ބާސްކެޓްބޯޅަ މުބާރާތުގެ ހުޅުވައިދޭ މެޗްގައި މިރޭ ބައްދަލުކުރާނީ ވިކްޓަރީ އާއި ޔޫ.އެން.ފްރެންޑް
ބާސްކެޓްބޯޅައިގެ އަށާވީސްވަނަ ޤައުމީ މުބާރާތުގެ ދެވަނަ ޑިވިޝަން މުބާރާތް ހުޅުވާދޭ މެޗުގައި މިރޭ ބައްދަލު ކުރާނީ ވިކްޓަރީއާއި ޔޫ.އެން ފްރެންޑް އެވެ. މި މުބާރާތް ހުޅުވާދޭ މެޗް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 20:30 ގައި ސޯސަލް ސެންޓަރގެ އިންޑޯ ހޯލްގައެވެ. މިމުބާރާތުގައި ވާދަކުރާ ހަ ޓީމުގައި ވެސް ބޭރުގެ ކުޅުން ތެރިއަކު ހިމަނާފައިވެއެވެ.
މި މުބާރާތުގައި ބައިވެރިވާ ހަ ޓީމް ވަނީ ދެ ބަޔަކަށް ބަލާލެވިފައެވެ. ގްރޫޕް އޭގައި ހިމެނޭ ޓީމްތަކަކީ ޔުނައިޓެޑް ވިކްޓަރީއާއި އީގަލްސްއެވެ. ގްރޫޕް ބީގައި ހިމެނެނީ ޔޫ.އެން ފްރެންޑްސްއާއި ޕޮލިސް ކްލަބާއި ޓީސީ، މިޓީމްތައް ބައްދަލުކުރާނީ މިދިޔަ އަހަރުގެ ރަނަރަޕް ރެޑްލައިންއާ އެވެ. ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ފައިނަލަށްދާ ދެޓީމަށް ވެސް ބާސްކެޓްބޯލް ޤައުމީ ލީގުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ދިދިޔަ އަހަރުގެ ޤައުމީ މުބާރާތުގެ ޗެންޕިއަން ޓީމަކީ ކުޑަހެންވޭރު ޔުނައިޓެޑެވެ.


