އެޕަލް އައިފޯނުގެ އައު ވަރޝަން ބާޒާރަށް ނެރުނުތާ 3 ދުވަސް ތެރޭގައި އެއް މިލިއަން ފޯނު ވިކިއްޖެ
17 July 2008 | Salma
އެޕަލް އައިފޯނުގެ އައު ވަރޝަން ބާޒާރަށް ނެރުނުތާ 3 ދުވަސް ތެރޭގައި އެއް މިލިއަން ފޯނު ވިކިއްޖެކަމަށް އެޕަލް އިންކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
ބާޒާރުގައި އެޕަލްގެ އައު 3G ވަރޝަން ކިތަންމެ ކާމިޔާބު ވެގެންދިޔަ ނަމަވެސް ފޯނު އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި އެއަށްވަނީ އެތައް ސޮފްޓްވެއަރ މައްސަލަތަކެއް ކުރިމަތިވެފައެވެ. އައިފޯނުގެ އައު ވަރޝަންގެ ހުރިހާ ފޯނުތައް އެކްޓިވޭޓް ކުރުމަށް ބޭނުންކުރެވެނީ އެޕަލްގެ ސަރވަރތަކުން ކަމުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސަރވަރތައްވަނީ އޮވަރލޯޑްވެފައެވެ. އެޕަލްގެ 3G އައިފޯނު އިފްތިތާޙް ކުރެވިފައިވަނީ 21 ޤައުމެއްގައެވެ. މީގެ ތެރޭގައި އެމެރިކާވެސް ހިމެނެއެވެ.
އެޕަލްއިން ނެރުނު އައިފޯނުގެ އެންމެ ފުރަތަމަ މޮޑެލް އެމެރިކާގެ ބާޒާރަށް މީގެ އަހަރެއް ކުރިން ނެރެވުނު ފަހުން މިހާތަނަށްވަނީ 6 މިލިއަން ފޯނު ވިކިފައެވެ.


