ހެރީ ޕޮޓަރގެ 6 ވަނަ ބައިގައި ލޯޑް ވޮލްޑިމޯޓްގެ ދަރި ފެނިގެންދާނެ
ހެރީ ޕޮޓަރ ފިލްމުގެ 6 ވަނަ ބައިގައި މި ސިލްސިލާ ފިލްމުގައި ނުބައިބައި އަދާކުރާ ލޯޑް ވޮލްޑިމޯޓްގެ ދަރި ފެނިގެންދާނެއެވެ.
އަންނަ ނޮވެމްބަރ މަސް ތެރޭގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ 'ހެރީ ޕޮޓަރ އެންޑް ދި ހާފްބްލަޑް' ގައި ވޮލްޑިމޯޓްގެ ރޯލު އަދާކުރާނީ ކުރިންވެސް މި ރޯލް އަދާކުރަމުން އައި ރަލްފް ފީންސްއެވެ. އަދި އޭނާގެ ދަރިފުޅުގެ ރޯލް އަދާކުރާނީ ފީން ސްގެ ދެބެންގެ ދެދަރި ކުއްޖެއް ކަމަށްވާ ހީރޯ ފީންސް ޓިފިންއެވެ. ފިލްމްގެ ޑައިރެކްޓަރ ޔޭޓްސް ހާމަކުރިގޮތުގައި ހީރޯ ހަމައެކަނި ވޮލްޑިމޯޓާއި ވައްތަރުވުމުގެ އިތުރުން އޭނާގެ ގައިގައިވެސް ވޮލްޑިމޯޓްގެ ގައިގައި ހުންނަ ފަދަ ހަރުކަށި، ނުބައި ސިފައެއް ހުރެއެވެ. ޔޭޓްސް ބުނިގޮތުގައި ހީރޯގެ މަންމަ މާތާ ފީންސްއަކީ ފިލްމް ޑައިރެކްޓަރެއް ކަމުން ހީރޯއަކީ ވަރަށް ކިޔަމަންތެރި ރިވެތި އުޅުމެއް ލިބިފައިވާ ބަތަލެކެވެ.
ހީރޯގެ އެކްޓާމެދު ޑައިރެކްޓަރ ޔޭޓްސް ވަރަށް ހިންހަމަޖެހޭކަން ފާޅުކޮށްފައިވެއެވެ.


