ދުނިޔޭގެ އެންމެ ފުން ސްވިމިންގ ޕޫލް
11 August 2008 | Salma
ނީމޯ 33 ގެ ނަމުން ނަންދީފައިވާ، ދުނިޔޭގެ އެންމެ ފުން ސްވިމިންގ ޕޫލް ހެދިފައިވަނީ ބެލްޖިއަމްގެ ބްރުސެލްސްގައެވެ.
ބެލްޖިއަމްގެ ޑައިވިންގ އެކްސްޕަރޓް ޖޯން ބަރނާޓްސް ޑިޒައިންކޮށްފައިވާ މި ސްވިމިންގ ޕޫލްގެ ފުން މިނުގައި 108 ފޫޓު ހުރެއެވެ. މި ޕޫލް ފުރާފައިވަނީ 2.5 ލީޓަރުގެ ކްލޮރީން ނާޅާހުރި، ފިލްޓަރ ކޮށްފައިވާ ސްޕްރިންގ ވޯޓަރ ބޭނުންކޮށްގެންނެވެ. މި ސްވިމިންގ ޕޫލްގެ އެކި ދިމަދިމާލުން މީހުން ބެލުމަށްޓަކައި ކުޑަދޮރުތަކެއް ހެދިފައިވެއެވެ.
މި ސްވިމިންގ ޕޫލަށް އެރޭ ބަޔަކާއި އެކީގައި ކޮންމެހެންވެސް ސްވިމިންގ
އިންސްޓްރަކްޓަރެއް ހުންނަށް ޖެހޭކަމަށް ނީމޯ 33 ގެ މެނޭޖްމަންޓުން ހާމަކުރެއެވެ.


