ޝިހާބު، މޮޑީ، ޖާބިރު، ދިޔާނާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި.

Adjust font size: Decrease font Enlarge font
image

ބްރޭކިން ނިވްސް: މާލެ- 7 އޯގަސްޓު 08- 4:00 - ގއ. މެންބަރު ޢަބްދުﷲ ޖާބިރު އާއި އަނބިކަނބަލުން ދިޔާނާ ސަޢީދު އާއި ފުވައްމުލަކު މެންބަރު މުޙަންމަދު އިބްރާހިމް ދީދީ ( މޮޑީ) އާއި މާލޭގެ މެންބަރު މުޙަންމަދު ޝިހާބު، ދާދި ދެންމެއަކު، ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފި ކަމަށް، މުޙަންމަދު ޝިހާބު އިރު އޮބްޒާވަރަށް ކަށަވަރު ކޮށްދީފިއެވެ.

" އެއީ ރަނގަޅު ވާހަކައެއް. މޮޑީ އާއި ޖާބިރުގެ ދެކަނބަލުންވެސް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފި." ޝިހާބު، އިރު އޮބްޒާވަރަށް ވިދާޅުވިއެވެ.

.

ޝިހާބު އިރު އޮބްޒާވަރަށް ކަށަވަރު ކޮށްދެއްވި ގޮތުގައި، ޖާބިރުގެ އަނބިކަނބަލުން ފާތިމަތު ދިޔާނާ ސަޢީދު ވެސް، މިއަދު ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައެވެ. އެކަމަނާ އިއްޔެއާއި ހަމައަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ގޮތުގައެވެ. އެކަމަނާ ރައީސްގެ ބެންޗުން ވަކިކުރެއްވީ، އިއްޔެ އެ ބެންޗަށް އައު 6 މެންބަރުން ޢައްޔަން ކުރެއްވުމަށެވެ.

ޖުމްހޫރީ ޕާޓީއަށް މިއަދު ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ޚާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި ފައިސަލް ނަސީމް އާއި ޢަލީ ފާއިޒްވެސް ވަނީ ސޮއިކުރައްވާފައެވެ.

mod_400މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޢަބްދުﷲ ޖާބިރު، މިހާތަނަށް ހުންނެވީ ޑީ.އާރު.ޕީގެ މެންބަރެއްގެ ގޮތުގައެވެ. އެމަނިކުފާނުގެ ގާތް އެކުވެރިން ކަމުގައިވާ ޢަބްދުﷲ ޔާމީން އާއި މުލަކަތޮޅު މެންބަރު އަޙުމަދު ނާޒިމް އާއި ހއ. މެންބަރު ޖަޢުފަރު ޢީސާ އާދަމް ގުޅިގެން އުފައްދަވާފައިވާ ޕީޕަލްސް އެލަޔަންސަށް ޖާބިރު ގުޅިވަޑައިގަންނަވާނެކަމީ އެއްބަޔަކު ކުރަމުންއައި އުންމީދެކެވެ. ނަމަވެސް ކުއްލިއަކަށް ޖާބިރު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމުން، ކުރިން ދެކެވެމުން އައި ވާހަކަތަކުގައި މާބޮޑު ހަގީގަތެއް ނެތްކަން މިހާރު މިވަނީ ކަށަވަރު ވެފައެވެ.

މާލޭގެ މެންބަރު މުޙަންމަދު ޝިހާބު، ދާދި ދެންމެއަކު، އިރު އޮބްޒާވަރަށް ވިދާޅުވި ގޮތުގައި މިހާރު އޮޕޮޒިޝް ޕާޓީއަކީ، އެމް.ޑީ.ޕީއެއް ނޫނެވެ. ޖުމްހޫރީ ޕާޓީއެވެ. އެއީ ޖުމްހޫރީމ ޕާޓީގައި މިހާރު މަޖިލީހުގެ 9 ގޮނޑި އޮތީމައެވެ.

" އަޅުގަނޑު އަޑުއެހިން މިއަދު އަންނި ވިދާޅުވި ކަމަށް، މަޖިލީހުގެ ނައިބުރައީސްގެ ގޮނޑި އޮންނަންވާނީ އޮޕޮޒިޝަން ޕާޓީއަށޭ. އެމް.ޑީ.ޕީއަށޭ. ނަމަވެސް އެ ގޮނޑި އެންމެ މައިއޮޕޮޒިޝަނަށް ލިބެންޖެހޭނަމަ، ދެން ލިބުން ހައްގީ ޖުމްހޫރީ ޕާޓީއަށް. އެއީ މި ޕާޓީއަކީ މިވަގުތު އޮތް އެންމެ މައި އޮޕޮޒިޝަނަށް ވީތީ." ޝިހާބު، އިރު އޮބްޒާވަރަށް ވިދާޅުވިއެވެ.

 

(Wvcawrukun ulwdwb cawscaevid ujEaugcnel uDObIk cSwmuyil cniawnWt) cSwmuvcaedulWyiK cSwmuyilim

  • 10 August 2008
    comment rWacjeawSc bEnuncvwnI hwrudwnW AilcmI veriaeac. fwaisW huacTwsc awdi qwaumeacge verikwnc kurumwSc mIhWge qWbilckwnc nuhuredWneaeve. awncniawkI "fcrIDwmc aofc scpICwc" divehi rWacjeawSc hOdwaidinc dwriaekeve. mIge kurinc qwaumugwai aoncnw swnW kiaunctwac mwduvI awncnimencge swbwbuncneve. aehencnwmwvesc awncni veriawkwSc lwaigenc qwaumuge nwau duacvumwkI buacdiverikwmwkwSc nuvWneaeve. koncme mIhwkI veriawkwSc vWnc bEnuncvW mIhekeve
This website is compatible with Internet Explorer - Hosted By MediaHostWorld