ޖީއެޗްޕީ އިން ރޯދަމަހަށް ޚާއްސަ ޕްރޮމޯޝަނެއް ފައްޓައިފި
ގުލޯބަލް ހައުސިންގ ޕާޓްނަރ (ޖީއެޗްޕީ) އިން ރޯދަމަހަށް ޚާއްސަ ޕްރޮމޯޝަނެއް ފައްޓައިފިއެވެ.
މިމަހުގެ 1ންފެށިގެން 31 ގެ ނިޔަލަށް މިޕްރޮމޯޝަން ކުރިއަށް ދާނެކަމަށް އިން މައުލޫމާތު ދެއްވައިފިއެވެ.
މިއަދު އިރު އޮބްޒާވަރުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޖީއެޗްޕީގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރ އަބްދުﷲ ޝާހިދު ވިދާޅުވީ މިފަހަރުގެ
ޕްރޮމޯޝަންގައި ވެސް ވަރަށް އަގުބޮޑެތި ހަދިޔާތަކެއް ހުށަހަޅާފައިވާނެ ކަމަށާއި އަދި މީގެ ތެރެއިން 6 ވަނައެއް ހޮވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް
އޭނާ ވިދާޅުވިއެވެ.
އަދި އަލަށް މިޕްރޮމޯޝަނުގައި ބައިވެރިވާ ފަރާތަކުން -/260ރ ގެ ކާޑެއް ހައްދަން ޖެހޭނެ ކަމަށާއި، މިހާރު ވެސް ޖީއެޗްޕީގެ މެމްބަރުން
މިޕްރޮމޯޝަންގައި ބައިވެރިވުމަށް ބޭނުންވާނަމަ އެބޭފުޅުންގެ ކާރޑް ހިފައިގެންވަޑައިގަންނަވައި -/195 ރުފިރާ ދެއްކެވުމުން މިޕްރޮމޯޝަންގައި
ބައިވެރިވެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިމުބާރާތުން ވަނައަށް ހޮވޭފަރާތްތަކަށް ހުށަހެޅިފައިވާ އިނާމުތަކުގެ ތެރޭގައި 3 ޕްލޭސްޓޭޝަން، ޕީއެސް3، އަދި 3 ޓީވީ، 42 އިންޗީގެ ޕުލަސްމާ ޓީވީ
ހިމެނެއެވެ.
މިހަފަރާތް ހޮވުމަށް ބާއްވާ ގުރުއަތުލުން މިމަހު 31 ވަނަ ދުވަހުގެ ރޭ ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް އެފަރާތުން މައުލޫމާތު
ދެއްވައެވެ.


