ޑީއާރުޕީގެ ކެމްޕޭންގައި ބައިވެރިވި ކުޅުންތެރިންނާއި އޮފިޝަލާމެދު ފިޔަވަޅު އަޅާނަން : އެފް.އޭ.އެމް

Adjust font size: Decrease font Enlarge font
image

މިދިޔަ ހުކުރުދުވަހުގެ ރޭ ޑީއާރުޕީގެ ކެމްޕޭންގައި ބައިވެރިވި ގައުމީޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާމެދު އެސޯސިއޭޝަންގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވިދާޅުވެއްޖެއެވެ.

 

އެފްއޭއެމް އިން ވިދާޅުވި ގޮތުގައި ގައުމީ ޓީމްގެ ކުޅުންތެރިންނާއި ބައެއް އޮފިޝަލުން އެކަމުގައި ބައިވެރިވެ ގައުމީ ޓީމުގެ ތާއީދު ޑީއާރުޕީއަށް އޮތް ކަމަށް ބުނެފައިވާތީ އެމައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާނެކަމަށެވެ. އެފްއޭއެމް އަކީ ނަސްލީ، ސިޔާސީގޮތުންނާއި ދީނީ ގޮތުން އެއްވެސް ތަފާތުކުރުންތަކެއް އޮވެގެންވާނެ ފަރާތަކަށް ވެގެންނުވާނެ ކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.

އަދި އެކުވެރިކަމާ އެކަތިގަނޑަކަށް ހެދުމަށް މަސައްކަތް ކުރުމުގެ މަސްއޫލިއްޔަތު އުފުލުމަށް ތައްޔާރަށް އޮންނަންޖެހޭ ޖަމްއިއްޔާއަކަށް ވާހިދު އެއްވެސް ބާވަތެއްގެ ނަސްލީ، ސިޔާސީ، ދީނީ ތަފާތުކުރުންތައް ބޭއްވުމަކީ އެ އެސޯސިއޭޝަން ހުއްދަކުރާ ކަމެއް ނޫނެވެ.

 

އެމްއޭއެމްގެ ޤަވައިދުގެ 3 ވަނަ މާއްދާގައި ބުނެފައިވަނީ މިފަދަ އަމަލްތަކަކީ ވަރަށް ހަރުކަށިކޮށް މަނާކުރެވިފައިވާ ކަމެއް ކަމަށެވެ.  މިފަދަ ކަމެއް ކުރި ފަރާތްތަކަށް ދޭ އަދަބެއްގެ ގޮތުން  ސަސްޕެންޝަންއެއް ނުވަތަ ދާއިމީކޮށް މެންބަރުކަމުން ވަކިކުރެވޭނެ ކަމަށް އެމްއޭއެމް އިން ވިދާޅުވިއެވެ.

(Wvcawrukun ulwdwb cawscaevid ujEaugcnel uDObIk cSwmuyil cniawnWt) cSwmuvcaedulWyiK cSwmuyilim

  • 16 August 2008
    comment midenc hWdwheacvW gwvWaidutwkeac gencguLE bwaekE. rWacjEgwai miauLenI 3lwackw hwmwnuvegenc. aekwmwku siyWsI kwmeacgwai hwrwkWtcterivunc miaoncnwnI kiywvWkudincnwSWai swrukWru muvwaczwfuncnwSWai mwtItwaulImu aungenE mIhuncnwSWai hurihW kuLivwreacgwai hwrwkWtcterivW zuvWnuncnwSc mwnW vefwaeve. denc siyWsI kwnckwmugwai auLevEnI koncbwywkwScbWvwaE suvWlu aufedeaeve. mihurihW mIhunc nwgWfwai denc tiainc kwmeacgwai auLumuge huacdw aoncnWnI 000.01 aeachW mIhuncnwSc henc hIveaeve. aekwmwku mihWruvesc 51 vwrwkwSc siyWsIpWTI aebwaoteve. mivWgoteac aeacgotwkwScvesc nuviscneaeve.
  • 16 August 2008
    comment ސިވިލްސާވިސް އިން ހާނިމަށް ދިން އަދަބަކީ ރަނގަޅު އިންސާފުވެރި ބަދަލެއްކަމަށްދެކެން އެގޮތުން އެފް އޭ އެމުން ވެސް އިންސާފުވެރިކޮން ރައްޔިތުންގެ އިތުބާރާއި ހަމަހަމަކަން ގެއްލިގެންނުދާގޮތަށް ލަސްނުކުރަށްވާ އަދަބު ކަނޑައަޅުއްވާ އިއުލާން ކުރެއްވުމަކީ ވަރަށްމުހިއްމުކަމެއްކަމުގައި ދެކެމެވެ.ޒަރީރު/ކ
This website is compatible with Internet Explorer - Hosted By MediaHostWorld