ އިރޯކްލިއޯންއިން މިސްރައް އަދި ބަހުރެއިން، މަސްކަތު، ދެން ތައިލެންޑްގެ ރޭޔޯންގ އެއަށްފަހު އިންޑޮނޭޝިޔާގެ ޕޮންޓިއެނެކްއަށް ފަހު ބާލީއަށެވެ.
ލަފާކުރެވޭ ގޮތުގައި މިބޯޓު މިޖުލައި މަހުގެ 13 ވަނަ ދަވަހު އޮސްޓްރޭލިއާގެ ޑާވިންއިން ފުރައިގެން ކެއިންސްއަށް އަންނާނެ ކަމަށް އައިއޭއެސްއިން މަޢޫލޫމާތު ދެއްވިއެވެ. މިބޯޓް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ ކެއިންސްގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތަކަށް ފަހު އަންނަ އޮގަސްޓް މަހު ފަހުކޮޅުގައެވެ. އެގޮތުން ބޯޓު ރާއްޖެ ގެނައުނުގެ ކުރިން ބޯޓުގައި އައިލެންޑް އޭވިއޭޝަންގެ ލިވަރީ ޕެއިންކުރުމާއި ރާއްޖޭގެ މާހައުލާ އެއްގޮތަށް އިންޖީނުގެ ބައެއް މޮޑިފިކޭޝަންތައް ބަދަލުކުރުން ހިމެނެއެވެ.


