އެންއީސީގެ ވާރސާ ލެޕްޓޮޕް ޙާއްސާ ޕްރޮމޯޝަންގެ ނަތީޖާ ފާޅުކޮށްފި
މެގަޗިޕް ޝޯރޫމާއި އަތޮޅު ތަކުގައިވާ މެގަޗިޕްގެ ބްރާންޗް ތަކުން ކުރިޔަށްގެންދާ އެންއީސީ ވާރސާ ލެޕްޓޮޕް ޙާއްސަ ޕްރޮމޯޝަންގެ ބައިވެރިންގެ
މެދުގައި ކޮންމެ މަހަކުނެގޭ ގުރުއަތުގެ ތެރެއިން ޖޫން މަހާއި ޖުލައިމަހުގެ ގުރުއަތުނެގުން އިއްޔެ ބާއްވައިފިއެވެ.
''22'' އެންއީސީ ވައިޑްސްކްރީން އެލްސީޑީއެއް ލިބޭ މި ގުރުއަތުނެގުން ބާއްވާފައިވަނީ މެގަޗިޕް ޝޯރޫމްގައެވެ.
އަދި މިފަހަރުގެ ނަސީބު ވެރިފަރާތައް ހޮވުނީ ހުސެއިން ހައިކަލް އއ. މަހިބަދޫ އެވެ. ދެވަނަ ފަރާތަކީ މުއާވިއަތު ޤާސިމް މާފަންނު ސީޓް އެވެ.
ބައްލަވައި ގަންނަވާ ކޮންމެ އެންއީސީގެ ލެޕްޓޮޕަކަށް އަގުހުރި އިނާމެއް ވަގުތުން ލިބޭ މިޕްރޮމޯޝަންގެ އިނާމުތަކުގެ ތެރޭގައި ޕްރިންޓަރ،
ޕެންޑްރައިވް، ލެޕްޓޮޕް މައުސް، ލެޕްޓޮޕް ޓެޓޫ، އަދި ލެޕްޓޮޕް ކްލީނިންގ ކިޓް ހިމެނެއެވެ.
ގްރޭންޑް ޕްރައިޒްއަކަން އެންއީސީ ޕަވަރމޭޓް ޕީ ހައިބްރިޑްޕީސީ އެއް ލިބޭ މިޕްރޮމޯޝަން ކުރިއަށް ދާނީ ޖޫން އެކަކުން ފެށިގެން ސެޕްޓެމްބަރު
މަހުގެ ނިޔަލަށެވެ.ރާއްޖޭގެ ކޮމްޕިއުޓަރ ވިޔަފާރީގައި ހަލުވި ކުރިއެރުން ތަކެއް ހޯދާފައިވާ މެގަޗިޕަކީ އެންއީސީ ކޮމަޕިއުޓަރސްގެ ހަމައެކަނި ރައްޖޭގައި ހުންނަ
އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އަދި ސަރވިސް ސެންޓަރއެވެ.


