ތިނަދޫ މުބާރާތުން އަލްވަދާއު ކިޔާއިރު ވިކްޓްރީ ޓޭބަލްގެ ދެވަނައަށް
މިހާރު ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމުގައިވާ ދިރާގު ދިވެހި ލީގުގައި އިއްޔެ ތިނަދޫއާ ދެކޮޅަށް ވިކްޓްރީ ކުޅުނު މެޗުގައި ތަފާތު ބޮޑު ނަތީޖާއަކުން ވިކްޓްރީ މޮޅުވެ، ތިނަދޫ މުބާރާތުން އަލްވަދާއު ކިޔާއިރު ވިކްޓްރީ ލީގުގެ ދެވަނައަށް ހިނގައްޖެއެވެ.
ވިކްޓްރީ ލީގުގެ ދެވަނަ މަގާމް ކަށަވަރުކުރީ އިއްޔެ ކުޅުނު މެޗުގައި ތިނަދޫއާ ބައްދަލުކޮށް 0-5 މެޗު ކާމިޔާބު ކޮށްގެންނެވެ.
އިއްޔެ ކުޅުނު މެޗުގައި ވިކްޓްރީގެ ފޯވަޑް އިބްރާހިމް ފަޒީލް (އޮއްޕޮ) ވަނީ ހެޓްރިކެއްވެސް ހަދައިފައެވެ.
އެ މެޗުގެ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި އޮއްޕޮ ވަނީ ލަނޑެއްޖަހައި ސްކޯރ ކޮށްފައެވެ.
އަސްފަހު ވިކްޓްރީގެ ދެވަނަ ލަނޑު ޖަހައިދިނި އެ ޓީމުގެ ހަސަން އަދްހަމްއެވެ.
އަދި ތިންވަނަ ލަނޑު ޖަހައިދިނީ އައްސަދު އަލީ. މީގެ އިތުރުން އެ މެޗުގެ ހަތަރު ވަނަ ލަނޑާއި ފަސްވަނަ ލަނޑު ޖަހައި ދިނީ އޮއްޕޮއެވެ.
އިއްޔެ ގެ މެޗުގައި އޮއްޕޮ އަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެން ދިޔަނަމަވެސް އެ ފުރުސަތުތައް ދިޔައީ ބޭކާރު ވެގެންނެވެ.
ތިނަދޫ އެ މުބާރާތުން އަލްވަދާއު ކިޔަން ޖެހުނީ ކުޅުނު ހުރިހާ މެޗަކުން ބަލިވެގެންނެވެ.


