ދިވެހި ލީގުގެ މެޗަކުން ފުރަތަމަ ފަހަރަށް ވެލެންސިއާ މޮޅުވެއްޖެ
20 July 2008 | nashid
ދިރާގް ދިވެހި ލީގުގައި ރޭ ވެލެންސިއާ އާއި ތިނަދޫ ބައްދަލުކޮށް ވެލެންސިއާ 3-1 މެޗް ކާމިޔާބު ކޮއްފިއެވެ. މިއީ ވެލެންސިއާ މި މުބާރާތުގައި މޮޅުވި ފުރަތަމަ މެޗެވެ.
މި މެޗްގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ 21 ވަނަ މިނިޓްގައި ޝާފީއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިނަދޫން ވަނީ ލަނޑެއްޖަހައި 1-1 ން އެއްވަރުކޮށް ވެލެންސިއާ ހާސް ކޮށްލާފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ 10 ނަންބަރު ކުޅުންތެރިޔާއެވެ.
އެއްވަރު ވިޔަސް ރެލިގޭޝަނުގެ ބިރު ބޮޑުކޮށް އޮތް ވެލެންސިއާއިން އިތުރަށް ދެލަނޑު ޖަހައި މެޗުން މޮޅުވީ 62 ވަނަ މިނިޓްގައި މާޗެލީން ޖަހައިދިން ލަނޑާއި އިތުރު ވަގުތުގައި 18 ނަންބަރު ކުޅުންތެރިޔާ ޖަހައިދިން ލަނޑުންނެވެ.


