ތައިލެންޑްގެ ހެލިކޮޕްޓަރެއް ވެއްޓި، މަދުވެގެން 3 މީހުން މަރުވެއްޖެ
06 August 2008 | Salma
މިއަދު ހެނދުނުގެ ވަގުތެއްގައި ތައިލެންޑްގެ ތައި އެއާ ފޯސްގެ ހެލިކޮޕްޓަރެއް ވެއްޓި، މަދުވެގެން 3 މީހުން މަރުވެއްޖެއެވެ.
ތައި އެއާ ފޯސްގެ ފަރާތުން ވާހަކަދެއްކެވި ތަރުޖަމާނު އަޚޯން ތިޕްރޫޗް ހާމަކުރެއްވިގޮތުގައި މިއަދު ހެނދުނު ތައި އެއާފޯސްގެ ޔޫ1 ހުއޭ ހެލިކޮޕްޓަރެއް ވެއްޓި، ސިފައިންގެ ތިން މީހުންވަނީ މަރުވެފައެވެ. މި ހެލިކޮޕްޓަރު ވެއްޓިފައިވަނީ 4 ވަނަ އާމީ ރީޖަންގެ ރަސްމިއްޔާތަށް ދަތުތުރުކުރަމުން ދިޔަ މަގުމަތީގައި ތައިލެންޑްގެ އުތުރުގެ ފަރުބަދަމަތީ ސަރަހައްދަކަށެވެ.
ތައިލެންޑްގެ އޮފިޝަލުން ހަމަކުރާގޮތުގައި މި ހެލިކޮޕްޓަރު ވެއްޓިފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންކަމަށް ބެލެވޭކަމަށެވެ.


