ރާއްޖެއިން ބަނގްލަދޭޝްއަށް 183.44 މިލިއަން ޑޮލަރުގެ ތެޔޮ އިމްޕޯޓް ކުރުމަށް ނިންމައިފި
12 August 2008 | Salma
ރާއްޖެއިން ބަނގްލަދޭޝްއަށް ތެޔޮ އިމްޕޯޓް ކުރުމަށް ނިންމައިފިކަމަށް ބަންގްލަދޭޝްގެ އެނަރޖީ ސެކްރެޓަރީ މުޙައްމަދު މުހުސިން ހާމަކުރައްވައިފިއެވެ.
މުހުސިން ހާމަކުރެއްވިގޮތުގައި ބަންގްލަދޭޝް ކޯޕަރޭޝަނުން އަންނަ ޑިސެމްބަރު މަހާއި ހަމައަށް ރާއްޖޭގެ މޯލްޑިވްސް ނެޝަނަލް އޮއިލް ކޮމްޕެނީ ލިމިޓަޑް (އެމް.އެން.އޯސީ)ން 183.44 މިލިއަން ޑޮލަރުގެ ތެޔޮ ގަންނާނެއެވެ. އޮކްޓޯބަރު މަހާއި ޑިސެމްބަރު މަހާއި ދެމެދު އެކުލަވާލި މި އެއްބަސްވުމުގެ ދަށުން އެމް.އެން.އޯސީން ބަންގލަދޭޝަށް 90 ހާސް ޓަނުގެ ޑީސަލް، 30 ހާސް ޓަނުގެ އޮކްޓޭން އަދި 30 ހާސް ޓަނުގެ އޭވިއޭޝަން ޓަރބައިން ފިއުލް ފޮނުވުމަށްވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމުގެ މަޤްސަދަކީ އެޤައުމުގެ ބާޒާރުގެ ޑިމާންޑާއި އެއްވަރަށް ތެޔޮ ފޯރުކޮށްދިނުންކަމުގައި މުހުސިން ވިދާޅުވިއެވެ.
ބަންގލަދޭޝްއަށް މައިގަނޑު ގޮތެއްގައި ތެޔޮ ސަޕްލައި ކުރަނީ ކުވެއިތު ޕެޓްރޯލިއަމް ކޯޕަރޭޝަން (ކޭ.ޕީ.ސީ) ންނެވެ. މީގެ އިތުރުން ޔުނައިޓް އަރަބް އެމިރޭޓްސްއާއި ސައުދީ އަރަބިއާ ފަދަ ބައެއް ގަލްފް ޤައުމުތަކުންވެސް އެޤައުމަށް ތެޔޮ އެތެރެ ކުރެއެވެ.


