ރޭ މެންދަމު އިންޑޮނޭޝިއާއަށް ދެ ބިންހެލުން އަތުވެއްޖެ
12 August 2008 | Salma
ރޭ މެންދަމު އިންޑޮނޭޝިއާއަށް 5.2 މެގްނިޓިއުޑާއި 5.5 މެގްނިޓިއުޑްގެ ދެ ބިންހެލުން އަތުވެއްޖެކަމަށް އެޤައުމުގެ މީޓެއޮރޮލޮޖިކަލް ސެންޓަރުން ހާމަކޮށްފިއެވެ.
މިކަމާބެހޭގޮތުން މީޓެއޮރޮލޮޖިކަލް ސެންޓަރުން މިއަދު ހެނދުނު ނެރުނު ބަޔާނުގައި ހާމަކޮށްފައިވާގޮތުގައި ޖަކާޓާ ގަޑިން ރޭ މެންދަމު 02:07 ގައި އިންޑޮނޭޝިއާގެ ހުޅަނގު އިރިއާން ޕްރޮވިންސްގެ މަނޮކްވާރީ އާއި 136 ކިލޯމީޓަރު އުތުރަށްވަނީ 5.5 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައެވެ. އަދި މީގެ ތިން ގަޑިއިރު ފަހުން އެޤައުމުގެ އިރުމަތީ މަލޫކޫ ޕްރޮވިންސްއަށްވަނީ 5.2 މެގްނިޓިއުޑްގެ ބިންަހެލުމެއް އައިސްފައެވެ. މި ބިންހެލުން އައިސްފައިވަނީ މަލޫކޫ ޕްރޮވިންސްގެ ސައުމްލަކީ އަވަށާއި 163 ކިލޯމީޓަރު އިރުދެކުންށެވެ.
މި ދެބިންހެލުމަކީވެސް ތަންކޮޅެއް އާދައިގެ ދެ ބިންހެލުން ކަމުން މިކަމާއި ވިދިގެން ސުނާމީގެ އިންޒާރެއް ނެރެވިފައެއް ނުވެއެވެ.


