ދެމަފިރިއަކު، އެޗް.އައި.ވީ ޖެހުމުގެ ހިތާމާގައި 3 ކުދިންނަށް ޒަޚަރުދީ، އަމިއްލައަށް މަރުވެއްޖެ
އިންޑިއާގެ ދެމަފިރިއަކު، އެޗް.އައި.ވީ ޖެހުމުގެ ހިތާމާގައި 3 ކުދިންނަށް ޒަހަރުދީ، އަމިއްލައަށް މަރުވެއްޖެއެވެ.
39 އަހަރުގެ އިޝްވަރ ތެވާރާއި އޭނާގެ އަންހެނުން މަރުވެފައި އޮއްވާ ފެނިފައިވަނީ އެމީހުންގެ ތިމާގެ މީހަކަށެވެ. އިންޑިއާގެ ފުލުހުން މަޢުލޫމާތުދިންގޮތުގައި މިދެމީހުންވަނީ އެމީހުންގެ ތިން ދަރިއަށް ޒަހަރު އަޅަފައިވާ ކާނާ ދިނުމަށްފަހު އަމިއްލައަށް މަރުވުމަށް ސީލިންގ ފަންކާއެއްގައި އެލި، ދަންޖެހިފައެވެ.
މިދެމަފިރިން މިއަމަލުކޮށްފައިވަނީ އެމީހުން އެ.ޗް.އައި.ވީއަށް ޓެސްޓު ކުރުމުން ޕޮޒިޓިވްކަމަށް ދެއްކުމާއި ގުޅިގެން އެކަމާއި، ބޯގޮވައިގެންކަމަށްވެސް އެފަރާތުން ހާމަކޮށްފައިވެއެވެ. އިޝްވަރގެ ބޭބެއެއް ކިޔައިދިންގޮތުގައި އިޝްވަރާއި އޭނާގެ އަންހެނުންވަނީ މީގެ 2 އަހަރު ކުރިން އެ.ޗް.އައި.ވީއަށް ޓެސްޓުކޮށް، ޕޮޒިޓިވްކަމަށް ދައްކާފައެވެ. އަދި މީގެ ދެމަސް ކުރިންއެމީހުންގެ އެންމެ ކުޑަ އަންހެން ދަރިފުޅު ޓެސްޓު ކުރުމުން އެކުއްޖާއަށްވެސް މި ވައިރަސް ޖެހިފައިވާކަން ހާމަވުމުން އެމީހުންނަށް ކެތްނުކުރެވިގެން މަރުވީއެވެ. އިޝްވާރގެ ބޭބެ ބުނިގޮތުގައި އިޝްވާރވަނީ އޭނާއާއި އޭނާގެ ބައްޕަ އަދި އާއިލާގެ އެހެން ބައެއް މީހުންގެ ކައިރީގައި އޭނާ ދުނިޔޭގައި ދިރިއުޅެން ބޭނުންނުވާކަމަށް ބުނެފައެވެ.
ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އިންޑިއާގެ 2.5 މިލިއަން މީހުންނަށްވަނީ އެ.ޗް.އައި.ވީ ވައިރަސް ޖެހިފައެވެ.


