ޖުމްހޫރީ ޕާޓީއާ ގުޅެން އުޅޭ ކަމަށް ދެކެވޭ ވާހަކަ ރީކޯ މޫސަ ދޮގުކޮށްފި
10 August 2008 | Mariyam Rania
ޤާނޫނު އަސާސީ އަސްދީގުވުމާއި ގުޅިގެން މަޖިލީހުގެ އެންމެ ގިނަ މެންބަރުން ގުޅިފައިވާ ޖުމްހޫރީ ޕާޓީއާއި ލ. އަތޮޅު މެންބަރ މޫސާ މަނިކު ( ރީކޯ މޫސަ) ގުޅިވަޑައިގަންނަވަން އުޅޭކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.
މިއަދު އިރު އޮބްޒާވަރުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މޫސަ ވިދާޅުވީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައި ނުވާ ކަމަށާއި އަދި އެފަދަ ޚިޔާލެއްވެސް އޭނާ ނުގެންގުޅުއްވާ ކަމަށެވެ.
މޫސަގެ ވިސްނުން އަދި ހުރީ އެހެން އެއްވެސް ޕާޓީއަކާއި ގުޅޭ ގޮތަށް ނޫން ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީގައި މިހާރު ޙަރަކާތްތެރިވަމުންދާ މޫސަ ވިދާޅުވީ ފަހުންވާނެ ގޮތެއް ނޭގޭ ކަމަށެވެ. ޖުމްހޫރީޕާޓީއަކީ ޑީއާރުޕީ ފިޔަވައި މިހާރު މަޖިލީހުގައި އެންމެ ގިނަގޮނޑިއޮތް ސިޔާސީ ޕާޓީއެވެ.


