ޑީއާރުޕީން އަންނަ ރިޔާސީ އިންތިހާބްގެ ކެންޕެއިން މި މަހުގެ 8 ވަނަ ދުވަހު ފަށާނެ.
06 August 2008 | Mariyam Rania
ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން އެޕާޓީގެ އަންނަ ރިޔާސީ އިންތިހާބުގެ ކެންޕެއިން އަންނަ ހުކުރު ދަވުހު ފައްޓަވާނެ ކަމަށް އެޕާޓީގެ ޒައީމް ވިދާޅުވެއްޖެއެވެ. ޑީއާރުޕީގެ ރަނިނގް މޭޓަކަށް ހޮވިވަޑައިގެން އަހުމަދު ތަސްނީމް އެމަޤާމަށް އައްޔަންވުމާއި ގުޅިގެން ރޭ ދަރުބާރުގޭ ފަންސަވީހުގައި ވާހަކަފުޅު ދައްކަވަމުން ޑީއާރުޕީގެ ޒައީމް މަޢޫމޫން އަބްދުލް ގައްޔޫމް ވިދާޅުވީ އާ ޤާނޫނު އަސާސީ ތަސްދީކުރެއްވުމަށް ފަހު ޖެހިގެން އަންނަ ދުވަހު އަންނަ ރިޔާސީ އިންތިޙާބްގެ ޑީއާރުޕީގެ ކެންޕޭން ރަސްމީކޮށް ފައްޓަވާނެ ކަމަށެވެ.
ޑީއާރުޕީއަކީ އަބަދުވެސް ރާއްޖޭގެ ބޮޑު އަގުލަބިއްޔަތެއްގެ ތާއީދު ލިބިފައިވާ ޕާޓީއެއް ކަމަށާއި އަދި އަންނަ ރިޔާސީ އިންތިހާބްގެ ކެންޕޭން އެޕާޓީން ފައްޓަވާނީ ވަރަށް ވެސް އިތުބާރާއެކު ފުރިހަމަ ކާމިޔާބީއަކާއި ހަމައަށް ވާސިލްވުމަށް ކަމުގައި ޕާޓީގެ ޒައީމް ވިދާޅުވިއެވެ.
އަދި ރޭ އެޕާޓީގެ ނައިބް ޒައީމަކަށް ހޮވިވަޑައިގެތް ތަސްނީމްއާއި ދެބޭފުޅުން އެކުގައި މަސައްކަތްކުރައްވާ ރަނގަޅު ނަތީޖާއެއް ނެރުއްވޭނެ ކަމުގެ ޔަގީން ކަން އޮތް ކަމަށް ޒައީމް ވިދާޅުވިއެވެ.


