ޑީއާރުޕީގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ރޭ ފަށައިފި
އަންނަ ރިޔާސީ އިންތިޚާބްގައި، ޑީއާރުޕީގެ ކެމްޕޭން އެޕާޓީގެ ޒައީމް، މިހާރުގެ ރައީސް އަލްއުސްތާޛު މަޢުމޫން އަބްދުލް ގައްޔޫމް އާއި ޕާޓީގެ ނައިބު
ޒަޢީމް އަދި ރަނިންގ މޭޓް އަހުމަދު ތަސްމީން އަލީ ރޭ ފައްޓަވައި ދެއްވައިފިއެވެ.
މި ކެންޕޭން ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން ރޭ 21:00 ގައި އަލިމަސް ކާނިވަލުގައި ބޭއްވި ހަފްލާގައި އެޕާޓީގެ ކެންޕޭންގެ ލޯގޯއާއި ތީމް
ހުށަހަޅައިދެއްވިއެވެ.
ރޭގެ ހަފްލާގައި ޕާޓީގެ ޒައީމްއާއި ނައިބު ޒައީމް ވާހަކަ ދެއްކެވިއެވެ.
ޒައީމްގެ ވާހަކަފުޅުގައި ތަފާތު ސިޔާސީ ޕާޓީތަކުން ބައިވެރިވާ މި އިންތިޚާބްގައި ވާދަކުރުމުގެ ފުރުސަތު އެޕާޓީއަށް ލިބުމަކީ އެމަނިކުފާނަށް
ލިބިވަޑައިގެންނެވި ވަރަށް ވެސް ބޮޑު ޝަރަފެއް ކަމަށް ވިދާޅުވިއެވެ.
އަދި އަންނަ ރިޔާސީ އިންތިޚާބަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތެއް ހިޔާރު ކުރުމަށް ލިބިގެންދާ ވަރަށް އަގު ބޮޑު ފުރުސަތެއް ކަމަށްވެސް
ވިދާޅުވިއެވެ.
ޑީއާރުޕީން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކޮށް ރައްޔިތުންގެ ރުހުމާއި އެކު އިންތިހާބް ކާމިޔާބު ކުރައްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް
ޒައީމް ވިދާޅުވިއެވެ.
ޑީއާރުޕީން " މައުމޫން 2008 " ގެ ނަމުގައި އަލިމަސް ކާނިވަލުގައި ރޭ ފެށި މިކެންޕޭން އިފްތިހްކުރުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ޤައުމީ ޓީމުގެ
ބައެއް ކުޅުންތެރިންނާއި ބައެއް ފިލްމީ ފަންނާނުން ބައިވެރިވިއެވެ.
މީގެ އިތުރުން އެޕާޓީއަށް ތާއީދުކުރާ ވަރަށް ގިނަ މެންބަރުންނާއި ޕާޓީގައި ހަރަކާތްތެރިންވާ އިސްބޭފުޅުން ބައިވެރިވިއެވެ.


