ދުނިޔޭގެ އެންމެ ކުޑަ 'ހިޔުމަން އައި' ކެމެރާ އުފައްދައިފި
07 August 2008 | Salma
އެމެރިކާގެ ސައިންސްވެރިންތަކެއް އެއްވެގެން ދުނިޔޭގެ އެންމެ ކުޑަ 'ހިޔުމަން އައި' ކެމެރާ އުފައްދައިފިއެވެ.
މި ކެމެރާ އުފައްދާފައިވަނީ ސައިޒުގެ ގޮތުންނާއި ބައްޓަމުގެ ގޮތުންވެސް އިންސާނެއްގެ ލޮލެކޭ އެއްވަރަކަށެވެ. އަދި މި ކެމެރާގައި އައްޔަށް ޚާއްސަކުރެވިފައިވާގޮތައް ހެދިފައިވާ ރެޓީނާއެއް ހިމެނެއެވެ. ސިލިކޯނުން ހެދިފައިވާ މި ރެޓީނާގެ ސަބަބުން ޑިޖިޓަލް އަދި ވީޑިއޯ ކެމެރާގެ އައު ބާވަތްތަކެއް ކުރިއަރައިގެން ދާނެކަމަށް ބެލެވޭކަމަށް ކެމެރާ އުފެއްދި އިލްމުވެރިން ވިދާޅުވެފައިވެއެވެ.
މި އައު އީޖާދުގެ ސަބަބުން ދުނިޔޭގެ ޓެކްނޮލޮޖީގެ ފެންވަރު ވަރަށް ބޮޑުތަން ކުރިއަރައިގެން ހިނގައިދާނެކަމަށް ތަޖުރިބާކާރުން ހާމަކުރެއެވެ.


