މައިކްރޮސޮފްޓުން ވިންޑޯޒްގެ އައު ވަރޝަނެއް އިފްތިތާޙް ކޮށްފި
މައިކްރޮސޮފްޓް އިންކޯޕަރޭޝނުން ވިންޑޯޒްގެ އައު ވަރޝަނެއް އިފްތިތާޙް ކޮށްފިއެވެ.
ވިންޑޯޒް މޮޖޭވްގެ ނަމުގައި އިފްތިތާޙް ކުރި މި އައު ވިންޑޯޒް ވަރޝަންވަނީ ވިންޑޯޒް ވިސްތާ ބޭނުންކުރަމުން އައި މީހުންގެ ތެރޭގައި ވަރަށް މަޤްބޫލުވެފައެވެ. އެމީހުން ބުނާގޮތުގައި ވިންޑޯޒްގެ މި އައު ވަރޝަން ކުރީގެ ވިސްތާ ވަރޝަނަށްވުރެ އެތައް ގުނައެއް ރަނގަޅެވެ.
މި އައު ވަރޝަނާއި ގުޅިގެން މައިކްރޮސޮފްޓުން ކުރި ސަރވޭއިން ދެއްކިގޮތުގައި ވިންޑޯޒް ވިސްތާގެ ކުރީގެ ވަރޝަނަށްވުރެވިންޑޯޒްގެ އައު މޮޖޭވް ވަރޝަންވަނީ އާންމުންގެ މެދުގައި އެތައް ގުނައެއް މަޤްބޫލުކަން ހޯދާފައެވެ. ސަރވޭގައި ބައިވެރިވި 94 އިންސައްތަ މީހުން ބުނެފައިވަނީ ވިންޑޯޒް ވިސްތާގައި އެތައް މައްސަލަތަކެއް އުޅޭކަމަށާއި މޮޖޭވްގެ ޙިދުމަތް މާ ރަނގަޅުކަމަށެވެ. ސަރވޭގައި ބައިވެރިވި އެންމެންގެ ހައިރާންކަމަށް މައިކްރޮސޮފްޓުން ހާމަކޮށްފައިވަނީ މޮޖޭވްއަކީވެސް ހަމަ ވިސްތާކަމަށެވެ. މައިކްރޮސޮފްޓުންވަނީ ވިސްތާއަށް އިތުރު ބަދަލުވުންތަކެއް ގެނެސް މޮޖޭވްގެ ނަމުގައި އައު ވަރޝަނެއް ނެރެފައެވެ.
މައިކްރޮސޮފްޓުން މިހާރުވަނީ ވިންޑޯޒް މޮޖޭވް އިފްތިތާޙްކޮށް، އެތައް ވީޑިއޯއެއް އަޕްލޯޑްކޮށްފައެވެ. ވިންޑޯޒްގެ މި އައު ވަރޝަންގެ ސަބަބުން ވިންޑޯޒްއިން ދޭ ވީޑިއޯގެ ޙިދުމަތް ކުރިއަރައިގެންދާނެކަމަށް ބެލެވެއެވެ.


