މިފްކޯއިން ވިއްކާ މަސްދަޅަކުން ފަންސާސް ލާރި އަގުހެޔޮކޮށްފި
މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ހެޔޮކުރުމާއި ގުޅިގެން އެތަނުން އުފައްދާ މަސްދަޅުގެ ބާވަތްތަކުން 50 ލާރި ހެޔޮކޮށްފިއެވެ.
މިފްކޯއިން މަޢުލޫމާތު ދެއްވި ގޮތުގައި މަސްދަޅުގެ އަގުހެޔޮކޮށްފައިވާ ބާވަތްތަކުން ޗަންކްއިން ބްރައިންއާއި ޗަންކްއިން އޮއިލް، ވެލިއު ޕެކް އޮއިލް އެކްސްޓްރާއާއި ވެލިއުޕެކް ބެރައިން އެކްޓްރާއިން ވެސް 50 ލާރި ވަނީ އަގުހެޔޮކޮށްފައެވެ.
އަދި ޗަންކްއިން ބްރައިން ކޭހަކުން 30 ރުފިޔާ އަގު ހެޔޮކޮށްފައި ވާއިރު ޗަންކްއިން އޮއިލް ކޭހަކުން 28 ރުފިޔާ ވަނީ އަގުހެޔޮކޮށްފައެވެ.
އަދި ވެލިއު ޕެކް އޮއިލް އެކްސްޓްރާ ކޭހަކުން 16 ރުފިޔާ އަގުހެޔޮކޮށްފައިވާ އިރު ވެލިއުޕެކް ބެރައިން އެކްޓްރާ ކޭހަކުން 18 ރުފިޔާ ވަނީ އަގުހެޔޮކޮށްފައެވެ.
މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު ކުޑަކޮށްފައި ވީނަމަވެސް މަސްދަޅު ބަންދުކުރުމަށް ބޭނުންވާ އެހެނިހެން ތަކެތީގެ އަގު ދުނިޔޭގެ ބާޒާރުގައި އަދި ވެސް އުފުލިފައިވާ ކަމަށާއި ނަމަވެސް އަންނަ ރޯދަމަހަށް މިފްކޯގެ މަސްދަޅުގެ އަގު ޑަކުރުމަށް ކުރެވެން އޮތްހާ ގޮތްތަކެއް ބަލަމުން ކަމަށް މިފްކޯއިން ނެރެފައިވާ ނޫސްބަޔާނުގައި ވެއެވެ.


