ނިއު ބަލިކޮށް ވިޔެންސާ ގަދަ ހަޔެއް ކަށަވަރުކޮށްފި
ދިރާގު ދިވެހި ލީގުގައި އިއްޔެ ހަވީރު ނިއުރޭޑިއެންޓާ ދެކޮޅަށް ކުޅުނު މެޗުގައި ނިއު ބަލިކޮށް ވިޔެންސާ ގަދަ ހަޔެއް ކަށަވަރުކޮށްފިއެވެ.
އެ މުބާރާތުގެ ގަދަ ހަޔެއް ވިޔެންސާ ކަށަވަރުކުރީ އިއްޔެ ކުޅުނު މެޗުން 0-3 ނިއު ބަލިކޮށްގެންނެވެ.
އިއްޔެގެ މެޗުގައި ވިޔެންސާ ކުރި ހޯދަން އެ ޓީމަށް ގޯލު ޖަހައިދިނީ އަހުމަދު ރިލްވާން އާ ހުސެން ރަޝީދު. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންވެސް ކުޅެމުން ދިޔައީ ވަރަށް ހަމަހަމަކޮށެވެ.
ޓީމަށްވެސް ފުރަތަމަ ހާފުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ދެ ޓީމަށްވެސް ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ.
ވިޔެންސާ މެޗު ކާމިޔާބު ކުރީ ފަހު ހާފުގައި ޖެހި 3 ލަނޑުންނެވެ.
ފަހު ހާފު ފެށިގެން މާގިނަ އިރު ނުކުޅެވެނިސް ވިޔެންސާގެ އަހުމަދު ރިލްވާން ލަނޑެއްޖަހައި ސްކޯރ ކުރިއެވެ.
އަދި ދެވަނަ ލަނޑު ޖަހައި ދިނީވެސް 69 ވަނަ މިނެޓުގައި ރިލްވާންއެވެ.
އިއްޔެގެ މެޗު ކާމިޔާބުކުރަން ވިޔެންސާއަށް 87 ވަނަ މިނެޓުގައި 3 ވަނަ ލަނޑު ޖަހައިދިނީ އެ ޓީމުގެ ހުސެން ރަޝީދެވެ.


