އިރާޤަށް ދެވުނު ބޮމުގެ ހަމަލާތަކުގައި 11 މީހުން މަރުވެއްޖެ
އިރާޤުގެ ވެރިރަށް ބަޣްދާދަށާއި ކައިރި ސަރަހައްދުތަކަށް މިއަދު ދެވުނު ބޮމުގެ ހަމަލާތަކުގައި 11 މީހުން މަރުވެއްޖެކަމަށް އެޤައުމުގެ އޮފިޝަލުން ހާމަކުރައްވައިފިއެވެ.
ބަޣްދާދުގެ ތަފާތު ތިން ސަރަހައްދަކަށް އިއްޔެ ދެވުނު ހަމަލާތަކުގައި އެމެރިކާ ސިފައިންގެ ދެ މީހަކުވެސްވަނީ މަރުވެފައެވެ. އިއްޔެ ދެވުނު ހަމަލާތަކުން އެންމެ ނުރައްކާތެރި ހަމަލާއެއް ދެވިފައިވަނީ ބަޣްދާދާއި 35 ކިލޯމީޓަރު އުތުރުގައިވާ މަހަވީލަށެވެ. އިރާޤު ފުލުހުންގެ އުޅަނދަކަށް ދިން މި ބޮމުގެ ހަމަލާގައި ފުލުހުންގެ 4 މީހުންނާއި އާންމުންގެ 3 މީހުންވަނީ މަރުވެފައެވެ. މީގެ އިތުރުން ބަޣްދާދުގައި ހުންނަ ޕަލަސްތީން ސްޓްރީޓަށް ދެވުނު ހަމަލާގައި އެޤައުމުގެ ފުލުހުންގެ އެކަކާއި އާންމުންގެ މީހެއްވަނީ މަރުވެފައެވެ. ތިންވަނަ ހަމަލާ ދެވިފައިވަނީ މަގުމަތީގައި ބޮމެއް ހަރުކޮށްގެން ކަމަށް އިރާޤު ފުލުހުން މަޢުލޫމާތުދެއެވެ. މިހަމަލާގައި އެމެރިކާ ސިފައިންގެ ދެމީހުންވަނީ މަރުވެފައެވެ.
2003 ވަނަ އަހަރުން ފެށިގެން އިރާޤުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް އެމެރިކާ އަސްކަރިއްޔާގެ 4131 މެމްބަރުންވަނީ މަރުވެފައެވެ.


